ލެރީ ޕޭޖް.
09 އޯގަސްޓް 2021 - 07:11
ގޫގުލްގެ ބާނީންގެ ތެރޭގައި ހިމެނޭ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ވެސް ހިމެނޭ ލެރީ ޕޭޖަށް ނިއު ޒީލެންޑްގެ ރަށްވެހިކަން ދީފި އެވެ.
އެމެރިކާގެ މިޝިގަން އަށް އުފަން، އުމުރުން 48 އަހަރުގެ ވިޔަފާވެރިޔާ އަށް ނިއު ޒީލެންޑްގެ ރަށްވެހިކަން ލިބުނީ އެ ގައުމުން ރަށްވެހިކަން ދޭން އަލަށް އަމަލުކުރަން ފެށި އުސޫލަކާ އެކީގަ އެވެ. އެއީ މުއްސަނދި އިންވެސްޓަރުންނަށް ނިއު ޒީލެންޑްގެ ރަށްވެހިކަން ދޭނީ ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 މިލިއަން ނިއު ޒީލެންޑް ޑޮލަރު ނުވަތަ 7 މިލިއަން ޑޮލަރުގެ އިންވެސްޓްކުރުމުން ކަމަށް ހަމަޖެއްސުމުންނެވެ.
އޭނާ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އުޅުއްވަނީ ނިއު ޒީލެންޑްގަ އެވެ. ޕޭޖް ރަށްވެހިކަން ހޯދަން ރަސްމީކޮށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެކަމަކު ރަށްވެހިކަމުގެ އެޕްލިކޭޝަން އޭރު އޮތީ ޕޭޖްގެ އޮފްޝޯއާ ހެދި ޕްރޮސެސްނުކޮށެވެ.
އޭނާގެ އަށް ނިއު ޒީލެންޑްގެ ރަށްވެހިކަން ރަސްމީކޮށް ހަމަޖެހުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް ސަރުކާރުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޕޭޖާއި އަންހެނުން ލުސިންޑާ ސައުތުވޯތު.
މިލްކިއްޔާތު މިހާރު 116.4 ބިލިއަން ޑޮލަރަށް އަރާ ޕޭޖް ވަނީ 2019 ގައި ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ ޗީފް އެގްޒެކެޓިވްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު އޭނާ އަކީ ކުންފުނީގެ ބޯޑް މެމްބަރެކެވެ.
ގޫގުލް އަކީ ޕޭޖް އާއި ސާޖީ ބްރިންގެ އިތުރުން ސްކޮޓް ހަސަން ގުޅިވަޑައިގެން 1997 ގައި އުފެއްދެވި ކުންފުންޏެކެވެ.
ޕޭޖަށް ނިއު ޒީލެންޑްގެ ރަށްވެހިކަން ލިބިވަޑައިގަތް އިރު މަޝްހޫރު ޕޭމަންޓް ކުންފުނި "ޕޭޕަލް" ގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕީޓާ ތިއެލް އަށް އެ ގައުމުގެ ރަށްވެހިކަން 2011 ގައި ލިބިވަޑައިގެންފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy