ވިޔަފާރި / މާރުކޭޓް ސަރަހައްދު

އަގުބޮޑު ކަނޑޫދޫ މިރުސް ސޭލް އަޅުވާފައި!

ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ބަހައްޓާފައި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރާއްޖޭގައި އެންމެ އަގު ބޮޑުކޮށް ވިއްކާ، ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 100ރ. އަށް ވެއްޓިއްޖެ އެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި އާއްމުކޮށް އެ މިރުހުގެ އަގު އުޅެނީ ކިލޯއެއް 500ރ. އިން މަތީގަ އެވެ. ރޯދަ މަހު މި މިރުހުގެ އަގު ކިލޯއެއް 1000ރ. އިން މައްޗަށް ވެސް އަރަ އެވެ.

ކަނޑޫދޫން މިރުސް ގެނެސްގެން ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ މީހަކު "މިހާރު" އަށް ބުނީ މިރުހުގެ އަގު ވެއްޓުނީ މިރުސް ހައްދާވަރު ގިނަވެގެން ނޫން ކަމަށެވެ. އޭނާ ބުނިގޮތުގައި ބޮޑު ޗުއްޓީއާ ދިމާކޮށް މާލެއިން ގިނަ ބަޔަކު އެހެން ރަށްތަކަށް ދިއުމުން އަގު ވެއްޓުނީ އެވެ.

"ގިނަ މީހުން ރަށްތަކަށް ދިޔައިމަ މިތަނަށް މިރުސް ގަންނަން އަންނަ މީހުން ވަރަށް މަދު. އެހެންވެ މަޖުބޫރުވެގެން މިހާ އަގުހެޔޮ ކުރަން ޖެހުނީ،" މާރުކޭޓުގެ ގޮޅިއެއްގައި މޭވާ އާއި ތަރުކާރީ ވިއްކާ މީހަކު ބުންޏެވެ.

މާރުކޭޓުގައި ކަނޑޫދޫ މިރުސް ވިއްކާ ގިނަ މީހުން ބުނިގޮތުގައި އަންނަ ހަފުތާއިން ފެށިގެން އަނެއްކާ ވެސް މިރުހުގެ އަގު އުފުލޭނެ އެވެ.

މާރުކޭޓުގައި މި ދުވަސްވަރު މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވަރަށް މަދެވެ. އެތަނުގެ ވިޔަފާރިވެރިން ބުނިގޮތުގައި މާރުކޭޓަށް ތަކެތި ގެންނަން ފަށާނީ އަންނަ ހަފުތާއިން ފެށިގެންނެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިތަދޫ ހުސެން

03 August 2021

100ރފ އަގު ވައްޓާލީ ލަންކާ މީހުން ރާއްޖެއަށް މި އެތެރެ ކޮއްގެން ލަންކާގައި ހައްދައިގެން. މީގެ ގެއްލުން މިވަނީ ސީދާ ދިވެހި ދަނޑުވެރިންނަށް، އަދި ނުސީދާކޮސް މުޅި އިގްތިސޯދަށް. ( ޑޮލަރު ބޭރުވާނެ މިކޮޅުން)... 1000 ވަރަށް ބޮޑު އަގެއް އެހެނަސް. އެވަރު ނުކޮށް ވެސް މިކަން ވީސް..

ހަމަ ދިވެހިންނަށް......

04 August 2021

އޭގެ ފައިދާވެސް އޮތީ ހަމަ ދިވެހިންނަށެވެ. މިހާރު އަގުހެޔޮކޮށް ކަނޑޫދޫ ރަހަމީރު، ވަސްމީރު، އަސަރުގަދަ މިރުސް ބޭނުންވަރަކަށް، ކާން ލިބެއެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454