ޚަބަރު / ވޭސްޓް މެނެޖްމެންޓް

ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިން އެންވަޔަރަމެންޓާ ހަވާލުކޮށްފި

ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިން އެންވަޔަމެންޓް މިނިސްޓަރު ތޯރިގާއި ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ބައްލަވާލައްވަނީ.-- ފޮޓޯ: އެންވަޔަމެންޓް މިނިސްޓްރީ

29 ނޮވެމްބަރ 2016 - 14:13

2 comments

މާލޭގެ ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިން އެންވަޔަރަމެންޓް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބިން އެންވަޔަރަމެންޓް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒެވެ. އެ ބިން ހަވާލުކުރިކަމުގެ ރަމްޒީ ލިޔުމުގައި ހަވާލުވެވަޑައިގަތީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި އިންޑަސްޓްރިއަލް ވިލެޖުން އެންމެ ބޮޑު ބިމެއް ހާއްސަކޮށްފައިވަނީ ކުނި ނައްތާލުމުގެ މަސައްކަތަށެވެ. މި ބިން އެންވަޔަރަމެންޓް މިނިސްޓްރީގެ ބެެލުމުގެ ދަށުން ތަރަައްގީކޮށް ނިމުމުން މާލޭގެ ކުނީގެ މައްސަލަ އަށް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުން ކުނި އުކާލައި މެނޭޖުކުރުމަށް އެތައް ފައިސާއެއް ކޮންމެ އަހަރަކު ހަރަދު ކުރޭ. ކުނީގެ ސަބަބުން ސްކޫލު ކުދިންނާއި މާލޭގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ވެސް ކުރިމަތިވޭ. މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސް [އަބްދުﷲ] ޔާމީން ނިންމެވީ ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތާރިގް ވިދާޅުވި ގޮތުގައި، އެ ބިމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް، ކުނި ޖަމާކުރާނެ ސެންޓަރެއް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ. އެ ސެންޓަރަށް ގެންނަ ކުނީގެ ބަރުދަން ބަލައި އެކި ބާވަތުގެ ކުނި ވަކިކުރުމަށް ފަހު ތިލަފުއްޓަށް ގެންގޮސް، ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުނި އުފުލަން ހާއްސަކޮށްފައިވާ އުޅަނދުފަހަރަށް މި ސަރަހައްދަށް ސީދާ ކައިރިކުރެވޭނެ،" ތޯރިގް ވިދާޅުވި އެވެ.

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ވެމްކޯއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބޮޑު މަޝްރޫއެއް ފަށާފައި ވާއިރު، ކުނި އުފުލާނެ 20 ޓްރައިސައިކަލް ހޯދަން ބަޔަކާ ހަވާލުކޮށް، ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މީގެ އިތުރުން، ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖުން 4.5 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އިންޑަސްޓްރިއަލް ވިލެޖު ނިމުމުން، މާލެ ތެރޭގައި ކުރާ ސިނާއީ ބައެއް މަސައްކަތްތައް އެ ސަރަހައްދަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ގުދަންތަކާއި ގަރާޖުތައް ފަދަ ތަންތަން ވެސް ހިމެނެ އެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރު

29 November 2016

ކުނި މެނޭޖުކުރަން އެންމެ ރަނގަޅީ ޔޫރަޕްގެ ސިސްޓަމް، އެހެންކަމުން ތިޔަ ތަން ރަނގަޅަށް ޑިޒައިންކޮށް ކުނިމެނޭޖުކުރުމުގެ ޕްލޭން ހަދާއިރު ވިސްނަންވާނެ މާލެ އަދި އިތުރު ދެގުނަ ބޮޑުވެގެންދާނެކަން، އެގޮތަށް ބަލާފައި ތަން ޑިޒައިންކުރަންޖެހޭނީ، އަދި ތިޔަކަމަށް ބޭނުންވާ މީހުން މިހާރުން ފެށިގެން ތަމްރީންކުރަންޖެހޭ ކުނިމެނޭޖުކުރުމަކީ ވަރަށް ދަތި އުނދަގޫ މަސައްކަތެއް، ފުރަތަމ ރައްޔިތުން ހޭލުންތެރިކުރަންޖެހޭ އަދި ސިސްޓަމެއް ގާއިމްކޮށް އެސިސްޓަމަށް ރައްޔިތުން ހާނަންޖެހޭ

The name is already taken The name is available. Register?

ޕްރޮމޯޓެޑް

29 November 2016

ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖް އިން ބިން ތިމާވެށި މިނިސްޓްރީ އަށް ދިނަސް އޭގައި މާ ބޮޑު މައްސަލަ އެއް ނެތެވެ. ތިއޮތީ އަނެއްކާ ލަންކާ ކުންފުނި ތަކަށް ފައިސާ ގަނޑެއް ދޭން ތިމާވެށި މިނިސްޓްރީ އާއި ވެމްކޯ އަށް ޕާރސްޕޯރޓެއް ލިބިފައެވެ. ދެން އާ އެެއްޗެހި ނަމުގައި ބާ ލޮރީ ތަކާއި އެއްޗެހި ގަންނަން ފެންނާނެ ލަންކާ ކުންފުނި ތަކާއި އެކު ވެމްކޯ އިން ޒާތް ޒާތުގެ ފޭކް ނަންނަން ކިޔާ ކުންފުނި ތަކަށް މިލިއަނުން ކޮންޓްރެކްޓްސް ތައް ދޭ ތަން. މިހާރު ހަދަނީ މާ ހެއްވާ އެއްޗެއް. ލަންކާ ކުންފުންނަކުން މިނިސްޓްރީގެ މަސައްކަތެއް ނަގާނީ ލަންކާ ކުންފުނި ފަހަތަށް މޯލްޑިވްސް ލިޔެގެން. އެކަމަކު އެކުންފުންނަކީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށް ފައި އޮންނަ ކުންފުންނެއް ނޫން ދޯ. ވަގަޔާ ވަގަޔާ ގޭމް ރަންރީނދުލޭ މެންގެ ޒަމާނުން ފެށިގެން އެންމެ ބޮޑަށް ކުޅޭ މިނިސްޓްރީ އަކީ މިއީ ދޯ. އަދި ވެސް އެކަން ދަނީ އިތުރަށް ޕްރޮމޯޓް ވަމުންނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454