މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު، ޔާމީން ގެކޮޅަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: އަލީ ނިޝާން/މިހާރު
01 އޯގަސްޓް 2021 - 17:31
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ބައްލަވައިގަތީ ސައްހަ މުއާމަލާތަކުންކަން ސާބިތުކުރަން މިއަދު ކްރިމިނަލް ކޯޓަށް އެ މަނިކުފާނު ހެކި ހުށަހަޅުއްވައިފި އެވެ.
ޔާމީންގެ ފަރާތްޕުޅުން މި ހެކި ހުށަހެޅުއްވީ، ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ސަން ކޮންސްޓްރަކްޝަނުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތުގަ އެވެ.
އެ މައްސަލައިގައި ކޮށްފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއިން ދިފާއުވުމަށް، މިއަދު އޮތް ހެކި ހާމަކުރުމުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ ޝަފަވީ ފަސް ހެކި ހިމެނޭހެން 30 ހެއްކެއް ހުށަހަޅުއްވައިފަ އެވެ.
ޔާމީންގެ ފަރާތްޕުޅުން ހެކިތައް ހާމަކުރައްވަމުން ގޮސް އެންމެ ފަހުން އެ މަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ހުށަހެޅުއްވީ، ހ. ދޫވެހީގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ އެވެ.
ވަކީލު ޝަމީމް ވިދާޅުވީ، އެ ލިޔުން ހުށަހަޅުއްވަނީ އެއީ އެ ގެކޮޅަކީ ސައްހަ މުއާމަލާތްތަކެއްގެ ތެރެއިން ހޯއްދެވި ތަނެއްކަން ސާބިތުކުރުމަށް ކަމަށެވެ.
"ދައުވާ ލިބުނު ފަރާތަކަށް ހ. ދޫވެހިއޭ ކިޔުނު ގޯތި ލިބުނު ގޮތާއި މި ގޯތީގެ މިލްކުވެރިކަން ބަދަލުކުރެވުނު ގޮތާއި އެ ގޯތި، ދައުވާ ލިބޭ ފަރާތަށް ލިބުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމާއި އަދި މި މުދަލަކީ އެއްވެސް ކުށެއް ނޫނީ ގާނޫނީ ގޮތުން ހުއްދަ ނޫން ކަމެއް ކޮށްގެން ހޯދާފައިވާ މުދަލެއް ނޫން ކަމާއި މި މުދަލަކީ މި މައްސަލައިގައި ދައުލަތުން ހަވާލާދޭ ފައިސާގެ މުއާމަލާތާ އެއްވެސް ގުޅުމެއް ނެތް މުއާމަލާތެއްކަން ސާބިތު ކުރުމަށް،" ހެކި ހުށަހަޅުއްވި ސަބަބު ހާމަކުރައްވަމުން ވަކީލު ޝަމީމް ވިދާޅުވި އެވެ.
ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި: އެ ގެއަކީ ސައްހަ މުއާމަލާތަކުން ގަތް އިމާރާތެއްކަން ސާބިތުކުރަން ޔާމީންގެ ފަރާތުން ވަނީ ހެކި ހުށަހަޅައިފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު
މި މައްސަލައިގައި އެ ހެކި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވިޔަސް، މައްސަލައިގެ ތެރެއިން ދައުލަތުން ނަގަން އެދިފައިވާ މުދަލުގެ ތެރޭގައި އެ ދޫވެހި ނުހިމެނެ އެވެ. މި މައްސަލައިގައި ދައުލަތުން ހޯދަން އެދިފައި ވަނީ ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ބުނާ 1.1 މިލިއަން ޑޮލަރެވެ.
އެ ގެކޮޅާ ގުޅޭ ކަމެއް ދައުވާއަކު ނެތެވެ. އަދި އެކަމާ ގުޅޭ ހެއްކެއް ވެސް ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ.
ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ދިރިއުޅުއްވީ އަލިކިލޭގެފާނު މަގުގައި ހުރި ގ. ދޫވެހީގަ އެވެ. ނަމަވެސް، ރާޅުގަނޑު ކައިރީގައި ހުންނަ ހ. ނޫފަރު ހޯއްދަވައި، ދެ ބިން ބަދަލުކުރެއްވީ އެވެ.
އެ ގެކޮޅަށް ބަދަލުވެވަޑައިގަތީ ވެރިކަން ބަދަލުވުމަށް ފަހު އެވެ. މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވިޔަސް، ޔާމީން ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން، އަދިވެސް އެމަނިކުފާނު ދިރިއުޅުއްވަނީ ދޫވެހީގަ އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓު މަރުހަލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްދިވެރި
02 August 2021
މައްސަލައާއި ނުގުޅޭ ހެކިތައް ހުށަހަޅަނީ ބޭކާރު ވާހަކަތައް ދައްކައި ވަގުތު ދަންމާލުމުގެ ބޭނުމުގައި.
ވަގުަ
02 August 2021
ޔާމީން އަކީ ފެށުނީސުރެން ސަރުކާރުގެ ވަޒީފާ އަދާކުރަމުން އާ މީހެއް ކޮންތާކުން ތޯ މިހާ ގިނަލާރި ހޯދަނީ މިލިޔަނުން މިލިޔަނުން ރުފިޔާ ދީގެން ބިންގަނެގެން އެތާ 18 ބުރީގެ އިމާރާތެއް އަޅާނީ ވހިސާބުޖަހާ އަދި ނުވީ ތާކައްވިސްނާވިސްނާވެސް ހަމަ ނޭދުނު މިހާ ގިނަލާރި ލިބުނުގޮތެއް...މީ މިސުވާލު އުފެދޭ ހިސާބަކީ ؟؟؟؟؟؟ އަނެއްކާ މާވަހަރެއްހޮވުނީބާ މަހައްގޮސް އުޅެނިކޮށް؟
ނޭނގޭނެ
02 August 2021
ތިހެން ހަމަ ވިސްނާލައިގެން އެފަދަ ކަންކަން ހިނގާ ގޮތް އެނގޭނަމަ ތި ވަގު ހުންނާނީ މިލިއަނަރަކަށްވެގެން ގައުމުން ބޭރުގަ މިހާރު. ޔާމީން ގައުމުން ބޭރަށް ނުދާން ކުރިއްސުރެ އެހުރީ ބޭރު ގައުމެއްގަ ވަގު އެކައުންޓެއް ހުޅުވާލަން ނޭނގިގެން.
ވަހުތާން
02 August 2021
ގައުމާއި ރައްޔިތުންނަށް ހެވެއް އެދިގެން ވެރިކަން ކުރާނޭ އެންމެ މީހަކުވެސް އަދި އިސް ސަފުން ނުފެނޭ! ހައްތަހާވެސް ގައުމުގެ ޚަޒާނާގަނޑުގެ ދަހިވެތިކަމުގަ، ކައިގެންވެސް ޔާމީނު ކުރިވަރު އަދި ނުކުރެވޭ! ބައިމީހުންނަށް ބެހުމާއި ތިމާގެ މީހުންނަށް ވެދުމަށް އެރުވުން! ގައުމެއްގެ އެމްބަސީން ވެރިކަން ކުރުމަކީ ލަދު ހުތުރުކަމެއް ނޫންތޯ؟
ބޮކްސް
01 August 2021
ސަރުކާރު ފެއިލްވެ ވާނުވާގަ އިބޫ ސާލިހް ހުންނަވައިގެން އަދި ރަޢަިސް ޔާމިން ފާތުން މެޑަމް ހޯދިގޮތް ހޯދަންވެސް ކޯޓށްދާނެ މިވަރުންދައްޏާ.
ދޮން ސަންޕާ
03 August 2021
ހަމަ ވަގު ހިފީމަ ވަގުކަލޭގެ ސަލާމަތްވާން ދައްކާ ވާހަކަ ތަކާއި ތަފާތެއްވެސް ނެތް. ފަޅާނާރާ ގޮތަށް ވައްކަމެއް ކޮށްލާން ވެސް ނޭންގުނު. އަދިވެސް މާމޮޅު ކުރޭ
މުހައްމަދު ޖަމީލް، ކައްވަޅުން!
01 August 2021
މިގައުމުގެ ވެރިކަން ލިބޭތޯ، ނޫނީ ސިޔާސީ ކަންކަމައް ކުރިމަތި ލާން ހޭބޯ ނާރާ އެތައް ހާސް ބައެއް ތެޅި ފޮޅެނީ ކީއްވެތޯ؟ ހަމަ އެންމެ ކަމަކައް. ލިބޭ ލާރިގަޑު ގިނަ ވެފަ، ކުއްވެރި ނުވާނެތީވެ! ތިތާކު ނެތް ގައުމައް ހެޔޮއެދޭ އެކަކުވެސް، އަދި ބޭންކު ތަކުން އެވެރިންގެ ފައިސާ ދައުރު ކުރާވަރު ބެލޭނެ ގޮތެއްވެސްނެތް. އެކަން ކުރަން ހުއްޓުވޭނެ ހުރިހާ ގާނޫނެއްވެސް ފާސްކުރާނެ!
ބަނބޫ
01 August 2021
ބުރޯ ތި ނަން ކަޑައޭ. ތަންކޮޅެއް ރީތިނަމެއް ޚިޔާރުކުރޭ.
އަފީފު ކުރަފިކަތިލައިގެން ހޯދި ރަދީފު
01 August 2021
މީ ދަރިންއުޅޭތަނުގެ ކުލިވެސް ދައްކާލެނެފަދައެއް ނެތް މީހާ. ހަމަ ޓަސްލާފާ މަލްޓިބިލިޔަނަރަކަށްވީ. އަސާސީތައުލީމުފެންވަރު މީހާއަށްވެސް އެނގޭނެ މިވާނުވާ ވިސްނިސްޔަސް ނުވިސްނިޔަސް. ހިތަށްއަރާ ބޮޑުކަމުދިޔައިމާ ފައިބާ ރަންބާއޭ؟
ނަފްސާނީމަންޖޭ
02 August 2021
އަސާސީ ތައުލީމު ފެންވަރުގެ މީހުންނަށްވީމަ އަސްލު ނޭނގިގެން ތިއުޅެނީ ވާނުވާ.
ފުފޫ
01 August 2021
އެޕާޓުމަންޓު ކުލިދައްކަން ހެޔޮއެދޭފަރާތްތަކުން ލާރިއަތުލާ ވާހަކަ އަޑުއަހާފަ މިރަށު ހަރުމީހުން ކިޔަން ފަށައިފި މިކަލޭގެ ހައްޔަރުކުރާކަށް މާކަ ގިނަދުވަހެއްނެތޭ.
ޙިނި
01 August 2021
19 ބުރިޔައް ތިޔަ ގެހަދަނީ ކިހިނެއް ކާކު ހަރަދުކޮއްގެން؟
ހާނި
02 August 2021
އަމީން ކޮންސްޓްރަކްސަންނުން ހެދީ ކޮންޓްރެކްޓަރ ފައިނޭންސްގައި މީގެ މާނަ އެގޭނެކަމަށް ހީކުރަން ..އަމީން ތިޔަގެހަދައިދިނީ ކޮންޓްރެކްޓަރ ފައިނޭންސް ކުރާގޮތަށް އޭގެމާނަ އަކީ ގެއިން ލިބޭ ކުލީންނޭ ގެހެދިފައިސާހޯދާނީ.
އުމަރުބެ
02 August 2021
ތީތާ އަހަރުމެންވެސް މިކިޔާ ވާހަކަޔަކީ އުމުރު ދުވަހު އަދާކުރީ ސަރުކާރުވަޒީފާ އެކަމު އެކައުންޓްގާ ބިލިޔަނުން ލާރި މީބޮޑު އަޖައިބެއްދޯ .... ވެދާނެ އެކައުންޓް ހުޅުވި އިރު ހުޅުވުނީ ސަންޓްރެވަލް ސިޔާމުގެ އެކައުންޓާޖެހިގެން ކަމަށް އެހެންވެ ސިޔާމުގެ އެކައުންޓް ފުރިގެން މިވެރެނީ ޔާމީންގެ އެކައުންޓައް
ގިނި
02 August 2021
އެހެން މީހުންވެސް ގެ ހަދާ ގޮތަށް ބަޔަކަށް ދީގެން ހަދާތީ 19 ބުރިއަށް އެ ހަދަނީ. އެހެން މީހުން ކައިރީވެސް އަހާލާނަމަ ކިހިނެތްތޯ 12 ބުރިއަށް ގެ ތި ނަގަނީ އެކައުންޓް 1 ލައްކަވެސް ނެތްއިރު.
އަށްގަޑި ތިރީސް
01 August 2021
މިސްކިތު ހުޅުޖެހި މީހާ ހެދެނީތަ؟
އަލްގީން
01 August 2021
ދޫވެހި އިމާރާތް ކުރަން ފައިސާ ހޯދި ގޮތެއް ވެސް ބަލަން ޖެހޭނެ..
ދޫވެހި
02 August 2021
ދޫވެހި އިމާރާތް ކޮއްފައި ވަނީ ކޮންޓްރެކްޓަ ފައިނޭންސް ގައި...އަލްގީންއަށް ހީވޭތަ އެހެންނޫން ނަމަ މިސަރިކާރުން ޔާމީނު ދޫވެހި އިމާރާތް ކުރަން ފައިސާ ހޯދި ގޮތެއް ވެސް ބަލަން ޔާމީނު ކޯޓަށް ނުގެންގޮސް މިހާދުވަހު މަޑުކުރާނެ ހެން..