ދުނިޔެ / އަފްޣާނިސްތާން

އެމެރިކާގެ އިތުރު 5،000 ސިފައިން އަފްގާނިސްތާނަށް

15 އޯގަސްޓް 2021 - 11:45

1 comments

އަފްގާނިސްތާނުގައި ހަނގުރާމަ ކުރާ ތާލިބާނުންގެ ހަމަލާތައް ވަރުގަދަވެ، މުޅި ގައުމު އެ މީހުންގެ ބާރުގެ ދަށަށް ދިޔުމުގެ ވަގުތު ކުޑަތަންވަމުން ދާއިރު، އެމެރިކާގެ އިތުރު 5،000 ސިފައިން އަފްގާނިސްތާނަށް ފޮނުވުމުގެ ހުއްދަ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ދެއްވައިފި އެވެ.

ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، އިތުރު ސިފައިން ފޮނުވަން ނިންމެވީ، މިހާރު އަފްގާނިސްތާނުގައި ބާކީ ތިބި އެމެރިކާ ސިފައިންނާއި ގުޅިފައިވާ ލަޝްކަރުގެ ސިފައިން، ރައްކާތެރިކަމާ އެކު އެ ގައުމުން ބޭލުމަށް މަގު ތަނަވަސް ކޮށްދިނުމަށެވެ. އޭގެ އިތުރުން، މިދިޔަ 20 އަހަރުގެ ތެރޭގައި، އެމެރިކާ ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިވެދިން އަފްގާނު ރައްޔިތުން ވެސް އަމާންކަމާ އެކު، އެ ގައުމުން ބޭލުމުގެ ބޭނުމުގަ އެވެ. މީގެ އިތުރުން އެމެރިކާ އިން ދޫކުރާ ހާއްސަ ވިސާގެ ދަށުން، އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރަން ހަމަޖެހިފައިވާ އަފްގާނިސްތާނު ރައްޔިތުން ވެސް، އެ ގައުމުން ބާލައިގެން ގެންދާނެ އެވެ.

އެމެރިކާ އިން އަފްގާނިސްތާނަށް ފޮނުވުމަށް ނިންމި 5،000 ސިފައިންގެ ތެރޭގައި ހިމެނޭ އެއް ބަޔަކީ، އެމެރިކާގެ ޑިޕްލޮމޭޓުންނަށް ރައްކާތެރިކަން ދިނުމަށްޓަކައި، އަފްގާނިސްތާނުގައި ތިބި 1،000 ސިފައިންނެވެ. އޭގެ އިތުރުން، އަލަށް އެ ގައުމަށް ފޮނުވުމަށް ދާދި ފަހުން ކަނޑައެޅި 3،000 ސިފައިންނާއި، ކުވައިތުގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން، އަފްގާނިސްތާނަށް ބަދަލުކުރާ 1،000 ސިފައިންނެވެ.

އަލަށް ފޮނުވާ 3،000 ސިފައިން ގާއިމުވެ ތިބޭނީ ކުވައިތުގަ އެވެ. އެ މީހުން އަފްގާނިސްތާނަށް ދާނީ، މިހާރު ކުވައިތުން އަފްގާނިސްތާނަށް ދާ 1،000 ސިފައިންނާއި އަފްގާނިސްތާނުގައި ތިބި 1،000 ސިފައިންނަށް އިތުރު އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގަ އެވެ.

އަފްގާނިސްތާނަށް އިތުރު ސިފައިން ފޮނުވަން ނިންމުމާ ގުޅޭ ގޮތުން، ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އާއި ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ސިފައިންގެ ވެރިޔާ ޖެނެރަލް މާކް މިލޭ، މިއަދު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އަށް މައުލޫމާތު ދެއްވާނެ އެވެ.

ވިހި އަހަރަށް ފަހު އަފްގާނިސްތާނުގައި ތާލިބާނުންގެ ބާރު އަލުން ގަދަ ވާން ފަށާފައި ވިޔަސް، އެމެރިކާ ސިފައިން އެ ގައުމުން ބޭލުމަށް ނިންމި ނިންމުން އަނބުރާ ނުގެންދަވާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެ އެވެ.

މިދިޔަ ހަފުތާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ އަފްގާނިސްތާނުން ސިފައިން ބާލަން ނިންމެވި ނިންމެވުމާ މެދު ހިތާމަ ނުކުރައްވާ ކަމަށެވެ. އަދި މިހާރު މިއޮތީ އަފްގާނިސްތާނުގެ ހަމަޖެހުމާއި ސުލްހައަށްޓަކައި އެ ގައުމުގެ ރައްޔިތުން މަސައްކަތް ކުރަންވީ ވަގުތު ޖެހިފައި ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ބައިޑެން އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އަފްގާނިސްތާނުގެ ހަނގުރާމަ ކުރިއަށް ގެންދިއުމާ އެމެރިކާގެ ހަތަރު ރައީސަކު މިހާތަނަށް ހަވާލުވެވަޑައިގެންނެވި ކަމަށެވެ. އަދި ފަސް ވަނަ ރައީސަކަށް އެ ބުރަ ޖައްސަން ބޭނުންނޫން ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަށް ނިންމި ނިންމުމަށް، އެމެރިކާ ރައްޔިތުންގެ ފަރާތުން ތާއީދު ލިބުނަސް، އަފްގާނިސްތާނުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމުގައި އެމެރިކާ ނާކާމިޔާބުވުމުން، ބައިނަލް އަގުވާމީ މުޖްތަމައުގައި އެމެރިކާ އަށް ކުރިމަތިވާ ފާޑުކިޔުންތައް އަންނަނީ އިތުރުވަމުންނެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 17%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާންޓްސީ

15 August 2021

އެމެރިކާގެ އިތުރު 5،000 ސިފައިން އަފްގާނިސްތާނަށް ދިޔަ ނަމަވެސް ދެން ތާލިބާނުން ނުހުއްޓުވޭނެއޭ އެމެރިކާ ތިޔާ އޮތީ ބަލި ގަންނުވާލާފައޭ ރަޝިއާ ސިފައިންނާއި ދެކޮޅަށް އެމެރިކާ އިން ދިން ހަމަލާއިން ރަޝިއާ ބަލި ކުރި ގޮތަށް މިހާރު ތިޔާ އޮތީ އެމެރިކާ ބަލި ގަންނުވާލާ ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ޖަނގިޔާޒް ދަ ބޭލެނިންގް ވަނީއޭ އިޒްރޭލު އެވަނީ ހަމާސް އަތުން ބަލިވެފައޭ ނައު ވެއަރ އާރ ޔޫ ޕެންޓަގަން ޔޫއާރ ސޯފާރ އަވޭ ފްރޮމް ވިނިންގް ދޯ ސޯފާރ އައިޖަސްޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454