ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓު ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ. ރައީސް ވިދާޅުވީ ރާއްޖޭގެ ކޮވިޑުގެ ހާލަތު ނިއު ނޯމަލް އަށް ގެނެވިފައިވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
03 އޯގަސްޓް 2021 - 20:11
ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހާލަތު "ނިއު ނޯމަލް" އަށް ގެނެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އޮތް ކެބިނެޓުގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، "ނިއު ނޯމަލް" އަށް ނުވަތަ އާ އާންމު ހާލަތަށް ރާއްޖެ ގެނެވިފައިވާ ކަމަށާއި އެކަމަކު މުހިންމީ ކޮވިޑުން ދިފާއު ވުމުގެ ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރުން ކަމަށެވެ. އެހެންވެ، ރައީސް ވަނީ ސަރުކާރުގެ ކުންފުނިތަކާއި އިދާރާތައް އަދި އަމިއްލަ ކުންފުނިތަކުން ވެސް ވެކްސިން ފުރިހަމަ ކުރުމަށް ބާރު އަޅައި ދިނުމަސް އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި، ކޮވިޑުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތްތަކާއި ވެކްސިން ޖަހާ މީހުންނަށް އެހީތެރިކަންދީ، އެކަމަށް ބާރު އެޅުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ޝަރުތު ހަމަވާ އެންމެންނަށް ވެކްސިން ފުރިހަމަ ކުރުމުގެ ޕްރޮގާރާމެއް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި އަހަރުގެ މިނިވަން ދުވަހު ދެއްވި ހިތާބުގައި ރައީސް ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމާޒަކީ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް މި މަސް ނިމުމުގެ ކުރިން ވެކްސިންގެ ދެ ޑޯޒް ޖަހައި ނިންމުން ކަމަށެވެ.
އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 323،568 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި އެވެ. އޭގެ ތެރެއިން ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރީ 271،552 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
04 August 2021
ކޮންކަހަލަ ނިއު ނޯމަލް އެއް!؟ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެ ހިޔާ އެއްބަސް ވުމުގެ ސޮއި ކުރުން ފަސްވި ވާހަކަވެސް ހަބަރުން އެބަކިޔާ. ހިއްސާކުރާނެ ވާހަކައެއްނެތިއްޔާ ރައީސުވެސް ހަނުހުރުން ރަގަޅީ.
ޙަސަން އަޙްމަދު
04 August 2021
ނިއުނޯމަލްއަށް ރާއްޖެ ގެނައިރު ބައެއް ސިޓީތައް އޮތީ މޮނިޓަރިންގަ. ރޭގަނޑަށް ކާފިއު ހިންގާފަ. މާލެ ނޯރމަލް ވީތޯއްޗެ.
ހިރިގާ
04 August 2021
ނިއު ވޯރލްޑ އޯޑަރ
ޢަހު
04 August 2021
އިބޫގެ ދެފައި ނޯމަލައިޒ ކޮށް ނިމިއްޖެ އެއްވެސް ކަމެއް ނޭނގޭކަމަށް ހަދާފަ އަނގައިން ނުބުނެ ވެރިމީހާ ހުންނަނީ އިބޫ ތީ
ފަންސުރު
04 August 2021
ނިއު ނޯމަލްގަ މިރޭ އަސްރަފީ ބުކްޝޮޕް ހީވީ ކުރީގެ އުނގުޅޭ ބާޒާރުހެން.
ޖާބެ
04 August 2021
ރައްޔިތުން ހަނާވެ އަނދާފި
އެކެޑަމިކް ސްޓަޑީ
03 August 2021
ހައިރާންވެ އަންތަރީސް ވެއްޖެ! މަނިކުފާނު ދަންނަވަންތޯ މީ ބަނބުކެޔޮ ގަހަށް އުސް އެންޓެނާއެއް ޖަހައިގެން ހަމަ އެކަނި ބީބީސީ ޚަބަރު އަޑުއެހި ޒަމާނެއް ނޫނޭ! މިއަދު މީ ޕޮޕިޔުލޭޝަންގެ 90 ޕަސެންޓަށް ވުރެ ގިނައިން އިނގިރޭސި ބަހުން ލިޔެ ކިޔާ ވާހަކަ ދައްކާ ހަދަން އެނގޭ މީހުން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނިއުސްއެއް ބްރޭކް ވިޔަސް ކިޔާ އަދި ބަލާ ނުވިތާކަށް ހުރިހާ ކަރަންޓް އެފެއަރޒް އަށް އަޕްޑޭޓް މީހުން މި ރާއްޖޭގައި އުޅޭ ޒަމާނެވެ! މިގޮތުން، ގޫގުލް ކޮވިޑް ނިއުސްއާއި ވާލްޑޯމީޓަރސް.އިންފޯ އިން ހާމަކޮށްފައިވާ ގޮތުން ޕޮޕިޔުލޭޝަން ގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހި އަދި މީހުން މަރުވި ގައުމެވެ. އިރާދަފުޅުން ކޭސްތައް މިހާރު ނޯސްޑައުން ޖަހާފައި ނުވަތަ ކޮންޓްރޯލު ވެފައި މި ވަނީ ޕޮޕިޔުލޭޝަންގެ 50 ޕަސެންޓް މީހުންނަށް ކޮވިޑް ޖެހުމުގެ ސަބަބުން ހަރޑް އިމިއުން ވެގެންކަން ރައްޔިތުންގެ ގިނަ މީހުންނަށް އެނގެއެވެ. ވީމާ، ރައްޔިތުންނަށް ނޭނގޭނެކަމަށް، ތިމާ މީހުންގެ މޮޅުކަމުން ނިއު ނޯމަލް އަށް އާދެވުނުކަމަށް ހައްދަވަން ނޫޅުއްވާށެވެ.
މަންޑޭލާ
03 August 2021
ރައިސް ޔާމިން ވެރިކަމުގަ ހުރިނަމަ ދިވެހިން ތިބޭނީ ވަކްސިން ޖަހައިގެން އެމްމެ ފުރަތަމަ ޤައުމަކަ ރައްޖެ ވާނެ
ސަސް
03 August 2021
ޔާމީން ކޮންމެ އާއިލާ އަކަށް ޑޮކްޓަރެއް ހަމަޖައްސައި ވައުދު ފުއްދީމަ ކޮންމެހެން އޭނަ ނެތަކަސް ރަގަޅެއްނު.
ޝިރާނީ
03 August 2021
ދިވެހިރައްޖެ ފުނޑާލަފަ ތިބުނަނީ ނޯމަލްލޭ.
އެމެރިކާ
03 August 2021
ކޮންކަމެއްތަ ރަނގަޅުވީ ދިވެހި ރެއްޖޭން ލަރިތަކެއް ގެއްލުނީ.