ޗިކިން ރެސްޓޯރަންޓު. މާލޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން މީގެ ކުރިންވެސް ހުލުވާ ގަޑިތަކުގައި ހުޅުވައިގެން ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަދީފި --- ފައިލް ފޮޓޯ: މިހާރު
16 އޯގަސްޓް 2021 - 21:47
މާލޭގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން މީގެ ކުރިން ވެސް ހުލުވާ ގަޑިތަކުގައި ހުޅުވައިގެން ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަދީފި އެވެ.
އެ މިނިސްޓްރީން ބުނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާ އެކު، ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަނެއް ވެސް އާންމުކޮށް ހުޅުވާ ގަޑި ކަމަށްވާ ފަތިހު 4 އިން މެންދަމު 1 އަށް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު މިދިޔަ މޭ މަހުގެ ފަހުކޮޅުން ފެށިގެން ރަނގަޅުވާން ފެށުމުން އެޗްޕީއޭ އިން ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލައި، އާންމުންނަށް ބޮޑެތި ލުއިތައް ދީފަ އެވެ. އޭގެ ތެރޭގައި މާލޭގެ ކާފިއު އުވާލުމާއި، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ތެރޭގައި ތިބެގެން ކެއުމުގެ ހުއްދަ އާއި ދަތުރުފަތުރު ކުރުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.
މިގޮތުން މިދިޔަ މަހުގެ ކުރީކޮޅު އެޗްޕީއޭ އިން ދިން ލުއިތަކާ އެކު، ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތަކުން އާންމުންނަށް ހުޅުވާލައިގެން ފަތިހު 4 އިން ރޭގަނޑު 10:30 އަށް ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައި ވާއިރު، 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދިނުމަށް ވަނީ ހުއްދަ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ.
16 August 2021
ކެފޭ ރެސްޓޮރާންޓާއި ކާބޯތަކެތީގެ ހިދުމަތްދޭތަންތަން ރޭގަނޑު 12:00 އަށް ބަދަލު ކުރާންވީ. # އަދި މިވަގުތު ކެފޭތަކަށް ދަންވަރު 1:00 އަށް ހުޅުވަން ހުއްދަދިން ކަމުގައިވިޔަސް އާންމު ވިޔަފާރިތަށް ނުވަތަ ފިހާރަ ހުޅުވޭނެ ގަނޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 9:00 އަށް ނުވަތަ ލަސްވެގެން 10:00 އަށް ކަމުގައި ކަޑައެޅުން ރަނގަޅު. # އަދި މަހަކު 1 ލައްކަ ރުފިޔާގެ ޓެކްސް ދައުލަތަށް ދައްކާ ފިހާރަތަކަށް 24 ގަނޑިއިރަށް ހުއްދަދޭންވީ. އޭރުން ގިނަކަންކަން ހައްލުވާނެ.
އުސާމަތު.
17 August 2021
ރޭގަނޑު 10:00 ގައި މިދޭތެރެއަކުން އަޅުގަނޑު މަސައްކަޔް ކުރާ ފިހާރަ ބަންދުކުރި. އެކަމަކު މިހާރު އަނެއްކާވެސް 11 އަށް ބަދަލު ޖުރީމާ ތަން ސާފުކޮށްފައި ގެއަށް ދެވެނީ 12 ޖަހާ ފަހުން. ވަރަށް ބުރަކޮށް އުޅެން ޖެހެނީ. ޕްލީޒް ރޭގަނޑު ބަންދު ކުރާ ގަޑިއަކީ އެގާރަ ކަމުގައި ހަމަޖައްސާދީ.
ދިސްވޭ އަފީފް
17 August 2021
މާލެއޭ ބުނެފިއްޔާ މިކަލޭގެޔަށް މިހިރަވާގޮތެއްތާ ދޯ. ތިހިރީ ހަމަރަނގަޅަށްވެސް މާލެމޮޔަވެފާ. ބަލަ މާލޭގެ ކަންކަމާމެދު އައްޑުއަތޮޅުގައި އެއްޖޯލިން އަނެއް ޖޯއްޔަށް ދުވާމީހަކު ހާސްވާކަށް ނުޖެހެޔޭ. އައްޑުއަށް ކަމެއް ކޮށްދެވޭތޯ ބަލާބަލަ ހުރިހާ ކަމެއް ހުއްޓާލާފައި.