ރައީސް ސްޓޭ މިކާޑޯއަށް ވަޑައިގަންނަވައި ރިޔާޒާ ބައްދަލު ކުރައްވަނީ-- ފޮޓޯ: އަބްދުﷲ ރިޔާޒު ޓްވިޓާ
18 އޯގަސްޓް 2021 - 14:58
ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އޭނާގެ އުފަން ރަށް ތ. ތިމަރަފުށީގައި އިމާރާތްކުރި ގެސްޓު ހައުސްގެ ފުރަތަމަ މެހެމާނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެއީ ލިބިޑައިގަތް ފަޚުރެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ރައީސް ތ. އަތޮޅަށް ކުރައްވަމުން އަންނަ ތިން ދުވަހުގެ ދަތުރުފުޅުގައި، ރިޔާޒުގެ ގެސްޓ ހައުސް ސްޓޭ މިކާޑޯގައި މަޑުކުރެއްވީ ރެ އެވެ. ރިޔާޒު ވިދާޅުވީ އެ ގެސްޓު ހައުސްގައި ރައީސް މަޑުކުރެއްވުމަކީ އެތަނުގައި މަސައްކަތް ކުރާ އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"މަސައްކަތް ނިމެން ކައިރިވެފައި އޮއްވާ ރައީސްގެ ދަތުރުފުޅުގައި އެތަނުގައި ހުންނަވަން ރައީސް އޮފީހުން ރިކުއެސްޓު ކުރީ. އެންމެ ފުރަތަމަ މެހެމާނަކަށް ރައީސް ވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. މުޅި ޓީމަށް ވެސް ލިބުނު ހިތްވަރެއް،" ރިޔާޒު ވިދާޅުވި އެވެ.
The Stay Mikado is pleased to host HEP @ibusolih as our first guest, during his visit to Thimarafushi on 17/18 August 2021. We are grateful for the trust placed in our team. pic.twitter.com/KJJ3eJGJPj
— Abdulla Riyaz MP (@riyazabdulla) August 18, 2021
ރައީސްއަށް މަރުހަބާ ވިދާޅުވެ ރިޔާޒު ކުރެއްވި ޓްވީޓް--
ތިމަރަފުށީގައި ހުންނަވައި ރިޔާޒު ވިދާޅުވީ އަށެއްކަ މިލިއަން ރުފިޔާ ހޭދަވެފައިވާ 12 ކޮޓަރީގެ އެ ގެސްޓް ހައުސްއަކީ ޒަމާނީ ފެންވަރަށް އަމިއްލަ ގޯތީގައި ތިން ބުރި އަށް ހަދާފައިވާ ތަނެއް ކަމަށެވެ.
މިކާޑޯ އަކީ ތިމަރަފުއްޓާ ކައިރީގައި އޮންނަ ސާފިން ޕޮއިންޓަކަށް ކިޔާ ނަމަކެވެ. އެހެންކަމުން ގެސްޓު ހައުސް އަށް ނަން ދީފައިވަނީ އެތަނާ ގުޅުވައިގެން ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެ ގެސްޓު ހައުސް މިހާރު ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ތިމަރަފުއްޓަކީ އެ އަތޮޅުގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށަކަށްވި ނަމަވެސް އެކަށީގެންވާ ވަރަށް ޓޫރިސްޓުން ޒިޔާރަތެއް ނުކުރެ އެވެ. މިކަން ބަދަލުކޮށް އެ ރަށުގެ ޓޫރިޒަމް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަސްލު އެކަށީގެންވާ ވަރަށް ޓޫރިސްޓުން ނާދޭ. އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް މި ރަށުގެ ޓޫރިޒަމް ރަނގަޅު ކުރުމަކީ. އަދި ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް އަޅުގަނޑު މިދަނީ ކުރަމުން،" ރިޔާޒު ވިދާޅުވި އެވެ.
މިއީ ތިމަރަފުށީގައި ހުޅުވި ދެވަނަ ގެސްޓު ހައުސް އެވެ.
ތ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް ރޭ ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވި އިރު ވެސް ރިޔާޒު ބައިވެރިވެ ވަޑައިގަތެވެ. ރިޔާޒް މިހާރު ގެންދަވަނީ ޖޭޕީން ވަކިވެ ވަޑައިގެން، ދަނގެތީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމާ ގުޅިވަޑައިގެން އެމްއެންޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓޯކްސް
19 August 2021
ޕާޓީ ޓޯކްސްވެސް ނިންމާލައިގެން ދެން ނިކުމެވޭނީ.
އިންވެސްޓިގޭޓަރ
19 August 2021
އަމިއްލަ ގެސްޓް ހައުސް ނިންމާލީ ފުލުހުންގެ ތިންސަތޭކަ އާއިލާ އަދިވެސް އެތިބީ ފްލެޓްތައް ނުނިމިގެން ނުވަދެވިފަ މިމީހުންގެ ނަޒާހައްތެރިކަން މިއޮތީ އަމިއްލަ އެދުމާއި ގުޅިފަ
ދޮން މަނިކު
19 August 2021
ރިޔާޒަށް މިކުރެވުނީ ބޮޑު ކޮރަޕްޝަނެއް ކަމެއްވެސް ނޭގުނު. އާދައިގެ ރައްޔިތެއްގެ ގެސްޓްހައުސް އެއްގެ ފުރަތަމަ ކަސްޓަމަރަކަށް ރައީސް ވެވަޑައިގެން ނެވުނު ނަމަ އަޅުގަނޑުވެސް ވަރަށް އުފާވީސް. އެކަމަކު މިކަމަކީ ތިމާގެ ވަޒީފާގެ ބާރުން ހޯދި ޝަރަފެއް. ވަރަށް ހަޑި
ޙިނި
19 August 2021
ޢަމިއްލަ ވިޔަފާރި ކުރިއެރުވޭތޯ އަދިވެސް ތިއުޅެނީ، ރައްޔިތުންނައް ކޮންކަމެއްތަ ކޮއްދިނީ؟
ބަބޫ
19 August 2021
ކިހަަވަރަކަށް
ދެރަ
19 August 2021
މެމްބަރުކަމުގެ ޕެކެޖް. ފަޅު ފަރު ފަޅުރަށް ހިމެނޭނެ.
އެމެރިކާ
18 August 2021
މިމީހުންގެ ޤައުމީ ފިކުރެއް ނުހުންނާނެ ދެނެ. ކޮރަޕްޓުޝަންގަ ޖެހުނީމަ
މިލިއަން
18 August 2021
ރިޔާޒު 8 މިލިއަން ނެރުނީ ކޮންތާކުން؟
ކުރުކޮށް
18 August 2021
އިބްރާހީމް މި ހަދަނީ ކިހިނެތްބާ
ބިރަދަރު
18 August 2021
ސީދާ ކޮރަޕްޝަން. ރައީސްގެ ރަސްމީ ދަތުރެއްގައި، ރިޔާޒުގެ ގެސްޓުހައުސް ޕްރޮމޯޓު ކުރަން ދައުލަތުގެ ވަސީލަތްތައް މި ބޭނުންކުރަނީ. ރައީސް ހުންނަވަން ޖެހޭނީ ސަރުކާރުގެ ރަސްމީ ގެކޮޅުގައި. އޭސީސީން މި މައްސަލަ އެކަމަކު ނުބަލާނެ.