27 ޖުލައި 2021 - 15:46
މެދުކެނޑުމަކަށް ފަހު، ޗައިނާގެ ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން މާދަމާ ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ، ކޮވިޑުން ދިފާއުވުމަށް ދޭ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވައިލަން ނިންމާފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ ތިން ހަފުތާ ވެފައިވާ މީހުންނަށް ކަމަށެވެ.
މާދަމާ ހެނދުނު 09:00 އިން 11:00 އަށް ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ސެނަހިޔާ ހޮސްޕިޓަލުގައި ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި 260،991 މީހަކު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 321،350 މީހެކެވެ.
މިދިޔަ އަޟްހާ އީދާއި މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ވަނީ ބަންދުކޮށްފަ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ކޮވިޑް ވެކްސިން ހުރިހާ ދިވެހިންނަށް ޖެހުމަށް ކަމަށް ވާއިރު، އަންނަ މަހު 90 ޕަސެންޓު މީހުންނަށް ވެކްސިން ޖަހައި ނިމޭނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިނޯފާމް އަހުމަދު
28 July 2021
ތީގެ 4 ޑޯޒް އެއުޅޭ އެލެކްސް އަހުމަދު ގަޔަށް ޖަހާބަކަ. ވަރަށް އަނގަ ގަދަވެގެން އެބައުޅޭ. ވިލާތު ޖޫސްބުއިން ހުއަޓާލި ފަހުން
ކޮމެންޓުކިޔާ ކުއްޖާ
27 July 2021
ޖަހާފަ ބަހައްޓާ
ޓިންކޫ
27 July 2021
ތީ ޕީޕީކުދިންގެ ވެކްސިން.