21 ޖުލައި 2021 - 07:37
އެމެރިކާގެ މަޝްހޫރު ނިއުސް ނެޓްވޯކް ސީއެންއެން އިން އަންނަ އަހަރު ސީއެންއެން ޕްލަސްގެ ނަމުގައި ސްޓްރީމިން ހިދުމަތެއް ލޯންޗްކުރަން ނިންމައިފި އެވެ.
މީގެ 41 އަހަރު ކުރިން ވުޖޫދަށް އައި ސީއެންއެން (ކޭބަލް ނިއުސް ނެޓްވޯކް) އިން ބުނި ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ލޯންޗްކުރާ ސީއެންއެން ޕްލަސް ހިންގާނީ މައި ޗެނެލާ ގުޅިލާމެހިގެންނެވެ. އެކަމަކު ސްޓްރީމިން ޕްލެޓްފޯމުން ލައިވް ޕްރޮގްރާމް ދުވާލެއްގެ މައްޗަށް ގެނެސްދޭނީ 8-12 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ.
އެ ނެޓްވޯކް ހިންގާ ވޯނާ މީޑިއާ ނިއުސްގެ ޗެއާމަން އަދި ސީއެންއެން ވޯލްޑްވައިޑްގެ ސްޕޯޓްސް އެންޑް ޕްރެޒިޑެންޓް ޖެފް ޒަކާ ވިދާޅުވީ ގޮތުގައި ސްޓްރީމިން ޕްލެޓްފޯމަކީ ސީއެންއެންގެ ވީޑިއޯ ޚަބަރުތަކަށް ބޮޑު ބަދަލެއް ގެނުވާނެ ހިދުމަތެކެވެ.
Exciting news! "We will offer consumers a streaming product that grows the reach and scope of the CNN brand in a way that no one else is doing. Nothing like this exists." @CNNplus arrives in 2022. https://t.co/ydz1fMiXQH
— WarnerMedia (@WarnerMedia) July 19, 2021
"ކޭބަލް ނިއުސް އަށްޑިހައިގައި ތައާރަފުކުރުމާއި އޭގެ ފަހުން ނަވާރަސަތޭކަ ނުވަދިހަ ފަހެއްގައި އައި އޮންލައިން ނިއުސްގެ ފަހުން މިހާރު ސީއެންއެން ޕްލަސްގެ ނަމުގައި ސްޓްރީމުން ޕްލެޓްފޯމެއް ލޯންޗްކުރުމަކީ ސީއެންއެންގެ ކުރިއެރުމާއި ތަރައްގީގެ ތެރެއިން އަނެއްކާ ވެސް ވަރަށް ބޭނުންތެރި މުހިއްމު ހިދުމަތަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރު ސީއެންއެން ޕްލަސް ލޯންޗްކުރަން ނިންމި ނަމަވެސް ސީދާ ވަކި ތާރީހެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު އަމާޒު ހިފާފައި އޮތީ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ހިދުމަތް ލޯންޗްކުރާށެވެ. މިކަމުގެ ތައްޔާރީތައް ކުރިއަށްދާ އިރު ހިދުމަތަށް ނަގާނެ އަގެއް ވެސް އަދި ހާމައެއްނުކުރެ އެވެ.
ސީއެންއެން ޕްލަސްގެ ޑިޖިޓަލް ޗީފް އޮފިސަރު އެންޑްރޫ މޯޒް ވިދާޅުވި ގޮތުގައި މިއީ 1980 ގައި ސީއެންއެން ވުޖޫދަށް ގެނައުމުގައި އިސް ރޯލެއް އަދާކުރެއްވި ޓެޑް ޓާނާގެ ފަހުން އެ ނެޓްވޯކަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ.
ސީއެންއެން ޕްލަސް ލޯންޗްކުރާތީ ވަރަށް ގިނަ ބަޔަކު ވަޒީފަތަކަށް ނަގައި މިހާރު އަންނަނީ ކޮންޓެންޓްތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މިހާރު ދުނިޔޭގެ އެންމެ މަޝްހޫރު ނޫސް ޗެނެލްތަކުގެ ތެރޭގައި ހިމެނޭ ސީއެންއެންގެ ހިދުމަތް ރަސްމީކޮށް ތައާފަރުކުރީ ޖޫން 1، 1980 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޑަނައިކެ
21 July 2021
އިންޓަނެޓުގަ އުޅޭ މީހުންގެ ޓައިމްލައިނަށް ޕުރޮޕެގެންޑާ ފޮނުވާނެ އިތުރުދޮރެއް ހުޅުވަނީ.
ރައްޔިތުސޮރު
21 July 2021
ޚިޔާލު: މަހިތައްއަރާ ކޮން އިރަކުންބާއޭ ރާއްޖޭގެ ނޫސް ވެބްސައިޓުތައް ތަންކޮޅެއް ޑައިނެމިކްކޮށް އަދި އިންޓަރިއެކްޓިވް ގޮތަކަށް ބަދަލުކުރާނީ. މިހާރު ހުރިހާނޫސް ވެބްސައިޓެއްގަވެސް ހުންނަނީ ފުލެޓުކޮށްފަ ފޮޓޯ ގަނޑެއްލާފަ ޚަބަރުލިޔެފަ. އޭގެ ބަދަލުގަ އިންސިޑެންސް ވީޑިއޯ އަދި ލައިވް ވީޑިއޯ ނިއުސް ގެނެސްދީ ވީޑިއޯ އިންޓަރވިއުތައް ގެނެސްދޭނަމަ ހާދަ ސަޅިވާނެއޭ ހިތައްއަރާ. މިހެން ބުނާއިރުވެސް ކޮސްޓް، ކުރަންޖެހޭ މަސައްކަތް އަދި މޭންޕަވަރ އިހްސާސްކުރެވޭ.