03 އޯގަސްޓް 2021 - 06:46
ޓެލެގްރާމަށް މިދިޔަ މަހު ގްރޫޕް ވީޑިއޯ ކޯލް ތައާރަފުކޮށްފައިވާ އިރު، ވީޑިއޯ ކޯލްތަކުގައި މިހާރު 1،000 މީހުންނަށް ބައިވެރިވެވޭ ގޮތަށް ހަދައިފި އެވެ.
ގްރޫޕް ވީޑިއޯ ކޯލްތަކުގައި 1،000 މީހުންނަށް ބައިވެރިވެވުނަސް އަދިވެސް ވީޑިއޯ ކޯލް ކުރެވޭނީ 30 މީހުންގެ މެދުގަ އެވެ. ޓެލެގްރާމުން ބުނީ މި ގެނައި ބަދަލާ އެކު މިއީ ލެކްޗާތަކާއި ކޮންސަޓް ފަދަ ކަންކަމުގައި ވެސް މިހާރު ގިނަ ބަޔަކު އެއްފަހަރާ ބައިވެރިކުރަން މަގުފަހިވެގެން ދާނެ ކަމެއް ކަމަށެވެ.
This update's all about video. Up to 1000 viewers in video calls, adjustable video playback speed, high-quality video messages and more. https://t.co/JIpUjnBwtF
— Telegram Messenger (@telegram) July 30, 2021
މި ބަދަލުގެ އިތުރުން ވީޑިއޯ ކޯލްތަކުގެ ރިޒޮލިއުޝަން މަތިކޮށްދީ، ވީޑިއޯގެ ކޮލިޓީ ރަނގަޅުކޮށް، ޑިވައިސްގެ ރެއާ ކެމެރާ އިން ޒޫމްކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށް ދީފަ އެވެ.
މީގެ އިތުރުން ގްރޫޕް ވީޑިއޯ ކޯލްގައި ބައިވެރތިވާ މީހުންގެ ސްކްރީން ވަން-އޮން-ވަންކޮށް ޝެއާކުރެވޭ ގޮތާއި މެސެޖްތަކުގެ އޮޓޯ-ޑިލީޓް މަސް ދުވަހަށް އިތުރުކޮށް ދިނުން ވެސް ޓެލެގްގްރާމަށް ގެނައި އާ ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ. ކުރިން މެސެޖްތައް ބެހެއްޓެނީ އޮޓޯ-ޑިލީޓްގައި ބެހެއްޓެނީ ހަފުތާއަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy