ސީރިއާ ހަނގުރާމައިގައި މަރުވި ދިވެހިމީހާ
10 އޯގަސްޓް 2021 - 11:41
ސީރިއާގައި ކުރާހަނގުރާމައިގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ އެވެ.
ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ގޮސް އުޅޭ ދިވެހިންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރާ ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއްގައި، މަރުވިމީހާގެ ފޮޓޯއަކާ އެކު ލިޔެފައިވާ ގޮތުގައި އޭނާ މަރުވީ އިދުލީބްގެ "ފްރޮންޓްލައިނެއް ދިފާއުކުރުމުގައި" އުޅެނިކޮށެވެ.
އެމީހާގެ މަރާ ބެހޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްޗެއް ނުބުނެ އެވެ.
ހަނގުރާމަކުރުމަށް ރާއްޖޭން ސީރިއާއަށް ގޮސް އުޅޭ މީހުން ގުޅިގެން އުޅެނީ، އެނގިފައިވާ ގޮތުގައި މައިގަނޑު ދެ ޖަމާއަތަކާ އެވެ. އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޖަބުހަތުއް ނުސްރާ އެވެ. މިދިޔަ ބުރާސްފަތި ދުވަހު މަރުވި މީހާގެ މައުލޫމާތު އާއްމުކޮށްފައި ވަނީ "ބިލާދުއް ޝާމް" ގެ ނަމުގައި މައުލޫމާތު ފަތުރާ މީހުން ކަަމަށް ވާތީ މަރުވި މީހާ ހަނގުރާމަކުރަމުން ދިޔައީ ބެލެވޭ ގޮތުގައި ޖަބުހަތުއް ނުސްރާއާ ގުޅިގެންނެވެ.
މަރުވި މީހާގެ މައުލޫމާތު އާއްމުކުރި ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގަައި އޭނާ މަރުވީ އިދުލީބްގެ ޖަބަލުއް ޒަވިއްޔާ ނަމަކަށް ކިޔާ ސަރަހައްދުގަ އެވެ. ސީރިއާ ސަރުކާރާ ހަނގުރާމަކުރާ ގިނަ އަދަދެއްގެ ޖަމާއަތްތައް އޮންނަ އިރު، އޭގެ ތެރެއިން އައިއެސް ފިޔަވާ ގިނަ ޖަމާއަތްތަކެއް މިހާރު އުޅެނީ ގުޅިގެން، އެއް ބައެއްގެ ގޮތުގަ އެވެ. ސީރިއާގެ ހަނގުރާމައިގެ ހާލަތު ދިރާސާކުރާ މީހުން ބުނާ ގޮތުގައި އިދުލީބްގެ ބޮޑުބައެއް ކޮންޓްރޯލްކުރަނީ އެ ޖަމާއަތްތަކުންނެވެ.
މަރުވިމީހާ އަކީ ކޮން ރަށެއްގެ ކާކުކަން އަދި ސާފެއް ނުވެ އެވެ. ހަނގުރާމަވެރިންގެ މައުލޫމާތު ފަތުރާ މީހުން އޭނާއަށް ދީފައިވާ ނަމަކީ "އަބޫ އަބްދުއްރަހްމާން" އެވެ. އަދި "އަބޫ ހަޖަރު" އަކީ ވެސް އޭނާއަށް ކިޔާ ނަމެއް ކަމަށް އޭނާގެ މަރުގެ ހަބަރު އާއްމުކުރި ޕޯސްޓްތަކުގައި ބުންޏެވެ.
ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ރާއްޖޭން ދިޔަ އެތައް ބަޔަކު ވަނީ ހަނގުރާމައިގައި މަރުވެފަ އެވެ. އެ މީހުންގެ އަނބިދަރިންގެ ތެރެއިން ބައެއް މީހުން އެ ގައުމުގައި ހާލުގައި ޖެހިފައި އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމާން އަބޫބަކުރު
12 August 2021
ކޮންމެ ދެބަހުން އެއްބަހަކީ ނަސްރު، ހަގުރާމަ، ޖިހާދު، ފިރްއޯން، ބޭނުން ކުރާބަޔެއް ތާ އަަބަދު ތިބޭނީ ޖަދަލު ކޮއްކޮއް، ފަހު ދުނިޔެ ނުދެވި ތަލިން ކުޅު ދިޔާވެފަ. މިއީ މި ގައުމުގެ ތައުލީމީ ފެއިލް ވުން. ޕާކިސްތާން، އަފްޣާނިސްތާން، ސައޫދީ ތަނަތަނުން ކިޔަވައިގެން އަސިސް ގުނބޯ ހެދި މުޅި ގައުމު ފުނޑާލާއިރުވެސް ވެރިން ގަދަ ނިދީގައި، ހޭލަނީ ހަމަ އެކަނި ވައްކަން ކުރަން!
އެކްސިް
12 August 2021
ރާއްޖެ ނައީއާ ރަނގަޅީ
ނީމޯޒް
11 August 2021
ދެޓް ސްމައިލް
ނަޖްވާ
11 August 2021
ކީކޭ އަޅެ ދެން ފަހެ ބުނާނީ ވިއްޔާ އަޅެ!
ބޮޑުކައްކާ
10 August 2021
އެތަނަށްދާ ގިނަ ދެކުނު އޭޝިޔާގެ މީހުން އުޅެން ޖެހެނީ އަރަބިންނާ ޗެޗެން މީހުންގެ ބޯއީންގެ ގޮތުގަ. އެހެންވީމާ ބޮޑަށް ބެލެވެނީ ބަދިގެއަށް ހަމަލާ އަރާފަކަމަށް މިއޮތީ.
އާދަނު2
10 August 2021
ސުއިސައިޑް މަރެއްދޯ؟!
އިބުނު ބޯގޯ ސް
10 August 2021
އޭޖެންޓުން މިކޮޅުގަ ފިނި ކޮޓަރީގަ... ޕަކާ ސް ފަ ސް
އިސްމި
12 August 2021
އަވަހަށް ރިޕޯޓް ކުރޭ
ފަހުދު
10 August 2021
ހައްދު ފަހަނަ އަޅާފައިވާ ޖައްބާރުންނާއި އެމީހުން އުޅޭ ޓެރަރިސްޓް ޖަމާއަތް ތައް ޕްރޮމޯޓްކުރުން ހުއްޓާލަބަލަ.
ށަވިޔަނި
10 August 2021
ގަލްފުގައި އޮވޭ. ތިމީހުން ބޮލަށް ޗިޕްޖަހާ މެޝިނެއް. އެހެންވެ އިޒްރޭލު ނުފެންނާނެ. އެ މެޝިން ބުނަނީ މިހާރު ސީރިއާގައި ވެރިކަންކުރަނީ އިޒްރޭލުގެ ތިބި ޒައިނިސްޓުންނަށްވުރެ ނުބައި ބައެކޭ. މި މޮޔައިން ހޭނެތެނީ.
ސެއިހް ކަނޑޫދޫ މިރުސް
10 August 2021
ޢެސޮރާ ނުބެހޭ...ލާދީނީ ވެދާނެ