އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓު ކޯޓު: އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ނަގަން ނިންމާފައިވާ ގޯތިތައް ނެގުން ހުއްޓުވަން އެ ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެދީފައި -- ފައިލް ފޮޓޯ
08 އޯގަސްޓް 2021 - 19:01
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައިވާ ގޯތިތައް ނުނެގުމަށް އައްޑޫ ސިޓީ ކައުންސިލަށް އަންގައި އެ ސިޓީގެ ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ހިތަދޫގައި ހުންނަ ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައި 40 ގޯތި، މުޅި އައްޑޫގެ މަސްލަހަތަށް ކަމަށް ބުނެ، އަތުލަން ކައުންސިލުން ނިންމުމުން، ބައެއް ގޯތިތަކުގެ ވެރިން ވަނީ އެކަން ހުއްޓުވައި ދިނުމަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
ކައުންސިލުން އެ ގޯތިތައް ނަގަން ނިންމި އިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތް ވެސް ކުރަން ފަށައިފަ އެވެ
ގޯތިތައް ނަގަން ކައުންސިލުން ނިންމީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން ގޯތިތައް ކައުންސިލުން ނެގިޔަ ނުދޭން ވަގުތީ އަމުރަކަށް ވެސް އެ ފަރާތްތަކުން އެދިފައިވެ އެވެ.
އެ މައްސަލައިގައި ގޯތިތަކުގެ ވެރިން ތަމްސީލު ކުރާ ވަކީލު "މިހާރު" އަށް ވިދާޅުވީ، އެ މީހުން އެދިފައިވާ ގޮތަށް ގޯތިތައް ނެގުން ވަގުތީ ގޮތުން ހުއްޓައިލަން އަންގައި ހިތަދޫ ކޯޓުން މިއަދު އަމުރެއް ނެރެފައިވާ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ބުދަ ދުވަހު ފަށާފައިވާއިރު، މައްސަލަ ތާވަލު ކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ނިންމައިލުމަށެވެ.
ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދަކަށް ވާތީ، މުޅި އައްޑޫގެ މުސްތަގުބަލަށްޓަކައި އެ ބިން ނެގުން މުހިންމެވެ.
ކައުންސިލުން ނިންމާފައި ވަނީ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ބިންތައް ނަގައި އޭގެ ބަދަލުގައި ކުރިން ހޮސްޕިޓަލު އަޅަން ނިންމި ސްޓޭޑިއަމް ސަރަހައްދުން ގޯތިތައް ދޭށެވެ.
ބައެއް ފަރާތްތަކުގެ މައްސަލަ ކޯޓުގައި އޮތް ނަމަވެސް، ކައުންސިލުން ވަނީ ސްޓޭޑިއަމް ސަރަހައްދުން ދޫކުރާ ބިންތަކާ ހަވާލުވުމަށް އަންނަން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންއައްލާ
09 August 2021
ނިޒާރުމެންނަށް މިހާރު އިބުރަތެއް ހާސިލުކުރެވިއްޖެކަމަށް ހީކުރަން. އަދިވެސް އަމިއްލަ އެދުން އިސްނުކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާހޯދައިގެން ރައްޔިތުންގެ ކަންކަން ނިންމުމަށް ނަސޭހަތްތެރިވަން. ނޫނީ ދައުރު ނިމިގެންދާއިރުވެސް ކޯޓުތަކުން މައްސަލަތައް ނުނިމިގެން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެވިފައި ނޯންނާނެ. އެހިސާބަށް ދާއިރު އޮންނާނީ އަނެއްކާވެސް ރައްޔިތުން ގޮތްނިންމާ ހިސާބަށް ގޮސްފައި. ވީއިރު ފުރުސަތު ނަގާނުލާ.
މަޖްދި
09 August 2021
ތިޔައީ ކީއްކުރަން ގޯތިނަގާ ބައެއްތަ ހުތިހާމީހުން އުޅެންވަނީ މާލޭ ދަފުތަރުގަ ނޫނީ މާލޭ ކޮންމެވެސް އަންހެނެއްގެ ތައްޕާހުގަ މިހާރުވެސް ސަރވޭ އެއ އްކޮ އްބަލަ..
އޮނަރަބްލް އަފީފު ދީދީ.
08 August 2021
ރައްޔިތުން އިތުބާރާއި އުއްމީދާއިއެކު ހޮވި މޭޔަރާއި ކައުންސިލަރުން މިފަދަ ކޫސަނިކަންކަމުގައި ވަގުތު ނަގާލުން ރަނގަޅެއްނޫން. # ތިޔަ ބިންތައްއޭގެ އަހުލުވެރިންނަށް ދޫކޮށްލާ. އަދި އެހެން ސަރަޙައްދެއްގައި ކުރާން ބޭނުންވާ އިޤްތިސޯދީ ކަންކަން ކުރުން ރަނގަޅު. # އަދި އައްޑޫގެ ލެންޑްޔޫޒްޑް ޕްލޭން ކުރަމުންދާއިރު އައްޑޫގައި ސްޕޯޓްސް ޓްއަރިޒަމަށް ފުރުސަތު އޮންނާނެހެން ސްޓޭޑިއަމް ސަރަޙައްދުގައި އޮތް ހުސްބިން އެއީ ސްޓޭޑިއަމްގެ ބައެއްކަމުގައި ހަމަޖައްސަވާ ދެއްވާ.
ރޮނާލްޑޯ.
08 August 2021
މޭޔަރުގެ ކިބައިން އާދޭހާއި އެކު އެދެން ސްޓޭޑިއަމް ސަރަހައްދުގައި އޮތް ކުރިން ހޮސްޕިޓަލް އަޅާން އުޅުނު ބިމުން ގޯތިނުދީ އައްޑޫގައި އޮލިމްޕިކް ސައިޒު ބޮޑު ސްޓޭޑިއަމެއް ހަދާން އެބިން ދަނޑުގެ ސަރަހައްދަށް އިތުރުކޮށްދިނުމަށް.
ރޫހު ވަނީ ތިނަދޫގަ.
08 August 2021
ހާދަވަރަކަށް ސްޓޭޑިއަމް ހެދޭތޯ ތިއުޅެނީ ؟ ސްތޭޑިއަމް ހެދީމަ މަންޗެއްޓަރ ޔުނައިޓެޑް އައްޑުއަށް އަންނަނީތޯ ؟
ތެދައް.
08 August 2021
އެދައްކަނީ އޭ ވަރަށް ރަނގަޅަ ވާހަކާއް އެބިން ސްޓޭޑިއަމަށް އިތިރި ކޮށްގެން ނުންފެހޭ އެތަނި ރަނގަޅަ ފެންވަރަކި ސްތޭޑިއަމައް ނިހެދޭހެއްވާ.