މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ 70 ޕަސެންޓް މަސައްކަތް މިހާރު އޮތީ ނިމިފައި.
މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް މިނިސްޓަރު ޝައުނާ އާއި ވޯލްޑް ބެންކުގެ ބޭފުޅުން ފައްޓަވައިދެއްވަނީ: މި ސޯލާ ޕެނަލްތަކުން ކަރަންޓު އުފައްދަން އަންނަ މަހު ފަށާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
02 ޖުލައި 2023 - 14:25
މާލެ-ހުޅުމާލެ ހައިވޭގައި މިހާރު ހަރުކުރަމުން އަންނަ ސޯލާ ޕެނަލްތަކުން އަންނަ މަހު ކަރަންޓު އުފައްދަން ފަށާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވޯލްޑް ބޭންކުގެ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިންގާ "އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ)" ޕްރޮޖެކްޓުގެ ދަށުން މާލެ-ހުޅުމާލެ ލިންކް ރޯޑުގައި ހަދަމުން އަންނަ ސޯލާ ހަކަތައިގެ ނިޒާމުގެ ސްޓަރަކްޗާގައި ސޯލާ ޕެނަލްތައް ހަރުކުރަން ފެށީ މިދިޔަ މެއި މަހު އެވެ.
މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ: މި މަސައްކަތް ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓްރީން ދިން މައުލޫމާތުގައިވާ ގޮތުގައި، ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މި މަހު ނިންމާލެވޭނެ އެވެ. އަދި ސޯލާ ހަކަތައިގެ ނިޒާމު ސްޓެލްކޯގެ ގްރިޑަށް ގުޅައި، ސޯލާ ހަކަތައިން ކަރަންޓް އުފައްދަން އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ.
"މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ގުޅާނީ ސްޓެލްކޯގެ މެއިން ގްރިޑަށް. މި މަޝްރޫއުގެ މަސައްކަތް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅުމުން ސްޓެލްކޯ އިން ޑީސެލް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު ދަށްވެ ތެލަށް ކުރާ ހޭދަކުޑަކުރެވޭނެ. އަދި ދައުލަތުން ތެލުގެ ސަބްސިޑީ އަށް ހޭދަކުރާ މިންވަރު ވެސް ކުޑަކުރެވޭނެ،" މިނިސްޓްރީން ބުންޏެވެ.
މާލެ-ހުޅުމާލެ ހައިވޭގެ ސޯލާ އެނާޖީ ޕްރޮޖެކްޓުން ކުރާނެ ފައިދާގެ ތަފުސީލު | މައުލޫމާތު: އެންވަޔަރަމަންޓް މިނިސްޓްރީ
މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ހައިވޭގެ މޫދާވީ ފަޅި އާއި ހުޅުމާލޭ ބޯށިމާހިނގުމުގައި (ސީޕްލޭން ސަރަހައްދުގައި) ސްޓީލް ސްޓްރަކްޗާ ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ހައިވޭގެ މެދުގައި އޮންނަ ސަރަހައްދުގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޕްރޮޖެކްޓުގެ މަސައްކަތުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސިނަމާލެ ބްރިޖުން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.
ރާއްޖޭގައި ސޯލާ ހަކަތައިގެ ނިޒާމުގެ މި ވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާ މިއީ ފުރަތަމަ ފަހަރެވެ. މި ޕްރޮޖެކްޓުގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
04 July 2023
ލޮނުވިއްސަާ އޭރިޔާގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އުމުރަކީ ގިނަވެގެން 1 އަހަރުދުވަސް! ތިޔަ ޕެނަލްތަކުގެ މައްޗައް ލޮނުބުރާ ފުސްވެ ކަރަންޓް އުފެއްދޭ މިންވަރު %10 ވަރުވާނެ! ކިހިނެތް ތިޔަ ޕެނަލްތައް ދޮންނާނީ! ރައްޔިތުންގެ ފައިސާއިން ބިލިޔަން ޚަރަދުކޮއްގެން މިކުރަނީ ފޫނެތްފަޔަށް ފެން ފުރުން!
ޢަހްސަން ފަރީދު
02 July 2023
200މިލިއަން ލިޓާރ އަހަރަކު މުޅި ރާއްޖޭއަށް ބޭނުންވޭ އިންޑަސްޓްރިއަލް ވިލެޖް ތައް ނުލާ. 2މިލިއަން ލީޓާރ އުނިވާ ވަރަށް ސޯލާ ހަކަތަ އުފެއްދުނީމާ އެއީ ރާއްޖެއަށް ބޭނުންވާ ހަކާތައިގެ1% މިސޯލާ ގްރިޑް ބިންމަތީ ކިތައްމަސް ދުވަހު ކޮޅަށް ހުރެދާނެތޯ ދެފަރާތުން ލޮނުތާޅާ ހިސަބު؟ ސޯލާ ޕީވީ އެފިޝިއެންސީ އެވެރެޖް 20-15%ގަ އުޅޭ އިރު ލޮނުތާޅާ ވަރުން 100މިލިއަން ލީޓަރ ސަލާމަށްވާ ވަރަށްވެސް ކަރަންޓް ނުއުފެއްދޭނެ ހެންހީވަނީ.. އެއްމެ ރަންގަޅޫ ލޮކޭޝަނެއް ނޫން..
GanevihkaaDOTcom
02 July 2023
ސޯލާޕެލަންތަކުން ކަރަންޓު އުފެއްދުމަކުން ރައްޔިތުންނަށް ކުރާ ފައިދާއެއްނެތް، ދައުލަތުން ތެލުގެ ސަބްސިޑީ އަށް ހޭދަކުރާވަރު ދަށްކުރެވޭނެކަމަށް މިވަނީ!! ކަރަންޓުބިލު ކުޑައެއްނުވޭ، ރައްޔިތުންގެ ބިންތަކުގަ ސޯލާޕެނަލް އަޅައިގެން ސަރުކާރުން ސަރުކާރުގެ ފައިދާއަށް ކުރާ އިންވެސްޓުމަންޓެއްމީ!! ދެން ކާބަންޑާއޮކުސައިޑުގެ ވާހަކައަކީ އޮޅުވާލަންދަށްކާ ވާހަކައެއް، ރާއްޖެއިން CO2 ބޭރުކުރިޔަސް ނުކުރިޔަސް ކުރާނެ ފައިދާއެއްނެތް، ބޮޑެތިގައުމުތަކުން ކުރާވަރުންކުރަނީ،
ބޮޑުމީހާ
02 July 2023
ތި ސޯލާ ހަރުކުރަންވެސް މިގައުމުން ހިކިފަސްތަނަކަށް ފެނުނީ އެންމެ ކާރުބާރުބޮޑު ހައިވޭ. އެހެން ރަށެއްގައި ތިޖެހިނަމަވެސް 20 މިލިއަން ސަލާމަތްކުރެވޭނީ ދައުލަތުން.
ކައްޕިތާނު
02 July 2023
އަހަރެއްހާ ދުވަސްފަހުން ބޮޑު ދަބަރު ގުޅަައެއް ހެން ފެންނާނެ ތަނެއްތީ. ސޭވް މައި ޓްވީޓް
ހުނިބެ
02 July 2023
ހަކަތައިގެ ދވެހި މާފިއާތަކުގެ ވާހަކަ އާއްމުކޮށް ނޫސްތަކުގާ ލިޔަން ކެރޭނެތޯއެވެ. އެއާއިއެކު ޕާލޭގެ ނާޖާއިޒު ނުފޫޒާ، މެޑެމްގެ އާއިލާގެ ބައެއް މެންބަރުން ސަރުކާރު ތެރެއިން ތިމާވެށީގެ ނަމުގާ އަމިއްލައަށް ކަންކަން ފަހިކޮށްގެން ކުރާ ވިޔަފާރިތަކުގެ ވާހަކަ ލިޔަން ނުކުރެނީ ކީއްވެ؟
އަދުރޭ
02 July 2023
ތިޔައީ ހޮޅިކަމެއް.. ސޯލާރ ޕެނަލްތައް އިތުރުވަނީ ހެސްކިޔާފަ, ކަރަންޓް ބިލްތައް ފަތުއަޑު ކިޔާފަ ވަނީ ބޮޑު.. ސްކީމަކުން ތިޔާގެ ޕެނަލްތައް ގަނެގެން ހަރުކުރިޔަސް އުމުރު ހުސްވާއިރުވެސް ސަލާމަތްނުވޭ..
އައްޑޫކޮއްޔާ
02 July 2023
މިގެ ހުންނަނީ ގުރިޑަށް ގުޅާފަ ސޯލާޕެނެލް ހަރުކޮށްފަ. ކަރަންޓް ބިލް ގަ އޮންނަނީ 0.
ވަން
02 July 2023
މިރާއްޖޭގަ ހައިވޭ އެއް ނޯވެ. ލޮލް
ތިމާވެށި
02 July 2023
ކުންފުންޔަށް ލުޔެއް ލިބޭ އިރަށް އެތެރޭގެ ހަރަދު ތައް ބޮޑޫ ކޮށްލާނެ އެވެ. އަބަދުވެސް އުޅޭ ނީ އަވަހަށް ބަޖެޓް ހުސް ކޮށް ނުލެވިގެންނެވެ.
ހީހީ ސުލީހް
02 July 2023
ބޮލެއހުރިމީހަކު ތިޔަތާކު ސޯލާއެއް ހަރެއްނުކުރާނެ. ފުރަތަމަކަމަކަށް ތިމަގުގެ ރީތިކަން ގެއްލިއްޖެ. ދެވަނަކަމަކަށް ތީގެން ތިބުނާހާ ހަކަތައެއް ނުއުފެއްދޭނެ. 2-1 އަހަރުވާއިރު ދަބަރައްވެ ހުސްވާނެ.
ހިތަދޫ 2
02 July 2023
ވަރިހަމަ ނޫންތޯ އޭގެއިން ފައިދާ ވި ބަޔަކަށް ބޯކޮށް ލިބިއްޖެ.