ކްރިތީ އާއި ޕުލްކިތު.
28 ޖުލައި 2021 - 07:27
ކައިވެނީގެ ޕްލޭންތަކާ ބެހޭ ގޮތުން މީޑިއާތަކުން ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ނުދޭނެ ކަމަށާއި އެއީ މުޅިން އަމިއްލަ ވާހަކަތަކެއް ކަމަށް އެކްޓަރު ޕުލްކިތު ސަމްރާޓާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާ ކްރިތީ ކަރްބަންދާ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ޒީ5 އިން ޕްރީމިއާކުރި ފިލްމު "14 ޕޭރޭ" ގެ ބަތަލާ އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ކައިވެނިކުރަނީ ކޮން އިރަކުންތޯ އަހާ ސުވާލަށް ޖަވާބުދޭން ޖެހެނީ ހަމައެކަނި މައިންބަފައިންނަށް ކަމަށެވެ.
"އެހެންވީމަ ވެޑިން ޕްލޭން އޮތީ ކިހިނެއްތޯ ކިތަންމެ ވަރަކަށް މީޑިއާތަކުން ސުވާލުކުރިޔަސް އެއީ ޖަވާބުދޭން ޖެހޭ ސުވާލެއް ނޫން. އެއީ އަހަރެންގެ ވަރަށް އަމިއްލަ ކަމެއް. އަދި އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކަތައް މީޑިއާތަކާ ހިއްސާކުރުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ވެސް ނޫން." ހައުސްފުލް 4، ރާޒް: ރިބޫޓް އަދި ވީރޭ ދީ ވެޑިން ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ 30 އަހަރުގެ ބަތަލާ ބުންޏެވެ.
ކްރިތީ ބުނި ގޮތުގައި އޭނާ އާއި ޕުލްކިތު ރައްޓެހިވި ހިސާބުން އެކަން ފޮރުވައިގެން ނޫޅޭ ކަމަށާއި ސޯޝަލް މީޑިއާ އިން ވެސް އެ ދެ މީހުންނަކީ ލޯބިވެރިންކަން މިހާރު ގިނަ ބަޔަކަށް އެނގޭނެ ކަމަށެވެ.
"އެހެންވީމަ އަހަރެމެންގެ ގުޅުން އޮތް ހިސާބު އެނގެން ބޭނުންވާ މީހުންނަށް އެވަރުން ފުދެން ޖެހޭނެ ކަމަށް އަހަރެން ދެކެނީ. އެއަށް ވުރެ އިތުރަކަށް ގުޅުމާ ބެހޭ ގޮތުން ދައްކަން ޖެހޭ ވާހަކައެއް ނެތް." އޭނާ ބުންޏެވެ.
އެކީގައި "ޕާގަލްޕަންތީ" އާއި "ތައިޝް" ގައި މަސައްކަތްކޮށްފައިވާ ކްރިތީ އާއި ޕުލްކިތު ލޯބީގެ ގޮތުން ގުޅުނީ 2018 ގަ އެވެ. އޭގެ ފަހުން ދެ މީހުންގެ އިންސްޓަގްރާމްގައި އެކީގައި ނަގާފައިވާ ފޮޓޯތައް ވެސް ޕޯސްޓްކޮށް ހަދަ އެވެ.
ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ޕުލްކިތު، 37، އަކީ ކުރިން ކައިވެންޏެއްކޮށްފައިވާ އެކްޓަރެކެވެ. އޭނާގެ ކުރީގެ އަންހެނުންނަކީ ސަލްމާން ޚާނާ ދުރުތާ ތިމާގެ ޝްވޭތާ ރޯހިރާ އެވެ. އެ ދެ މީހުން 2014 ގައި ކުރި ކައިވެނި ރޫޅުނީ 2015 ގަ އެވެ.
ކައިވެނި ރޫޅުނު ފަހުން ޕުލްކިތު ރައްޓެހިވި ކަމަށް ދެން އަޑުއެރި ބަތަލާ އަކީ ދާދި ފަހުން ޑައިރެކްޓަރު އަދިތިޔާ ދާރްއާ ކައިވެނުކުރި ޔާމީ ގޯތަމެވެ. އެ ދެ މީހުން ވެސް އެކީގައި ދެ ފިލްމެއް ކުޅުނެވެ. އެއީ 2016 ގެ "ސަނަމް ރޭ" އާއި އެ އަހަރުގެ "ޖުނޫނިއްޔަތު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނާ
29 July 2021
ސަލްމާން ދުރުތާ ތިމާގެއެއް ނޫން ރާކީސިސްޓަރ އެއް . އެމީހުން ތިމާގެ މީހަކަށް ހަދައިގެން އުޅޭ މީހެއް.
މަށަށް…
28 July 2021
އާޓިލަކްގައިން ޕާރޕަލް ހެދުން ލައިގެން އިން ކުއްޖާއަށް ހަމަ ބެލެނީ..
މީ މަ
28 July 2021
މަށަށްވެސް އެބަ ބެލޭ. އެއްޗެއް ފެންނަން އިނީމަ.