ޓީވީ ޕްރެޒެންޓަރު އަހުމަދު އަނޫޝް، އެމްއެންޕީ އަށް މިއަދު ސޮއިކުރައްވައި އޭނާގެ ފޯމު ނާޒިމްއާ ހަވާލު ކުރައްވަނީ.---ފޮޓޯ: އެމްއެންޕީ
15 އޯގަސްޓް 2021 - 12:25
ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާނީ 5،000 މީހުންގެ ސޮޔާއެކު ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އެ ޕާޓީގެ ފައުންޑިން މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމާއެކު ސިޔާސީ ކަންކަމުގައި މަސައްކަތް ކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު ރިޔާޒް އެހެން ވިދާޅުވިއިރު، އޭނާ ވަނީ މި މަހުގެ 5-12 އަށް ތ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގައި ކުރެއްވި ކެމްޕެއިންގައި 11 ރަށަކުން 500 އަށް ވުރެ ގިނަ މީހުންގެ ސޮއި އެމްއެންޕީ އަށް ހޯއްދަވައި ދެއްވައިފަ އެވެ. އެ ފޯމުތައް މިއަދު ވަނީ ނާޒިމްއާ ހަވާލުކޮށްފަ އެވެ.
ރިޔާޒް "މިހާރު" އަށް ވިދާޅުވީ، އެމްއެންޕީއާ ގުޅުމަށްޓަކައި މިހާރު ވެސް 20،000 ފޯމު އެކި ފަރާތްތަކުން ގެންގޮސްފައިވާ ކަމަށެވެ. އަދި ޕާޓީ ރަޖިސްޓަރީ ކުރަން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އީސީ އަށް ހުށަހަޅާއިރު 5،000 މީހުންގެ ސޮއި ހަމަކުރުމަކީ އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް އިސްވެ އުފައްދާ ސިޔާސީ ޕާޓީ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި އޭނާ އާއި އެ ޕާޓީގެ ބައެއް އިސްވެރިން މިިދިޔަ ޖުލައި 26 ގައި މީޑިއާއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު
"އެކި ރަށްރަށަށް ފޯކަލް ޕޮއިންޓުން ކަނޑައަޅައި، އެ މީހުންގެ އެހީތެރިކަމާއެކު ޕާޓީ އަށް މެމްބަރުން ހޯދުން ވަރަށް ބާރަށް ކުރިއަށް އެބަގެންދޭ. ހަމައެކަނި ތ. އަތޮޅެއް ނޫން. ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މި ޕާޓީ އަށް ވަންނަން އެބަ ފޯމު ހުށަހަޅާ،" ރިޔާޒް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުން އެމްއެންޕީ އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ޖުލައި މަހުގެ 15 ގަ އެވެ. ގާނޫނު ބުނާ ގޮތުން ހުއްދަ ދޭ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި މަދުވެގެން 3،000 މީހުންގެ ސޮޔާއެކު އެ ޕާޓީއެއް ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅަން ޖެހެ އެވެ.
ރިޔާޒް ވިދާޅުވީ، މިހާތަނަށް ކުރި މަސައްކަތްތަކަށް ބަލާއިރު، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ކާމިޔާބު ޕާޓީއަކަށް ވާނެ. އެ އަޒުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
އެމްއެންޕީ އުފެއްދުމުގެ މަސައްކަތުގައި އިސްވެ މަސައްކަތް ކުރައްވަނީ ނާޒިމާއި ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އަދި މިހާރު ވެސް މަޖިލީހުގެ ފަސް މެމްބަރަކު އެ ޕާޓީގައި އެބަތިއްބެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާޙީ ބަދަލަކަށް.
15 August 2021
މިފަހަރު އިސްލާހީ ބަދަލަކަށް 2023 ގައި އަހަރުމެން ބޭނުންވަނީ ޕްރޮފެސަރ ހަސަން އުގައިލު. ތިޔަ އުފައްދާން އުލޭ ޕާޓީގައި ދިވެހި ރައްޔިތުން ވެރިކަންދޭނެ ވަރުގެ ބަޔަކު ނެތް.
ގަރުބަޗޯވް
15 August 2021
ދީންވެރި ސިޔާސީ ލީޑަރުން މިގައުމަށް މިހާރު ބޭނުންވަނީ
ކުޗީ
15 August 2021
އެއްވެސް ސަރުތަކާ ނުލާ އެންމެންގެ ވޯޓް ނާޒިމަށް. ވިޔަފާރި ޕާޓީ ތަކަކީ އެންމެ ފައިދާ ނަގާ ޕާޓީތަށް.
މުހަންމަ
15 August 2021
ނާޒިމް އަކީ ކޭބަބްލް ބޭފޫލެއް. ކަން ކުރަން ދެނެވަޑައިގަންނަވާ ބޭފުޅެއް.
ބަލާތި
15 August 2021
ދެން ފެންނާނީ އަފްއާނިސްތާނުގައި އެމެރިކާ ފުނޑުނު ގޮތަށް އެމްޑީޕީ ފުނޑު ފުނޑު ވެފައި އޮތްވައޭ ތަމެން ބަލަން ތިބޭތި އެކަމަށް ތައްޔާރުވާ ސިޔާސީ ޕާރޓީ އެކޭ މީ ތަމެން ތިބޭތި ދެން ތިބޭތި...
ޔާރާ
15 August 2021
ތިޕާޓީގެ އެއްބާނީ ކަމަށްވާ ރިޔާޒް ދީނީ އިލްމްވެރިޔާ އަފްރާޝީމް އަވަހާރަކޮށްލި ގޮތާ ބެހޭގޮތުން މީޑިއާއަށް ވަރަށްމުހިންމު ބަސްދީގަތުމެއްދޭނެ ވާހަކަ ވިދާޅުވި. އެވާހަކަ ބުނާނެ ދުވަހެއްގެ އިންތިޒާރުގަ މިއިނީ!
ވަކުންޖު!
15 August 2021
ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ޕާޓީ ހަދަންވެއްޖެއްޔާ ދެން ކިހިނެއްވާނީ. އެހެންވީމައޭ، މުޅިދުނިޔޭންވެސް އެންމެ ވަރިގިނަ ގައުމުތަކުތެރޭ މިގައުމުވަނީ. ދެބަސްވުން އުފެދޭ ކޮންމެ ފަހަރަކު ވަރި، ދެން ދުއްވައިގަންނާނީ އެހެން ކުއްޖެއްގެ ފަހަތުން.
އަސްތާ
15 August 2021
ޚިޔާލްތަފާތުވުމެއްނޫން، މައްސަލަތަށް ކޯޓަށް ވައްދަފާނެތީ. ދެން ބުނެވޭނެނު ސިޔާސީ ކަމެކޭ.
އެސެންޝިއަލް އަހައްމަދާ
15 August 2021
ބަރުލަމާނީ ނިޒާމު ގެނެސްދާނެކަމަށް ހީކޮށް ތެޅިފޮޅެނީދޯ. ދިވެހިން ނޫޅޭ މޮޔަވެގެން ތިހެން ޕާޓީއެއް ހެދިއަސް އަދި ނުވާނެ. ކޮބައިތޯ ތިބޭފުޅުން ދިވެހިންނަށް ވިއްކަންއޮތް ފިކުރަކީ!
ޗޮސްބެ
15 August 2021
އަފްރަސީމް މަރުގެ ހަގީގަތް.
އާމިނާދީ
15 August 2021
ކޮންމެ ފޯމަކަށް 200ރ ދީީގެން ސޮއި ހޯދަނީ. ފައިސާ ދީގެން ނިކަމެތިން ޕާޓީއަށް ވެއްދުމާއި، ކޮރަޕްޝަންގެ އަދަވަޅަށް ނިކަމެތިން ވައްޓާލުމުގެ ސަގާފަތް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި އޮންނަ ވަރަށް ދެރަކަމެއް. ބައެއް ފަހަރަ ނިކަމެތި ރައްޔިތު މީހާއަށް ވަރަށް ބޮޑަށް އެބަ މަޖްބޫރުވޭ ހިތާ ދެކޮޅަށް ވެސް ތިމާ ނުރުހުނަސް ލާރީގެ ބޭނުމުގައި ޕާޓީތަކަށް ސޮއިކުރަން. މިކަން ހުއްޓުވަން އެބަޖެހޭ. އެ ހަގީގީ މިނިވަންކަން ރައްޔިތުންނަށް ލިބެންޖެހޭ.
ކާސިމް އިބްރާހިމް
15 August 2021
އެއީ ހުރިހާ ޕާޓީ އަކުން ވެސް ކަން ކުރާ ގޮތް. އަދީބު ޕާޓީ ހެދީ ކޮން ސިޔާސަތެއް ވިއްކާފަ؟ ފައިސާ ނެތް ބަޔަކަށް ސިޔާސީ ޕާޓީ އެއް ނެހެދޭނެ މިހާރު.
ބައިރޯ
15 August 2021
ކޮންމެ މީހަކަށް ޕާޓީއަކާ ރައީސްކަމެއް ހަދަންވީ