ވިޔަފާރި / ތަކެތީގެ އަގު

ފޯއް ބަސްތާއެއްގެ އަގު 9،000ރ. އަށް އަރައިފި

ފޯއް. މިއީ ދިވެހިން ދުފުމުގައި އެންމެ ގިނައިން ބޭނުން ކުރާ ބާވަތް--ފޮޓޯ:މިހާރު

ބާޒާރުގައި ފޯއް އަގު ބޮޑުވެ، 50 ކިލޯގރ ފޯއް ބަސްތާއެއްގެ އަގު 9،000ރ. އަށް އަރައިފި އެވެ.

ފޯއް ބަސްތާއެއް މިވަގުތު ލަގްޒަރީ ފިހާރައިން ވިއްކުން ވަނީ ހުއްޓާލައިފަ އެވެ. އަދި ވަކިން ކިލޯއެއް ލިބެން ހުރީ 180ރ. އަށެވެ. މީގެ ދުވަސްކޮޅެއް ކުރިން ބަސްތާއެއް އެފިހާރައިން ވިއްކީ 8،000ރ. އަށެވެ. ލަގްޒަރީ ފިހާރައިން ބުނީ އަގު އެހާ ބޮޑަށް އުފުލުނީ އިންޑިއާއިން އަގު ބޮޑުކޮށް ފޯއް ލިބޭތީ ކަމަށެވެ.

ކޮވިޑްގެ ހާލަތުގެ ކުރިން ފޯއް ބަސްތާއެއް އުޅުނީ 4،000ރ. އާއި 5،000ރ. އާ ދެމެދުގަ އެވެ. އެހެންވެ= މިއީ 3،000ރ. ގެ އިތުރުވުމެކެވެ. މިދިޔަ އަހަރުން ފެށިގެން ފޯކުގެ އަގު ދިޔައީ އުފުލެމުންނެވެ.

ފޯކަކީ ދިވެހިން ދުފުމުގައި އެންމެ ގިނައިން ބޭނުން ކުރާ ބާވަތެވެ. ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނަސް އާންމުގޮތެއްގައި ދިވެހިންނަކީ ކޮންމެ ކެއުމަކަށް ފަހު ވެސް ދުފާ ބައެކެވެ.

އެހެން ބައެއް ވިޔަފާރިވެރިން ބުނީ ފޯކުގެ އަގު އެހާ ބޮޑަށް އުފުލުނީ ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އުފުލުމާ އެކު އެ ގަތުމަށް ދާ ހަރަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. ރާއްޖެއަށް ފޯއް އެތެރެކުރާ ލޮޓަސް ފިހާރައިން ބުނީ، މިދިޔަ އަހަރު ފޯއް ބަސްތާއެއް ވިއްކަމުން ދިޔައީ 6،000ރ. އަށް ކަމަށެވެ.

29 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 35%
icon angry icon angry 6%
icon wow icon wow 18%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުސްލިހް

29 July 2021

ފައިދާއެއް ނެތް ގެއްލުންދޭ އެއްޗެއް ގަންނާނީ ކާކު؟

The name is already taken The name is available. Register?

ޙިނި

29 July 2021

ކަމެއްބެލޭތަ، އިންޑިޔާގަ 90 ދިވެހި ރުފިޔާއައް ވިއްްކާ ކާފޫރްތޮޅި ކިލޯއެއް ރާއްޖެ ގެނެސް މިވިއްްކަނީ 900ރ ކިލޯއެއް

The name is already taken The name is available. Register?

1828

29 July 2021

އެވެސް ޑޮލަރު އަގުބޮޑުވީމމައި ?

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

29 July 2021

މިރާއްޖޭގައި ހުންނަ Food and Drugs Authority އަކީ ހަމައެކަނި ޓީވީ ރޭޑިއޯ އިސްތިހާރު އެޕްރޫވް ކޮށްދިނުމަށް ހަދާފައިވާ އޮފީހެއްނަމަ މުއައްސަސާ އުވާލާފައި އެކަމަށް ޙާއްސަ މޭޒެއް ދައުލަތުގެ މީޑިއާ އޮފީހުގައި ބަހައްޓާންވީ ނޫންތޯ. # ކީއްވެގެންތޯ އެފްޑީއޭ އިސްނަގައިގެން ހެލްތް މިނިސްޓްރީ، ކަސްޓަމްސް ގުޅިގެން މިފަދަ ސިއްޙަތަށް ގެއްލުންހުރި ތަކެތީގެ ލިސްޓެއް ހަދާ އެތަކެތީގެ ޑިއުޓީ ބޮޑުކުރުމަށް މަޖިލީހަށް ޤާނޫނު ހުށަނާޅަނީ ؟!

The name is already taken The name is available. Register?

ޗައިނާފޯއް

28 July 2021

ހާސްނުވޭ، ދެން މަމެން ތި އިންޑިޔާ ފޯއް ދުފާކަށްނޫޅެން!! މިއޮށްހުރިހާ ދުހުވެސް ދުފީކީ ތި އިންޑިޔާފޯކެއް ނޫން!! އިންޑިޔާ ފޯއްނޫނަސް ފޯއްލިބޭނެ. ޗައިނާއިން އެންމެފަހުގެ ފޯއްގެނެސްގެން މަމެން ދެން ދުފާނީ،

The name is already taken The name is available. Register?

ހުދޫ ކާފޫރު

28 July 2021

އިންޑޮނޭޝިއާ ފޯއް މާރަނގަޅު.

The name is already taken The name is available. Register?

ޗޯފޯއް

29 July 2021

ޗައިނާ މީހުން ފޯއް ފަދަ ބޭކާރު އެއްޗެހި ނުކާތީ އިންޑިއާ މީހުންހެން ހަސަދަވެގެން ޖައްސާލައިގެން އުޅެން ނޭނގެނީ.

The name is already taken The name is available. Register?

މަމީ

28 July 2021

ސިއްހަތައް ގެއްލުން ހުރި ކޮންމެ އެއްޗެއް އަގުބޮޑު ކުރިޔަސް އެ ގަންނާނެ މީހުން މަދެއް ނުވާނެ. ސިގިރެޓު، ރެޑްބުލް، ސުޕާރީ. މިހާރު ފޯއް. އަދި އޭގެ ވިޔަފާރި ކުރާ މީހުންނަށާ ސަރުކާރަށް ވާނީ ބޮޑުތަނުން ފައިދާ. މަސްތުވާ އެއްޗެހި ވިއްކާ މީހުން ވެސް އުޅެނީ ލަގްޒަރީ ލައިފް. އެ ބޯ މީހުން އުޅެނީ ތަންތަނުން ވައްކަން ކޮއްގެން ވިޔަސް ލާރިކޮޅެއް ހޯދައިގެން އެ ބޯންވިއްޔަ. އެހެންވީމަ ތި ވިޔަފާރިކުރާ މީހުންނާ ސަރުކާރަކައް މާބޮޑު އަސަރެއް ކުރާނެކަމަކަށް ނުފެނޭ.

The name is already taken The name is available. Register?

ހިތަދޫ ހުސެން

28 July 2021

އެބަހުރި ބާޒާރުގަ 720 މިއަދުވެސް 5ކ ގޯނި. ބަޔަކަށް މަންފާ ހޯދަން ނޫހުގަ މިހެން މިޖަހަނީ؟

The name is already taken The name is available. Register?

އަދް

28 July 2021

ކޮންތާކުން

The name is already taken The name is available. Register?

ތެދެއްތާ

28 July 2021

އެއީ ތެދެއް، އެންމެ ފަހުގެ ޗައިނާފޯއް އެބަހުރި ހުރިހާ ޝޮޕިންގމޯލްސް ތަކުން ލިބެން، މަމެން ދުވަހަކުވެސް ތި އިންޑިޔާ ފޯކެއް ނުދުފަން، ނުވެސް ދުފާނަން.

The name is already taken The name is available. Register?

ހިތަދޫ ހުސެން

28 July 2021

ބަޒާރު ނިއުރޯން - 720 އީވަނިންގް ސްޓޯރ - 790 ހާމަ ފިހާރަ - 780 މިއަދު ރޭޓް. ދެން ނޫހުގަ މިހެން ޖަހައިގެން ޑިމާންޑް އިތުރު ކުރީމަ އެމީހުންވެސް ފައިދާ ހިފާނެ. ދެރަ ކަމެއް މީ. ފޯއް ލިބޭނެ ވަރަށް އަވަހަށް 9000 ގަންނާކަށް ނުޖެހޭނެ. ބޮޑު އަގުގަ ނުގަންނާތި!

The name is already taken The name is available. Register?

އަގުބޮޑުވެއްޖެ

28 July 2021

އަގުބޮޑުވާނެތާ. މާލޭގެ މަޖީދީމަގުގައި އިންދި ފެންފޯއްރުއްތަ އަސުރުމާ ކޯޅޭޝަން ކުދިންކޮޅު ނިކުމެވަނީ ކަނޑައި ތިރިކޮށްފައި. އެރުއްތަހުރިނަމަ ހިނގާފައިދާއިރު ފައިން އެރޭވަރަށް ހުރީސް. މިހާރު އަގުބޮޑުވަނީ އެވެނި މިވެނި ގައުމަކާއިހެދިއޭ ކިޔާނެކަމެއްނެތް. ދެންވެސް އަވަހަށް މާލޭގައި ރުއްތައް އިންދަން ބުނޭ. ކޮންމެ ގައުމަކުން ރުއްތައް ގެނަޔަސް އަހަރެމެންނަށް ހެޔޮ.

The name is already taken The name is available. Register?

1828

29 July 2021

ހުރިހާކަމެއްވެސް މާލޭގައި. ބިންހިމަ ގަހެއް އިންދަންވިޔަސް މާލޭގައި. ދެން ރާއްޖޭގައި ހުރި މީހުން ދިރިއުޅޭ ރަށްރަތައް ރާއްޖެއިން ބޭރު މީހުންނަށް ކުއްޔަށް ދޭންވީންނު؟

The name is already taken The name is available. Register?

ބޮކިފުރާޅު އިބުރާހީމް

28 July 2021

ފެންފަދައިން ދިވެހިންނަށް ސުޕާރިއާ ފޯއް ބޭނުންވުމަކީ މެންޓަލް މައްސަލައެއް.

The name is already taken The name is available. Register?

ކުޗީ

28 July 2021

މިހާރު މީތި އެންމެ އަގުހެވީ އިންޑޮނޭޝީޔާގައި .. އިންޑޯގައިވެސް ކޮވިޑްގެ ހާލަތު ވަރަށް ގޯސް ވީމަ އެހާ އަގުބޮޑު މިވީ ...

The name is already taken The name is available. Register?

ކޮރަލް

28 July 2021

ދުފުން ހުއްޓާލަން ވީ އެވެ. މިއީ ރަނގަޅޫ ވަގުތެކެވެ.

The name is already taken The name is available. Register?

ނުވާނެ

28 July 2021

ކަލޭމެނަށް އިންޑިޔާ މޯދީ ފޯއްކޮޅެއް ނުދީފިއްޔާ ބަޑަށް ތިބެން ޖެހޭނީ!! ކަލޭމެނަކަށް ޗައިނާފޯކަކާ ވައިވެސް ނޭޅެވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454