11 އޯގަސްޓް 2021 - 07:26
ވަރުގަދަ ކެރެކްޓާއެއް ކަމަށްވާ "ވުލްވުރީން" ގެ ރޯލުން ފެންނަ ހޮލީވުޑްގެ އެކްޓަރު ހިއު ޖެކްމަން ހަމުގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނައިރު މި ބައްޔާ މެދު މެދު ސަމާލުވެ ޓެސްޓްކުރުމަށް ފޭނުންގެ ކިބައިން އެދެފި އެވެ.
އޮސްޓްރޭލިއާ އަށް އުފަން 52 އަހަރުގެ އެކްޓަރު އަންނަނީ 2013 އިން ފެށިގެން ހަމުގެ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.
މި ބައްޔާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ބައެއް އަޕްޑޭޓްތައް ވެސް ދޭތެރެދޭތެރެ އިން އޭނާ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރެ އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ހުނަރުވެރި އެކްޓަރު މި ހަފުތާގައި ވެސް ވަނީ ބަލީގެ ހާލަތު ވަޒަންކުރުމަށް ބައޮޕްސީއެއް ހަދައިފަ އެވެ. އެ ޓެސްޓަށް ފަހު އޭނާ އެދެނީ ހަމުގެ ކެންސަރުން ރައްކާތެރިކަން ހޯދަން އެންމެން ވެސް ފާރަވެރިވެ ތިބުމަށެވެ.
Update on my biopsy. It came back inconclusive. The worst it can be is a Basel Cell Carcinoma (BCC) which is very treatable. When I’m done filming it’ll be rechecked. I know I’m repeating myself but … please get a skin check and wear sunscreen. Thank you all for the support. pic.twitter.com/0RiTRs5deA
— Hugh Jackman (@RealHughJackman) August 8, 2021
ޓްވިޓާގައި އާންމުކުރި ވީޑިއޯއެއްގައި އޭނާ އެދުނީ ހަމުގެ ކެންސަރުން ރައްކާތެރިކަން ހޯދަން ގަވައިދުން ޗެކަޕްތައް ހެދުމަށާއި އަވީގައި އުޅޭ އިރު ސަންސްކްރީން ބޭނުންކުރުމަށެވެ.
މި މަހުގެ 13 ގައި ރިލީޒްކުރާ ރަޔަން ރޭނޮލްޑްސްގެ ސައިންސް ފިކްޝަން ކޮމެޑީ ފިލްމު "ފްރީ ގާއި" ގެ ހާއްސަ ފެނިލުމަކުން ފެންނާނެ ޖެކްމަން ލީޑުން ފެންނަން ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 20 އަށް ތާވަލުކޮށްފައި ސައިފައި ފިލްމު "ރެމިނިސެންސް" އެވެ.
އޭނާ ބުނި ގޮތުގައި ފިލްމީ މަސައްކަތުގައި އުޅެމުން ވެސް ފަރުވާގެ ކަންކަމަށް އަބަދު ވެސް ވަރަށް ބޮޑަށް ސަމާލުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭސް ޕާމް
12 August 2021
ވުލްވުރީން އެއްނޫނޭ ވުލްވަރީން އޭ!
ބުލް
16 November 2021
ވުލްވަރީން އެއްނޫނޭ އަލް ވަރި!