އައްޑޫގައި ގާއިމް ކުރާ ސޯލާ ބެޓަރީ ސިސްޓަމްގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
29 ޖުލައި 2021 - 13:57
އައްޑޫގައި އެއް މެގަވޮޓުގެ ބެޓަރީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) އަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) އެއް ގާއިމްކުރުމުން އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، އައްޑޫގައި އެއް މެގަވޮޓުގެ ބެޓަރީ ސްޓޯރޭޖް ސިސްޓަމަކާއި، އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެ މަޝްރޫއު ނިމުމުން އައްޑޫގެ ކަރަންޓުގެ ނިޒާމު ސްޓެބަލައިޒް ވާނެ ކަމަށާއި ސޯލާ ހަކަތަ ހޯދަން ބޭނުންވާ ޕެނަލްތައް މިހާރަށް ވުރެ ގިނައިން ކަރަންޓު ގްރިޑާ ގުޅާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، މިނިސްޓްރީން ބުނީ އެ ބެޓަރީ ސްޓޯރޭޖާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމް ކުރުމުން އައްޑޫގައި ކަރަންޓު ނުކެނޑި 24 ގަޑިއިރު ހިދުމަތް ދެވޭނެ ކަމަށެވެ.
"މި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމާއި، އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމް ކުރުމުން 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ،" މިނިސްޓްރީއިން ބުންޏެވެ.
Pre commissioning works of 1MW Battery Energy Storage System (BESS) and Energy Management System (EMS) in Addu City is in progress. Completion of this project will help to stabilize the power system and will allow more Solar PV to be connected to the grid. pic.twitter.com/rGK1owULsj
— Min. of Environment, Climate Change and Technology (@MoEnvmv) July 26, 2021
އައްޑޫގައި މީގެ ކުރިން ވަނީ 1.6 މެގަވޮޓްގެ ޔުޓިލިޓީ ސްކޭލް ސޯލާ ސިސްޓަމް ގާއިމްކޮށްފައިވެ އެވެ. އޭގެ އިތުރުން ބައެއް ގެތަކުގައި ހޯމް ސޯލާ ސިސްޓަމްތައް ވެސް ހަރުކޮށްފައި ހުރެ އެވެ.
ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި އެކަމަށްކުރާ ހަރަދު ކުޑަ ކުރަން ސަރުކާރުން ދަނީ ވޯލްޑް ބޭންކްގެ އެހީގައި ސޯލާ ހަކަތައިގެ ނިޒާމުތައް ގާއިމް ކުރުމުގެ މަޝްރޫއުތައް ހިންގަމުނެވެ.
އައްޑޫގެ އިތުރުން، އެހެން ސަރަހައްދުތަކުގައި ވެސް މި ނިޒާމުތައް ގާއިމްކުރާ އިރު، އޭގެ ތެރޭގައި މާލެ-ހުޅުމާލެ ލިންކު ރޯޑުވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 July 2021
ތިޔަ ސޯލާ އެނާރޖީއަށް ދިއުމުގެކުރިން އިރުއިރުކޮޅާ ކަރަންޓް ކަޑައިގެންގޮށް މިސިޓީގެ ރައްޔިތުންގެ ގޭގައި ގެންގުޅޭ އިލެކްޓިރިކް އަގުބޮޑު އާލާތްތައް ހަލާކުވެގެން ދިއުން ހުއްޓުވަދޭން ވެއްޖެ ނޫންތޯ. # އަދި ކޮންދުވަހަކުންތޯ އައްޑޫގެ ސެންޓްރަލް ޕަވަރ ހައުސްއިން މެރިންކޭބަލް މެދުވެރިކޮށް ހުޅުމީދޫ އަވަށަށާއި އައްޑޫގެ ރިސޯޓްތައް ކަމުގައިވާ ހެރެތެރެ، ސައުތު ޕާމް އަދި ޝަންގރިލާޒް އައްޑުއަށް ކަރަންޓް ގުޅާލާ ނެޓްވޯކް އަޅާދޭނީ؟؟! ކީއްވެ މިކަން ނުކުރަނީ؟
ކައްޕަޅިސިސްޓަމްދޯ
29 July 2021
ތިޔާއީ އަދި މިހާތަނަށް ދުނިޔޭގައި އިންޑަސްޓްރިއަލް ލެވެލް ގައި ކާމިޔާބު ކުރެވުނު ކަންކަމެއް ނޫން ތިޔާ ބެޓްރީ ސްޓޯރޭޖް ސިސްޓަމް ބޭނުން ކުރަނީ އެއީ ހަމައެކަނި ރިސާރޗް ލެބްސް ތަކުގައި ދުނިޔޭގެ އެއްވެސް ޔުޓިލިޓީ ކުންފުންނަކުން އަދި އެއް ތިޔާ ބެޓްރީ ސިސްޓަމް އެއް ގާއިމް ނުކުރޭ ތިޔާއީ ރައީސް ނަޝީދުގެ އެކެބަނޑެ ބެއްޔާ މެންގެ ކުންފުންޏަށް ފައިސާ ތަކެއް ދޭން ވެގެން އެނަރޖީ މިނިސްޓްރީން އަނބުރާ ގޭސް ގަނޑު ގަނޑޭ އެހެންވެއޭ ޕަޕެޓް މިނިސްޓަރަކު އެތަނަށްލީދޯ
މުޑަހަންޖާ
29 July 2021
މިދޭތެރެއަކުން މާލޭ ކޮންމެވެސް ގަބީލާއެއްގެ އާއިލީ ޖަގަޑާގަނޑެއްތެރޭ އުތުރުމީހުން ރުޅިއަރުވަންވެގެން އައްޑޫގަ ދުނިޔޭގެ އެންމެބޮޑު ފުލޯޓިން ސޯލާފާމު ހަދަނީއޭކިޔާފަ ކުރެހުންތަކެއް ނޫސްތަކުގަ ޖަހައިގެން އަޑުއެރުވީ. އެވާހަކަ ނޫސްތަކުން ފެނިގެން އުތުރު ރަށްރަށުމީހުން ރުޅިއައިސްގެން ކޮމެންޓުކޮށްކޮށްތިއްބާ އައިހެވަން ގެންގޮސް ކ.ގުޅިފަޅުގަ ހަދާ އެނިންމާލަނީ، އަދިވެސް އެސޮރުމެން ތިބީ މިބުނާ ސޯލާފާމު ހަދާކަމަށްހީކޮށް ކޮމެންޓުކުރަން.
ަކައްކާ
29 July 2021
ގައުމުގެ ބަޖެޓުން އަހަރަކު 30 ބިލިއަން ރުފިޔާ ހަރަދުކުރާއިރު އެއީ ކޮންމެ 5 އަހަރަކުން 150 ބިލިއަން ރުފިޔާ، އޭގެތެރެއިން ގައުމުގެ އާބާދީގެ %25 ކަމަށްވާ އައްޑޫ ރައްޔިތުންނަށް ހައްގުވަނީ ބެޓެރިބުރިއެއް ކަމަށް ދެކިގެން ތިބެގެން ކުރިއަށްއޮތް 100 އަހަރުވެސް ތަރައްގީގެ ކުލަވަރެއް އައްޑޫއިން ނުފެންނާނެކަމީ ޔަގީންކަމެއް. އެހެންވީމާ އިންޑިއާ ކޮންސިއުލޭޓު އަޅައިގެން ނަމަވެސް އެހެން ގޮތެއް ހޯދަން އައްޑޫ ރައްޔިތުން ނިކުންނަން އެބަޖެހޭ.
އެމެރިކާ
29 July 2021
ކޮބާތަ އޮނަރަބްލް އަފީފު ދީދީ. ކޮމްމެވެސް ކަހަލަ ބަހެއް ބުނެލަބަލަ
ޖނގިޔާ ނާޒިމް
29 July 2021
ރައީސް ޔާމީނަށް 2 ވަނަ ދައުރެއްދޭން އައްޑޫ މީހުން ވޯޓް ދިންނަމަ ޔާމީން ހޮވޭނެ. ދެވަނަ ދައުރަކަށް ޔާމީން ހޮވުނުނަމަ މާލެ ފިޔަވާ ރާއްޖޭގެ އެންމެ ތަރައްޤީ އަދި އިޤުތިސޯދީ ހަރަކާތް ހިގާ ތަނަކަށް އައްޑޫ ސިޓީ ހަދާނެ. އިންޑިޔާ އެކިޔާ ގަން އެއަރޕޯޓް ކާގޯ ޓްރާންސިޓް ހަބަކަށް ހެދުމަކީ ޔާމީންގެ ޕްލޭނެއް. އަދި މެރިން ކޭބަލުން އައްޑޫގެ ހުރިހާ ރަށެއް ގުޅާލަން އޮތީ ހަމަޖައްސާފަ.
ނޫމާނު
29 July 2021
މިސިޓީގެ ކަރަންޓް މާލެއަށްވުރެން އެތައްތަނެއް އަގުބޮޑު. އެކަމަކު އިރުއިރުކޮޅާ އޮންނަނީ ކަރަންޓް ކެޑިފަ. އަހަރުމެން ގޭގައި ގެންގުޅޭ އިލެކްޓިރިކް އެތައް އެއްޗެއް މިކަމަކާއިހެދި ހަލާކު ވެގެން ހިގައްޖެ.
އޮނަރަބްލް އަފީފު ދީދީ
29 July 2021
އައްޑުއަށް ކަރަންޓްދިނުމަށް ކުރާހޭދަ ކުޑަކުރުމަށާއި ތެޔޮއުފުލުމާއި ލޮޖިސްޓިކް އެތައް ޙަރަދެއް ނުކޮށް ހަމަޖެއްސުމަށްޓަކާ ސެންޓަރަލް ޕަވަރ ހައުސްއިން ކަރަންޓް ދެވޭގޮތަށް އައްޑޫގެ ހުރިހާ އަވަށްތައް ގުޅާލަން މެރިންކޭބަލް އަޅާންވީ ނޫންތޯ. # މިގޮތުން ހުޅުމީދޫ އަވަށުގެ އިތުރަށް އިންޑަސްޓްރިއަލް ރަށްތައް ކަމުގައިވާ ހެރެތެރެ، ސައުތު ޕާމް އަދި ޝަންގްރިލާޒް ގުޅުވާލައިފިނަމަ އައްޑޫއަކީ ފެނަކައަށް ބޮޑު ފައިދާވާ ތަނަކަށް ހެދޭނެ. އަދި ކަރަންޓް އަގުހެޔޮކުރެވޭނެ.
ރަދީފްއޮފިޝިއަލް
29 July 2021
ކޮބާ ހިނގާ ދޯ އަތް ޖަހާލަން.