25 އޯގަސްޓް 2021 - 06:53
އެމެރިކާގެ އެންމެ ދިގު ފިރިހެނާގެ ރެކޯޑް އޮތް އީގޯ ވޮވްކިންސްކޯ ހުކުރު މަރުވެއްޖެ އެވެ.
އޭނާގެ އާއިލާއާ އިން އައިގޯގްގެ ފޭސްބުކް ޕޭޖްގައި ބުނީ 2010 ގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނު 38 އަހަރުގެ އީގޯ މަރުވީ ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް ހޮސްޕިޓަލްގައި ކަމަށެވެ. އޭނާ އަކީ ޔުކްރޭން ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ.
އީގޯ އާއިލާއާ އެކު އެމެރިކާގެ މިނެޒޯޓާ އަށް 1989 ގައި ދިރިއުޅުން ބަދަލުކުރީ ވެސް އޭނާ އަށް ދިމާވެފައި ހުރި ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ. އިސްކޮޅުގައި 7 ފޫޓް 8.33 އިންޗި (235 ސެންޓިމީޓަރު) ހުރި އީގޯ އަކީ ޕިޓިއުޓީ ޖައިޖޭންޓިޒަމްގެ ސަބަބުން އިސްކޮޅުން ދިގުވުމުގެ މައްސަލަ ދިމާވި މީހެކެވެ.
އުމުރުން 72 އަހަރުގައި، އެމެރިކާގެ އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް އޭނާ އަށް ލިބުމުގެ ކުރިން އެ ރެކޯޑް އޮތީ ވާޖިނިއާގެ ކުރީގެ ޑެޕިއުޓީ ޝެރިފެއް ކަމަށްވާ ޖޯޖް ބެލްގެ އަތުގަ އެވެ. އޭނާގެ އިސްކޮޅަކީ 7 ފޫޓް 8 އިންޗި (234 ސެންޓިމީޓަރު) އެވެ.
މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދިގު ފިރިހެނަކީ އިސްކޮޅުގައި 8 ފޫޓް 2.8 އިންޗި ހުންނަ ތުރުކީގެ ސުލްތާން ކޯސެން، 38، އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯ ހަލާކުދޯ
25 August 2021
ވަކި ހިސާބަކުން ވެއްޖެ އެންމެ ދުވަސްވީ މީހާއަށް، މަށަށް އޮޅިއްޖެ