ވިލިމާލެ ސަރަހައްދު މަތިން ނަގާފައިވާ ފޮޓޯއެއް.--
24 އޯގަސްޓް 2021 - 15:21
އުމްރާނީ ގޮތުން މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއު، ވިލިމާލެ ބްރިޖު އެޅުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހު ސޮއިކުރަން ނިންމައިފި އެވެ.
މާލެ-ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލައި، "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ކުރިއަށް ގެންދަން އިންޑިއާގެ އެފޮކޮންސް އިންފްރަސްޓްރަކްޗާ ކުންފުންޏާއެކު ސަރުކާރުން ދިވެހި ސޮއިކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ހޮޓެލް ޖެންގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ. އެ ހަފުލާގައި ދިވެހި ސަރުކާރާއި އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މީގެ 62 އަހަރު ކުރިން އުފެއްދި އެފްކޮން ކުންފުންޏަކީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ވެސް ހަވާލުކުރި ކުންފުންޏެވެ. އެއީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.
ވިލިމާލޭގެ ބްރިޖު އަޅަނީ އިންޑިއާގެ މާލީ އެހީގައި ކަމަށް ވާތީ އެ މަޝްރޫއަށް ކުރިމަތިލެވެނީ އިންޑިއާގެ ކުންފުނިތަކަށް އެކަންޏެވެ. އެހެންވެ، މަޝްރޫއު ހިންގަން ކުރިމަތިލުމަށް ހުޅުވައިލީ އިންޑިއާގެ އެގްޒިމް ބޭންކުން ޕްރީކޮލިފައިވާ ކުންފުނިތަކަށެވެ. އޭގެ ތެރެއިން މަޝްރޫއު ކާމިޔާބުކުރީ އެފްކޮން އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މި ބްރިޖްގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމޭނެ އެވެ.
އެފްކޮންސްގެ ވެބްސައިޓުގައިވާ ގޮތުން އެއީ އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތީގެ 22 ގައުމެއްގައި އެކި މަޝްރޫއުތައް ހިންގާ ބައެކެވެ. މެރިން އަދި ބަނދަރު ފެސިލިޓީތަކާ ގުޅޭ މަސައްކަތްތަކުގައި ދުނިޔެ އިން ހަތް ވަނަ އަދި ބްރިޖުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެ ކުންފުނި ހިމެނިފައިވަނީ 13 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ ހުސެން
25 August 2021
ސޮއި ކޮއްފަ، މަސައްކަތް ނުފަށާ، އަތުލީމަ ބަދަލް ހޯދަން. މިހުރިހާ ކަމެއް ނިމޭ އިރު ވެރިންގެ ކަޓު ލިބިފަ ހުންނާނީ! ހަރުދަނާ އެގްރިމެންޓެއް ނަހަދައްޗޭ ނަމަ ނަމަ!
ހުސެންދީ
25 August 2021
މީ ކިތަށް ފަހަރަށް ސޮއެ ކުރާންޖެހޭ މަޝްރޫއެއްތަ؟
ދިވެހިންގެ ބަސް
25 August 2021
އިންޑިޔާއިން 250 މިލިޔަން ޑޮލަރު ދީފަ 1 އަހަރުފަހުން އެ ލޯނު އިންޑިޔާއަ އަބުރާދީފަ ބްރިޖު އެޅޭތޯބަލަނީ.
ތަފްސީލު
24 August 2021
400 މިލިއަން ޑޮލަރުގެ ލޯނުގެ އިންޓަރެސްޓަށް އަރަނީ އަނެއްކާ ކިހާ ވަރެއްބާ؟
ރާއްޖެ
24 August 2021
ދަރާ ވިކި ހުސްވެ މިނިވަންކަން ގެއްލި އަޅުވެތިވެ ނިމިއްޖެ.
އޮނަރަބްލް އަފީފު ދީދީ
24 August 2021
ހަމައެކަނި ކ.އަތޮޅު މާލޭގެ ބިންވެރިންގެ މަސްލަޙަތަށްޓަކާ އެރަށުމީހުން ކުނިއުކާލަންއޮތް ގޮނޑަށް ދިއުމަށް 800މ ޑޮލަރުގެ ބްރިޖެއް އެޅުމަށް ސަރުކާރުން ބޭނުންވިކަމުގައިވިޔަސް މިއީ "މުޅި ދައުލަތް ބަޤުރޫޓުވެދާނެފަދަ ދަރަންޏެއް ކަމުގައިވާތީ" ޤާނޫނުހަދާ މަޖިލީހުން މިކަމް ހުއްޓާލަން ސަރުކާރަށް އަމުރުކުރާންޖެހޭ. # ބައިނަލްއަޤުވާމީ ޓްރާންސިޓް ސީޕޯޓެއް ހަދާނަމަ ހަދާންވާނީ އެފުރުސަތުއޮތް ތަނެއްގައި. އެއީ ކ.އަތޮޅު ނޫންކަން ނޭގޭ ދިވެއްސަކު ނެތް. ތިކަން ހުއްޓުވާ.
ބަލަންވީނު
24 August 2021
ކޮންކޮން އަތޮޅެއްގެ ކިތައް ހާސް މީހުންތޯ މިހާރު މާލެ،ހުޅުމާލެ،ވިލިނގިލީގަ މާލެ މީހުންނަށްވުރެ ގިނައިން އުޅެނީ މިހާރު ބަލަންވެއްޖެނޫންތަ.
ދަރަނި ދަންތުރަ
24 August 2021
މިހާރު ބުރިޖު އަޅާނިމިއްޖެ ދެން ކީއްކުރަން ސޮއިކުރަނީ
އޮނަރަބްލް އަފީފު ދީދީ
24 August 2021
ޤާނޫނުހަދާ މަޖިލީހުގެ ގިނަ ގޮނޑިތަކުގައި ތިއްބެވިބޭފުޅުން ތަމްސީލުކުރާ ދާއިރާތަކުގެ ބޮޑު އާބާދީއަކަށް ޤާނޫނުއަސާސީ ލާޒިމްކުރާ ސާފުބޯފެނާއި ނަރުދަމާގެހިދުމަތްނުދީ، އަދި އަމުދުން ލާމަރުކަޒީ ޤާނޫނުގެ އެންމެހާ ނުކުތާތަކާއި ދިމާއިދިކޮޅަށް ފުށުއަރާގޮތަށް ދައުލަތުގެ ޙަޒާނާ މިގޮތަށް ވަކިރަށެއްގެ ބިންވެރިންގެ މަސްލަޙަތަށްޓަކާ ހޭދަކުރުމަށާއި ކުރިންވެސްގެންގުޅުނު "އެއްރަށްދައުލަތް ސިޔާސަތު ދަމަހައްޓާން" ރުހި ޤަބޫލުވެ ތިބުމަކީ އެބޭފުޅުނަށް ހުއްދަ ކަމެއްނޫން.
އިބޫން
24 August 2021
ތިބުނާ ރަށްތައް ކަމުނުދާތީ އެންމެން މާލެ އަންނާތީނު މިއުޅެނީ.
ކޮރަލް
24 August 2021
ދައުލަތުގެ ދަރަނި މިހާރުވެސް ވ ބޮޑެތި ތިޔަ ބްރިޖް އާއެކު ވ ބޮޑަށް އިތުރު ވާނެ އެވެ. މިކަމުން ސަލާމަތް ވާން ދިވެހީންގެ ދިރިއުޅުން ރާއްޖެތެރެ އަށް ނޫނީ ރާއްޖެ އިން ބޭރަށް ބަދަލު ކުރަން ވީ އެވެ. ދަރަނި އަދާ ކުރަން އެކިނަމުގަ ޓެކްސް ތައް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ވިސްނާލާށޭ
24 August 2021
އިންޑިޔާ އަކީ ބްރިޖް ޕްރޮޖެކްޓް ގެ އެކުސްޕީރިއަންސް ހުރިބަޔެއްނޫން، ޗައިނާ ނޫނީ ޖަޕާނާ ހަވާލުކުރަންވީ