ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

މިނިވަންކަމުގެ އަގު ދައްކަން އެންމެން އެކުގައި ތައްޔާރުވާން ޖެހޭ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި: މިނިވަން ދުވަހުގެ ތަހުނިޔާ އިމްރާން ވަނީ ރައްޔިތުންނަށް ފޮނުވާފައި - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫން ކަމަށާއި މިނިވަންކަން ހޯދުމާއި އެ ދެމެހެއްޓުމަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމަށާއި އެންމެން އެކުގައި އެ އަގު ދައްކަން ތައްޔާރުވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ތަހުނިޔާގެ މެސެޖެއްގައި ވިދާޅުވީ، މިނިވަންކަން ދެމެހެއްޓުމަށް ދައްކަންޖެހޭ އަގު ފުރިހަމަ އަށް ދެއްކުނު ބަޔަކަށް ނޫނީ މިނިވަންކަން ނުލިބޭނެ ކަމަށެވެ. އެ އަގު ދެއްކުމަށް މިނިވަންކަން ލިބިފައިވާ މުޖުތަމައެއްގެ އެންމެން އެކުގައި ތައްޔާރުވާން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދައްކަންޖެހޭ ފުރިހަމަ އަގު ދެއްކުމަށް، މިނިވަންކަން ލިބިފައިވާ މުޖުތަމައެއްގެ ނުވަތަ އެ ގައުމެއްގެ އެންމެން އެކުގައި ތައްޔާރުވާންޖެހޭ. މިނިވަންކަން ލިބެނީ އެންމެން އެކުގައި ކުރާ ބުރަ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން،" އިމްރާންގެ މެސެޖުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިނިވަންކަން ދެމެހެއްޓޭނީ ވެސް އެންމެން އެކުގައި ކުރާ ބުރަ މަސައްކަތަކުންނެވެ. އަދި މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު އެކަން ހިނގައި ދަނީ މުޖުތަމައުގައި އޮންނަ ބައިބައިވުމާއި އަދާވަތްތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު އާލާ ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި މި ފަހަރުގެ މިނިވަން ދުވަސް މުޅި ރާއްޖޭގައި ފާހަގަކުރާ ގޮތަށް ނިންމީ އެ ސަބަބާ ހުރެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ހެދި ދަތިތަކެއް ކުރިމަތިވި ނަމަވެސް މި ފަހަރުގެ މިނިވަން ދުވަހުގެ އުފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންނާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

12 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީނާއްތަ

26 July 2021

ޖަޒީރާ ސީދީމެންގެ ސިޔާސީ ސޭހުންގެ އަންބޮޑިން އަނދިރި ވިލެނީ އަންދިރި އަޑީ ދައުލަތަކަށް ?? .

The name is already taken The name is available. Register?

ޝިރާނީ

26 July 2021

އިސްތިއުފާ އިތުބާރެއްނެ

The name is already taken The name is available. Register?

ދިވެއްސެއްފ

26 July 2021

ކަލޯގެޔާ މަށަކަށް އެކައްޗެއްވެސް ނުވިސްނުނު. މުޅި ގައުމު އިންޑިއާއަށް ޚިބައިން ދީގެން އިންޑިއާގެ މިލިޓަރީ ރާއްޖޭގެ އުތުރާއި، ދެކުނާއި މެދުގައި ބައިތިއްބައިގެން މިއުޅެނީ ކޮން އެއްބައި ވަންތަ ކަމެއް ނެތިގެންބާ.

The name is already taken The name is available. Register?

ދޢަހުމަދު

26 July 2021

ﷲ ގެ އިރާދަފުޅައްފަހު އިސްލަމްކަން ގައުމެއްގަ އޮންނަނީ ގުރުބާން ވާން ކެރޭ ދަރިންނާއި.ހެދި..އެ ގުރުބާނީ މިއަދު ވާން ޖެހޭ

The name is already taken The name is available. Register?

ދިވެއްސެއް

26 July 2021

ކަލޯގެޔާ މަށަކަށް އެކައްޗެއްވެސް ނުވިސްނުނު. މުޅި ގައުމު އިންޑިއާއަށް ޚިބައިން ދީގެން އިންޑިއާގެ މިލިޓަރީ ރާއްޖޭގެ އުތުރާއި، ދެކުނާއި މެދުގައި ބައިތިއްބައިގެން މިއުޅެނީ ކޮން އެއްބައި ވަންތަ ކަމެއް ނެތިގެންބާ.

The name is already taken The name is available. Register?

ސަސު

26 July 2021

އިންޑިއާއިން ބުނި ހާ ގޮތެއް ހަދައިގެން ތިބޭ ބަޔަކު ދައްކަން ޖެ ހޭ އަދަދު މިހާރުވެސް ކުޑައެއް ނޫނޭ

The name is already taken The name is available. Register?

1828

26 July 2021

އަޅުގަނޑުމެން އާއްމު ދިވެހިން މިނިވަންކަމުގެ އަގު ދައްކަން ޖެހޭއެއްވެސް ސަބަބެއް ނެތް. ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މުސާރައާއި އިނާޔަތަށް ނަގައިގެން މިނިކުފާނުގެ ޤައުމުގެ ދާހިލީ ވަޒީރުކަމުގައި ހުރެގެން ކީއްތޯ ތިކުރާނީ؟ މަޤާމް ދިފާއުކުރަން މަސައްކަތް ކުރުމުން ފިޔަވައި އެހެން ކަމެއް ކުރާތަނެއް ނުފެނޭ.

The name is already taken The name is available. Register?

ބިލް ކުލިންޓަން

26 July 2021

އަގުދައްކަނީ އިންޑިޔާއަށް އުތަ؟

The name is already taken The name is available. Register?

އަފުން

26 July 2021

ތިޔަވިދާޅުވާ އަގު އަހަރެމެން ދައްކަން ޖެހެނީ އިންޑިއާއަށްތޯ؟.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 July 2021

މީގެ 5 އަހަރުކުރިން ބޭރުނޫހެއްގެ ފަލަސުރުޙީގައި "Islamist Leader Jail for 12 Years on Terror Charge in Maldives" ފެނުމުން ދުނިޔެމަތީގެ ސުވަރުގެގޮތުގައި ތާޅަފިލިތަކުން ގޮވަމުންދާ ޤައުމަކަށް މިވަނީ ކިހިނެއްތޯ ހިތަށް އެރި. # އިތުރަށް ބެލުވަރަކަށް ފެނި ހާމަވަމުން ދިޔައީ "ވެރިކަމުގެ ފަރާތުން" ޤާނޫނު އަސާސީއާއި ޤާނޫނު ތަކަށް ތަބާނުވެ ދައުލަތުގެ އެންމެ ޙާއްސަ ބާރު ކަމުގައިވާ ސްޕްރީމް ކޯޓާއި ޤާނޫނު ހަދާ މަޖިލީހުގެ މައްޗަށްވެސް ވެރިކަމުގެ ނުފޫޒު އޮތްކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454