އެސްޓީއޯ މުވައްޒަފުންތަކެއް ފުށް ބަސްތާތަކެއް ޕިކަޕަކަށް އަރުވަނީ-- ފައިލް ފޮޓޯ: މިހާރު
26 ޖުލައި 2021 - 16:07
އެސްޓީއޯ އިން ރާއްޖޭގައި ހަދާ ގޮދަން ފުށް ފެކްޓަރީން ތަފާތު ބާވަތްތަކުގެ ފުށް އުފައްދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެސްޓީއޯގެ ފެކްޓަރީން ފޮލިކް އެސިޑް އެކުލެވޭ ފުށް އުފައްދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑރ. އަހުމަދު ފައިސަލް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުންނަށް ފޮލިކް އެސިޑަކީ މުހިންމު އެއްޗެއް ކަމަށް ވާއިރު، ރާއްޖޭން އެ ލިބެން ހުރުން މުހިންމު ކަމަށެެވެ.
އޭނާގެ އެ ޓުވީޓަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ، އެސްޓީއޯ އިން އަޅަނީ ތަފާތު ބާވަތްތަކުގެ ފުށް އުފެއްދޭނެ ގާބިލުކަން ހުންނާނެ ފެކްޓަރީއެއް ކަމަށެވެ. އެގޮތުން، ކާބޯތަކެތި އުފައްދާ ފަރާތްތަކަށާއި އާއްމުންނަށް ބޭނުންވާ ބާވްތަތަކުގެ ފުށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Yes Dr. We have designed our production facility to have the capacity to produce a wide variety of flour. Isha Allah this facility will be able to fulfill the needs of many consumers and businsses in the food industry and most importantly, food security. https://t.co/RZ6qE0FMje
— Amr 🎈 (@HusenAmr) July 25, 2021
ގޮދަން ފުށް ފެކްޓްރީއާ ގުޅޭގޮތުން އަމްރު ކުރެއްވި ޓްވީޓް--
އަމްރު ވިދާޅުވިގޮތުގައި، މި ފެކްޓަރީގެ ސަބަބުން ރާއްޖޭގައި ފުޑް ސެކިއުރިޓީ ދެމެހެއްޓޭނެ އެވެ. މި ފެކްޓްރީ އެޅުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް އެއީ ކަމަށް އަމްރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
މި ފެކްޓަރީގައި ފުށް އުފައްދާނީ ބޭރުން ގޮވާން ގެނެސްގެން ކަމަށް ވާއިރު، ކާޑު އެތެރެކުރަން ކުރާ ހަރަދު ކުޑަވެ، ފުށް ރައްކާ ކޮށްފައި ބެހެއްޓޭ މުއްދަތު އިތުރުވާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯ އިން ވަނީ މިހާރު މި ފެކްޓަރީގެ މަސައްކަތް ފަށައިފަ އެވެ. އަންނަ އަހަރުގެ މެދު ތެރޭގައި މަސައްކަތް ނިމޭނެ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިކްސްވެޖް
27 July 2021
ވަރަށް އުފާވެރި ޚަބަރެއް..އެސްޓީއޯ އިން ފީފުށް ވިއްކުމުން ވާގެއްލުމުން ދެން އަހަރަމެން ސަލާމަތްވާނެ.
އަލުވި
27 July 2021
ތިޔަހާ މުހިއްމުކަމެއް ފިޔައާ އަލުވި މިގައުމުގަ ހައްދަން ފެށުންވެސް. ނުލާހިކު ފަސޭހައިން ހެދޭ އެއްޗެހި އެއީ. ކޮންމެ ފަހަރަކު ދެގައުމުގެ މައްސަލައެއް ޖެހިލާއިރަށް ފިޔާ އަލުވި ނުލިބިދާނެކަމުގެ ބިރުގެ އަޅުވެތިކަމުން އެބަ ސަލާމަތްވާންޖެހޭ.
އަހުމާއ
27 July 2021
ތި އީ ދެވަނަ މިފުކޯ ނޫންބާ އޭ ހިތަ އް އަރާ. އުފެ އްދުމުގެ ޚަރަދު ބޮޑު ގަ އުމެ އްގަ އި ކުރެވޭ ވަރު ކަމެ އްތޯ ބަލާފަތޯ ކުރިޔަށް ތިގެން ދަނީ.؟ ކުރިޔަށް ގެންދަންވާނީ ރައްޔިތުންނަށް ގެ އްލުން ނުވާނެކަން ކަޝަވަރު ކޮށްފަ.
ބަރުބާދު
26 July 2021
އަނެއްކާ އަނެއް ސައިފަތްދަނޑު، ވެރިކަންލިބޭއިރައް މިކަހަލަކޮންމެސް ހިލުންގަނޑެއްހިލާނެ. ބޭރުން ފުއް ގެނައުމައްވުރެ ކޮންމެގޮތަކައްބެއްޔަސް ތީގެ ކޮސްޓް ބޮޑުވާނެ. ދެން ފެކްޓަރީ ހަދާނިންމާފަ ނުއަގުގަ ވިއްކާލީމަ ނިމުނީ. އަލްމުދިސް.
ގަ އިސް
26 July 2021
ދެފުށް ދެގޮތް ވެސް އުފަ އްދާނެ ތޯ
ރަދީފްއޮފިޝިއަލް
26 July 2021
ތިޔަ މަސައްކަތް ކާމިޔާބްވެއްޖެނަމަ ދިވެހިރައްޔަތުންނަށް ފައިދާވާނެ.ނަމަވެސް ތިޔަ މިލްގެ އިންވެސްޓްމެންޓްގެތެރއިން ދަށުން ދަމާކުޅެން އުޅެފިނަމަ ރައްޔަތުންނަށް ގެއްލުންވެ ބޮޑުންނަށް ފައިދާވާނެ.ކުރިންވެސް އެސްޓީއޯއަށް ފުށް ގެނައުމުގެ މަސައްކަތުގެ ތެރެއިން އެކަކު ކަޓުނަގައިގެން ޖީބު ފުރާލި.އެވެސް 2008-2012 މިމުއްދަތުގަ.އިފް ޔޫ ނޯ ވަޓް އައި މީން.ވ.ވެދުން
ބޮދުވަރު
26 July 2021
ކަލެއަށް ނޭގެނީބާ މިޤައުމުގެ ވެރިޔަކަށް ހުރިމީހާ އެކައުންޓަށް ޤައުމުގެ ބައިތުލްމާލު ކަހާލިކަން، އެވާހަކަ ނުދައްކާ ކޮންމެސް އެހެން ސޮރެއްގެ ވާހަކަތިދައްކަނީ ކޯޗެއް ހަދަންބާ؟ ވެރިޔަކު އެވަރުގެ ވައްކަމެއް މިޤައުމުގާ ކުރިކަމެއް އަދިއެއް އެގިފަކާނެތް.
ބަރުބާދު
26 July 2021
ބޮޑުވަރު ތިޔަބުނާމީހާ ބައެތުލްމާލު ކަހާލީމަ، ރައިއްޔަތުންނައްވީ ފައިދާ، ގައުމުގެހަޒާނާ ވީ އިތުރު. ބުރިޖު އެޅުމާ ހޮސްޕިޓަލް ބޮޑުވުމާ، ގިނައަދަދެއްގެ ފްލެޓް އެޅުމާގޮސް ކިޔާނެކަމެއްނެތް ހުސްފައިދާ.... މިސަރުކާރުން ނުވެއްކައި ނުވެއްބޮއެ، އެކަމަކު ހަރުމުދަލާ ހަޒާނާހުސް، ވެންޓިލޭޓަރާ ވެކްސިންއިންވެސް ވައްކަން. ރައިއްޔަތުން ބިކާރީ . ލަދުގަންނަން ދަސްކޮއްބަލަ.