"ރާއްޖޭގެ ސިޔާސީ ދާއިރާ އަށް އެބަޖެހޭ އިލްމީ ގާބިލް ބޭފުޅުން ނުކުންނަން. އެއީ ރާއްޖޭގެ ކަންކަން ހަމަޔަކަށް އެޅޭނީ ސިޔާސީ މަގަކުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ފަސްބައި ސާފު، އިލްމީ ބަޔަކު މި ދާއިރާއަށް ނުކުންނަން ޖެހޭ"
ޕްރޮފެސަރު ހަސަން އުގައިލް: ސިޔާސީ ދާއިރާ އަށް އިލްމީ ބޭފުޅުން ނުކުންނަން ވެއްޖެ ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު
08 އޯގަސްޓް 2021 - 14:34
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަން ރައްޔިތުން ބޭނުން ނަމަ އެ ކަމަށް މިހާރު ވެސް ތައްޔާރު ކަމަށާއި ސިޔާސީ މަސައްކަތްތަކަށް ހުސްވުމަށް ރާއްޖެ ބަދަލުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ދިވެހި ސައިންޓިސްޓް ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގެ އިސް މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ޕްރޮފެސަރު އުގައިލް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށެވެ. ހާއްސަކޮށް، ސިޔާސީ މަސްރަހުގައި ބަދަލުތަކެއް ފެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާއިރު، އެ ބަދަލުތައް ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ރާއްޖޭގެ ސިޔާސީ ދާއިރާ އަށް އެބަޖެހޭ އިލްމީ ގާބިލް ބޭފުޅުން ނުކުންނަން. އެއީ ރާއްޖޭގެ ކަންކަން ހަމަޔަކަށް އެޅޭނީ ސިޔާސީ މަގަކުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ފަސްބައި ސާފު، އިލްމީ ބަޔަކު އެހެންވެ މި ދާއިރާ އަށް ނުކުންނަން ޖެހޭ،" އައްޑޫ ހިތަދު އަށް އުފަން އުގައިލް ވިދާޅުވި އެވެ.
ރާއްޖޭގައި 2023 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އެބަހުރިތޯ އެހުމުން އުގައިލް ވިދާޅުވީ، ރައްޔިތުން ބޭނުން ނަމަ އެކަމަށް ތައްޔާރު ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ގޮތް ބަލައިލީމާ އެނގޭނީ،" އެކި ދާއިރާތަކުން މިހާރު ވެސް ދިވެހިންނާ ގުޅުން ބާއްވަވާ އުގައިލް ވިދާޅުވި އެވެ.
ވެރިކަމަށް ކުރިމަތިލެއްވުމަށާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާއިރު، ސިޔާސީ ޕާޓީއެއް އުފައްދަވާނަންތޯ އެހުމުން ވިދާޅުވީ އެފަދަ ކަމެއް ކުރެއްވުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.
އުގައިލަކީ ހިސާބު އިލްމުން ޕީއެޗް.ޑީ ހާސިލް ކުރެއްވި ފުރަތަ ދިވެހި ބޭފުޅާ އެވެ. އޭނާ އަކީ އިނގިރޭސި ވިލާތުގެ ބްރެޑްފަޑް ޔުނިވަސިޓީގެ ވިޝުއަލް ކޮމްޕިއުޓިން ސެންޓަރުގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އުގައިލް ވަނީ އެ ޔުނިވަސިޓީގެ އެންމެ ޝަރަފުވެރި މަގާމު ކަމަށް ވާ އެކްސެލެންސް އިން ނޮލެޖް ޓްރާންސްފާ އެވޯޑް ވެސް ހާސިލް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުވަޒީރު
19 August 2021
މަ ގޭ ވޯޓު އުގައިލް އަށް.... އަޅުގަޑަކީ އެމް ޑީ ޕީ މެމްބަރެއް!!!
އެއްކަލަ ސޮރު
14 August 2021
މަގޭ ވޯޓު އުގައިލް އަށް.
ވަހީދު
11 August 2021
ނުވާނެ. ކޮޅުކޮޅަށް ބައި އަޅާނުދޭ މީހަކު ވެރިކަމަށް ދިވެހިން ނުގެންނާނެ.
ޒުލްފިޤާރު
11 August 2021
ސިފައިންނާ ޑޮކްޓަރުންނާ ނަރުހުންނާ ޓީޗަރުން ތެރޭގަ ގިނަވާނީ ޓުވިޓަރ އާ ފޭސްބުކް އެއްޗިހީގަ ސިޔާސީ ކަންކަމާ ބެހި ނޫޅޭ މީހުން. އެކަމަކު އެމީޙުންގެ ތެރޭގަ އުގެއިލް ވަރަށް ޕޮޕިއުލަރ ވާނެ. ސުވާލަކީ ތައުލީމީ ހޭލުންތެރި މީޙުން އުގެއިލްއަށް ތާއީދުކޮށްގެން އެވަރުން ހޮވޭނެ ބާއޭ؟ ގައުމުގަ ގިނައިން ތިބީ މުރައްކަބު ޖާޙިލުންހެން ހީވަނީ. އެމީހުންގެ ވޯޓް އުގެއިލް ހޯދާނީ ކިހިނެއްބާ
އަސްލު މީހާ.
11 August 2021
މަތީގައި ދެންނެވި އެންމެންގެ އިތުރަށް މިހާރު ހުރި ޕާޓީ ތަކުގެ ލީޑަރުން ދެކެ ފޫހިވެފައިވާ ގިނަބަޔަކު ޕްރޮފެސަރ އުގައިލުއަށް ވޯޓް ދޭނެ.
ހުދުނާ
10 August 2021
އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ އެންމެން އުގޭލްއަށް ވޯޓު ލާނެ. މިގޭގަ ގިނައިންތިބީ ޓީޗަރުންނާ ޔުނިފޯމް އަލާ ވަޒީފާތަކަށް ދާ މީހުންވީމަ ސޯޝަލް މީޑިއާގަ ވާހަކަ ދެއްކޭކަށް ނެތް
ސަލީމު އިދުރީސް
10 August 2021
އަޅުގަޑު ދެކޭގޮތުގަ އުގައިލްކިތެމެޅަސް އުގައިލުސިކުނޑި އާއެއްގޮތައް މިގައުމު ތަރައްގީ ނުކުރެވޭނެ! އުގައިލް ހިސާބުއިމުވެރިކަސް އުގައިލް ހިސާބާދީމާނޫވާ އެތައްކަމެއް އުގައިލުގަބޫލު ކުރަންޖެހި އެގޮތައް ކަންކުރަން މަޖުބޫރުވީމަ ވަކިބަދަލެއް ނުފެންނާނެ! މިސާލަލަކައް އުގައިލުބުނީ އޮލިންފިކު ގޭމުގަ ބައިވެރިވާ ފެތުން ތެރިން ފަތާއިރު ފެނުހިފާކަހަލަ ގަޔައްބާރު ސޮދި ފޮއްޗަކުން އެދުން ލީމަ ކާމިއާބު ކުރަން ފަސޭހަވާނޭ ދެން ހެދުންއެޅުމާ ބެހޭ އިލުމުވެރިން ހަހަހާ
މުގުހިންހިދަރު
10 August 2021
އަދި ޕީއެޗްޑީ އެއް އޮތަސް ޤައުމު ހިންގާކަށް ނޭނގޭނެ މިޔައާ
އާވިމް
16 August 2021
މިހާރު މިކުރަނީ ވެރިކަން ދޯ؟
ފިނރުޓޭ
10 August 2021
އަހަންނަކީ ފުދޭ ވަރަކަށް އެމްޑީޕީ އަށް ސަޕޯޓު ކުރާ މީހެއް! އެކަމަކު، އެވެރިން ކަންކަން ކުރާ ގޮތް މަށަކަށް މިހާރަކު ކަމަކު ނުދޭ! އުގޭލު 2023 އަށް ކުރިމަތިލާނަމަ، މަށާ، އަހަރެންގެ އާއިލާ އަށް ރައްޓެހިންވެސް އުގޭލަށް ވޯޓު ދޭނެ! އަހަރުމެން ބޭނުމީ މި ޕާޓީ ޑްރާމާ އާ އެކްޓިވިސްޓު ކަންތައްގަނޑުން ނެެއްޓި މި ގައުމު ހަމަ މަގަށް އަޅުވާނެ، ތަންދޮރު އޮޅުންފިލާފަ ތިބި ތެދުވެރި އިހްލާސްތެރި ބަޔެއް! ގޯ ގޯ އުގޭލް!
ޢަލީ މުޙައްމަދު / ފަރުމާ ތ.ކަނޑޫދޫ
10 August 2021
ރައްޔިތުން ބޭނުންނަމަ އަޅުގަނޑުވެސް ރައީސްކަމަށް ނިކުތުމަށް ވަގުތު ހުސްކުރަން ބޭނުން
ހަކީމް
10 August 2021
އަދިވެސް ދިވެހިން ތިބީ ޕާޓީ ފިކުރުގައި ތާށި ވެފައި، އެމީހުން ލައިގެން ވީ ކަމެއް ހަމަ ހަރާން. ފޮމިޔުލާ ބަދަލު ކޮއްލާ ކިޔަވަިގެން ހުރި އާދައިގެ ދިވެހި ދަރިޔަކަށް މި ފުރުސަތު ދިނުން ރަނގަޅު ކަމަށް ފެނޭ. މަގޭ އާއިލާގެ ފުލް ސަޕޯޓް ޕްރޮފެސަރާއި އެކު ވާކަން ބުނެލަން
މައްލި
10 August 2021
ފެންނަން އޮތް ހަޤީގަތަކީ އަދިވެސް ގިނައީ ވަކި ސިޔާސީ ޕާޓީއެއްގެ ވިސްނުން ނުގެންގުޅޭ ރައްޔުިތުންނަށް، ރާއްޖޭގެ ވެރިކަމަށް އަންނަ ރައްޔިރުންގެ ތާއީ ދުލިބޭނެ ރަގަޅު އިތުބާރުކުރެވޭ އިލްމީ މީހަކު ކުރިމަތި ލާފިއްޔާ. މަ ގާމުވެސް ވޯޓު ދިނުމުގެ އިތުރުން ކެމްޕޭންވެސް ކޮށްދޭނަން.