މާފަންނުގެ މީހުންނާއެކު މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު
13 އޯގަސްޓް 2021 - 15:13
މާފަންނު ބޮޑުގޭގައި މިހާރު ވަގުތީ މިސްކިތް ހަދާފައިވާ ގޯތީގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ ހިޔާލު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ އަވަށުގެ މީހުންނަށް ރޭ ހުށަހަޅުއްވައިފި އެވެ.
މާފަންނުގެ މީހުންނާއެކު ސިޓީ ކައުންސިލުން ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި މޭޔަރު ވަނީ ބޮޑުގޭގައި އިމާރާތް ކުރަން ވިސްނަވާފައިވާ އިސްލާމީ މަރުކަޒުގެ ކުރެހުމެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެއީ އަދި ހިޔާލެއް ކަމަށާއި އެ މިސްކިތް އިމާރާތް ކުރުން ފައިނަލް ވާނީ އާންމުން ދެކޭގޮތް ބެލުމަށް ފަހު ކަމަށް މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ހުށަހެޅުއްވި ކުރެހުމުން ފެންނަ ގޮތުގައި އެއީ ޒަމާނީ ފެންވަރަށް ޑިޒައިން ކޮށްފައިވާ ހަތަރު ބުރީގެ މިސްކިތެކެވެ. ޕާކިން އަށް ވަކި ބައެއް ކަނޑައަޅާފައިވާއިރު، ފުރަތަމަ ދެ ބުރި ހާއްސަ ކޮށްފައި ވަނީ މިސްކިތަށެވެ. ތިންވަނަ ބުރީގައި ލައިބްރަރީއެއް އަދި ހަތަރުވަނަ ބުރީގައި ހުންނާނީ އޮޑިޓޯރިއަމެކެވެ.
ރޭގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ކައުންސިލް ކެމްޕޭންގެ ތެރޭގައި އަދި ރަސްމީކޮށް މަގާމާ ހަވާލުވި ފަހުން ވެސް ލިބިފައި އޮތް މައުލޫމާތަކަށް ބަލާއިރު ވެސް ރައްޔިތުން ބޭނުންވަނީ އެ ތަނުގައި މިސްކިތެއް، ތައުލީމު، އިސްލާމީ ނޮލެޖް ލިބޭ ގޮތަށް އިސްލާމީ ސެންޓަރެއް ބިނާވެގެން ދާން. އެހެންވީމާ އަޅުގަނޑުމެން ކައުންސިލުން ތިޔަބޭފުޅުންގެ ހިޔާލަށް، ލަފަޔަށް މި ހުށަހަޅާ ގޮތަކީ ވެސް ހަމަ އެ ގޮތް،" މުއިއްޒު ވިދާޅުވި އެވެ.
ބޮޑުގެ ހުންނަނީ އާބާދީ ބޮޑު ސަރަހައްދެއްގައި ކަމަށް ވެފައި ކައުންސިލަށް މިހާތަނަށް ލިބުނު ހިޔާލުތަކަށް ބަލާއިރު އަދި ކައުންސިލަށް ފެންނަ ގޮތުގައި ވެސް އެ ބިން ބޭނުންކުރަން އެންމެ ރަނގަޅީ އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމަށް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒުގެ އިތުރުން، މުއިއްޒު ވަނީ މާފަންނުން އައިކެއާ މިހާރު ހުންނަ ސަރަހައްދުގައި ވަރަށް ކުރިން ހުރި ބޮޑު ގަޑި ނުވަތަ ގަޑިބުރު އަލުން ބެހެއްޓުމުގެ ހިޔާލު ވެސް ރޭގެ ބައްދަލުވުމަށް ހުށަހަޅުއްވައިފަ އެވެ.
އަދި ރެންޓަލްސް ކުރިން ހުރި ބިމުގައި އަންހެނުންގެ މާރުކޭޓަކާއި ރެސްޓޯރަންޓަކާ އެކު ހަތަރު ބުރިއަށް ތަރައްގީ ކުރާ ސައިކަލު ޕާކުކުރާ މަލްޓި ޕާޕަސް އިމާރާތެއްގެ އިތުރުން މަލްޓި ލޭޔާ ކޮންސެޕްޓަށް ރަސްފަންނު ކައިރީ ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމުގެ ހިޔާލު ވެސް ހުށަހެޅުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
15 August 2021
މީނަ މި އުޅެނީ ފިސާރި ކަންކަން ކުރެވޭ މީހެއްކަން ދައްކަން! މި އުޅެނީ އިސްލާމީ މަރުކަޒެއްތަ ނޭޅިގެން!
މަގޭވޯޓެއް ނުލިބޭނެ!
14 August 2021
މޮޅު ކުޅިއެއް. ސިޔާސީ ކަމެއް. އެކަމު ގައުމަކައް ފައިދާ އެއް ނުކުރާނެ. މި ސިޔާސީ ކުޅި ކުޅެލީމާ، ގުނބޯ ހެދިފަ ތިބި އައިންގަޑު ގެ ވޯޓު ލިބޭނެ. ދެން އޮންނަ 5 އަހަރު ދުވަހު ވައްކަން ކުރަން ފުރުސަތު ހޯދީ. ކުޑަ ހަނޑުލު ގުޅައެއް އާންމުންގެ ތެރެއައް އެއްލާފަ، ޖާފަތް ބަނޑު އަޅާ ލަން ރެޑީ ވީ!
ހުސެން
14 August 2021
ކަލޯ. ކޮންމެ އަވަށެއްގަ ތަނެއްއަޅަންވީނުން? މިފަހަރު ކޮންތަނެއް ކޮޕީކުރީ?
ސޯކާބެ
14 August 2021
އިސްލާމީ މަރުކަޒެއް މުހިންމު ހަމަ އެފަދައިން މާފަންނުގެ ބޯހިޔާވަހިކަމެއްނެތް އެތައްރައްޔިތުންގެ ބޯހިޔާވަހިކަން ގާއިމްކޮއްދިނުންމާމުހިންމް މާފަންނު ސަރަހައްދުގައި ހިއްކާފާބިންތަކުން ރައްފުށިގެ މީހުންނައް ގޯތި ދޭހެން ގޯތި ދިނުންމާމުހިންމް ތިޔަވިދަޅުވާލޯކަލް އިންތިހާބުގާނޫނުގެދަށުން ގާނޫނުއަސާސީގައެބުނާ ހަމަހަމކަން ވަކިފަރުދަކައް ވަކިރަށަކައް ވަކިއާއިލާ އުފަންވީތީ ތަފާތުކޮއްގެންނުވާނޭ އޮވޭ ކަޅާހުދުން ލިޔެފައި މާލޭގެމީހާޔައް ގޯތިނުލިބޭ ރައފށމހޔއލިބ
ހމނ
13 August 2021
ތިކަމުގައި، މައްސަލައަކީ ޙާލަތެވެ. މާލީތަނަވަސްކަން ނެތުމެވެ. އިސްލާމީ މަރުކަޒެއް މާލޭގައި އެބަހުއްޓެވެ. ހަމައެހެންމެ، ސަލްމާން ރަސްގެފާނު މިސްކިތްވެސް ހުޅުވަން ތައްޔާރުވަނީއެވެ. މިދެތަނުން މިވަގުތަށް ނުފުދެނީހެއްޔެވެ. އުފެދޭ ސުވާލެކެވެ. އިގުތިޞާދު ރަނގަޅުވީމައި ތިކަން ކުރެވިދާނެއެވެ. ނޫނީ އެހީލިބިއްޖެނަމަ، ކުރަންވީއެވެ. މުއިއްޒުގެ ކަންތައްހުންނަގޮތުން ވަރަށްބޮޑެތި ފިތުނައުފެދިދާނެކަމުގައި ބެލެވޭ.
ޙާސިލްވެސ
13 August 2021
މިއީރަގަޅު ޚިޔާލެއް ތިރީގައި ޕާކުކުރެވޭގޮތަށް ވަރަށް ސަޅުވާނެ
ހުސެންް
13 August 2021
މުއިއްޒު އަކީ ދެއުޅިނުވާ މީހެއްކަން ނޭނގެ. މުއިއްޒުގެ ގެހުރިތަން ތަޅާލާފައި ގުއްބެއް ހަދާބަލަ. މާސިޔާސަނުވެ މަސްއޫލިއްޔަތް އަދާކުރެވޭތޯ ބަލާބަލަ.
ނޫންތަ
13 August 2021
ބަލަ، އެ އަދާކުރަނީ މަސްއޫލިއްޔަތެއްނޫންތަ؟
ދޮށި
13 August 2021
މާފަންނު ސަހަރާގަ މިހާރު ހަދާފައިވާ ޕާކިންޒޯނު މަޖީދީމަގާ ވީފަރާތް އެއްކޮށް ޕާކިންއޭރިޔާއަކަށް ހަދައި އެސަރަހައްދުގެ މަގުތައް ހުސްކުރެވި މަގުތައް އަމާން ކުރުންވެސް ރަގަޅެވެ.
ވިހި ތޭވީސް.
13 August 2021
މުއިއްޒު ރައީސް ކަމަށް ކުރިމަތިލައިގެން ވޯޓު ދޭނީ ވަރަށް މަދު އަދަދެއްގެ ބައެއް. އެކަން މިފަހަރު މާލޭ މޭޔަރު ކަމުގެ އިންތިޙާބުން ހަމަވެއްޖެ. ދިވެހި ރައްޔިތުންގެ ގިނަބަޔަކު 2023 ގައި އިންތިހާބު ކުރާނީ މުޅިން ތަފާތު ކެންޑިޑޭޓެއް. ޕްރޮފެސަރ ހަސަން އުގައިލުއަށް ގިނަ އަދަދެއްގެ ޒުވާނުންނާއި ހައިޕްރޮފައިލް ވަޒީފާ ތަކާއި ތައުލިމީ މީހުން ތާއީދު ކުރޭ. 2023 ހަކީ ޕރޮފެސަރުގެ އަހަރު.
ބަޖެޓު
13 August 2021
ތިހުރިހާކަމެއްކުރާނެ ބަޖެޓު ހަމަޖެއްސޭނެ މަގާމެއްގަ ތިއައްވުރެ ބާރުހުރި މަގާމެއްގަ ހުރިއިރު ތިކަންތައްތައް ކުރަންއުޅުނުނަމަދޯ. މިހާރުހީވަނީ ބޮޑު ލިސްޓެއްހަދާފަ އެވާހަކަ ޕޯޑިއަމްތަކައް އަރާ ދައްކާލާފަ ދުވަސްކޮޅަކުން ތިމަންމަނިކުފާނު ވަރައް މަސައްކަތްކުރީމޭ އެކަމަކު ކީއްހޭކުރާނީ ސަރުކާރުން ބަޖެޓެއްނުދިނޭ އެހެންވެ ރައްޔިތުންބޭނުންވިކަންތައްތައް ކޮއްނުދެވުނިއްޔޭ އެހެންބުނަންއުޅޭހެން. މަހޮވާށޭ އޭރުން ކުރާނަމޭ ބުނަންއުޅޭހެން.