ސަރުކާރުގެ އަމާޒަކީ އޮކްޓޯބަރު މަހުގެ ނިޔަލަށް، ތިލަފުށީގައި ކުނި އެންދުން ހުއްޓުވުމަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީކުރުން
ކ. ތިލަފުށި--
27 އޯގަސްޓް 2021 - 20:05
ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި ކުނި އެންދުން އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ހުއްޓުމަކަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ތިލަފުއްޓަށް ޒިޔާރާތް ކުރައްވައި އެތަނުގެ ހާލަތު މިނިސްޓަރު އިއްޔެ ބެއްލެވި އެވެ.
އެރަށުގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ގުޅިގެން ފަށާފައިވާ އެ މަސައްކަތާ ގުޅޭ ގޮތުން ޝައުނާ ވިދާޅުވީ ތިލަފުށީގެ ކުންޏާއި ދުމުގެ މައްސަލައަކީ އެތައް އަހަރެއްވެފައިވާ މައްސަލައެއް ކަމަށާއި ތިލަފުށީގެ ދުމަކީ މާލެ އާއި މާލެ ކައިރި ރަށްތަކުގެ ރައްޔިތުންނަށާއި ޓޫރިސްޓުންނަށް އޭގެ ސަބަބުން އެތައް އުނގުލެއްވަމުން ކުރިމަތިވާ މައްސަލައެއް ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ އޮކްޓޯބަރު މަހުގެ ނިޔަލަށް، ތިލަފުށީގައި ކުނި އެންދުން ހުއްޓުވުމަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީކުރުން،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ތިލަފުއްޓަށް ވަޑައިގެން އެ ރަށް ބައްލަވާލައްވަނީ-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
މި މަސައްކަތުގެ ދަށުން، މާލެ، ހުޅުމާލެ، އަދި، ވިލިމާލެ، ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ. އެ ސެންޓަރުތަކުން ތިލަފުއްޓަށް ކުނި ގެންދާއިރު، ކުނި ހުންނާނީ ކޮންޓެއިނަރައިޒް ކުރެވިފައި ކަމަށާއި، އެކަމުގެ ސަބަބުން، ކުނި މެނޭޖްކުރަން ފަސޭހަވެ، ކުނީގެ ވަސް ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ، ތިލަފުށީގައި މިހާރު ކުރިއަށްދާ މަޝްރޫއު ނިމޭއިރު، ތިލަފުއްޓަކީ މަސައްކަތްކުރެވޭ ވަރަށް ސާފު، ރައްކާތެރި ތަނަކަށްވާނެ ކަމަށެވެ. ކުނި ވަޅުލައިގެން ހިއްކާފައިވާ ތިލަފުއްޓަށް ވޭސްޓް މެނޭޖްމަންޓް އުސޫލުން މާލެއިން އެންމެ ފުރަތަމަ ކުނި ގެންދަން ފެށީ 1992 ވަނަ އަހަރު އެވެ.
ކުނި ވަކި ނުކޮށް، އެންދުމުގެ ސަބަބުން، މާލެ ސަރަހައްދުގައި ދުންބޯވެ، ތިމާވެއްޓަށް ގެއްލުންވެ އޭގެ އުނދަގޫތައް ދަނީ ކުރިމަތިވަމުންނެވެ. މިނިސްޓްރީން ބުނީ އެކަމަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ މިހާރު ވެސް ފެންނަމުން އަންނަ ކަމަށެވެ.
މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯ އާއި މިނިސްޓްރީ ގުޅިގެން ހިންގާ މަޝްރޫއު އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓއޓީ
28 August 2021
ގިރީން ޒޯނެއް ހަދަން މަ ތާއީދު ކުރަނީ، ބޭނުންވަނީ ބެރިކޭޑް ކޮޅަކާ، ޔުނީޕޯމް ލީ ކުދިން ކޮޅެއް.
އަންދާތީއޭ
28 August 2021
ޖަޕާނުގައި ކުނި އަންދަނީ ޔޫކޭ ގައި ކުނި އަންދަނީ ޔޫއެސް ގައި ކުނި އަންދަނީ ސިންގަޕޯރ ގައި ކުނި އަންދަނީ ބޭނުން ކުރަނީ އިންސިނިރޭޓަރސް މިތަނުން އެންމެ އަގު ބޮޑީ ސިންގަޕޯރ ގައި ކުނި އުކާލުމުގެ އަގު އެންމެ ބޮޑީ ސިންގަޕޯރ ގައި އެނޫން ހުރިހާ ގައުމު ތަކުގައި އެކަން ކުރަނީ ވަރަށް ކުޑަ އަގުގައޭ ސަބަބަކީ އެހެން ގައުމު ތަކުން ކުނި އަންދަން ބޭނުން ކުރާ އިންސިނިރޭޓަރސް ތަކަކީ ޓްރެޑިޝަނަލް މެތަޑް އަށް ހައިޓެމްޕް ބްލޮކްސް އިން ޗިމްނީ ހަދައިގެން އެތަނުގައި
ހެޑްލައިނަ
28 August 2021
ހެޑްލައިން ހަދަން ހާސަރުނުދަމާ ކޮއްފަ ދައްކާބަލަ، ދައުރުނިމެންދެން ތިހެން ގޮނޑި ހޫނުކުރަން ނީދެ
އުދުހޭ
28 August 2021
އެންމެ ހަރަދު ކުޑަކޮށް ކުނި ނައްތާލަން ދުނިޔޭގެ އެކި ގައުމުތަކުގައި ހަދާގޮތަކީ އެންދުމާ ވަޅުލުން. ޔޫރަޕުގައިވެސް ހަދަނީ މިހެން. އިންސިނެރޭޓްކުރުމަކީ ނިސްބަތުން ޚަރަދުބޮޑު ކަމެއް. އެހެންވެން ރިސޯޓްތަކުގައިވެސް ވަސީލަތް ހުރެ އެވަސީލަތް ބޭނުން ނުކުރަނީ. ތިލަފަޅު ބްރިޖް އަޅާނިމި ކުނި އެންދުން ހުއްޓޭ ހިސާބުން ކުނިއުކުން އަގުބޮޑުވާނެކަމީ ޝައްކެތް އޮތްކަމެއްނޫން.
ފައިސާޔޯ
29 August 2021
މުހިއްމީއަގެއްނޫނެވެ. ސިއްހަތާއިތިމާވެށިދެކެ މާބޮޑަށްވެސްލޯބިވާންވީ
ނަރުދަމާ
28 August 2021
ކުނިއެންދުން ހުއްޓާލާފަ އެންމެފުރަތަމަ ކުރަންވީ ކަމަކީ އެންމެއަސާސީ ހިދުމަތް ނަރުދަމާ ނިޒާމް ގާއިމްކޮއްދޭންވީ! ދެއަހަރުން އެއްއަހަރު ބިމުކުލި ބޮޑުކުރާވަރަކަށް އަސާސީހިދުމަތް ގާއިމްކޮށްދީބަލަ!
ޑރ. ޝައުނާ
27 August 2021
ތިލަފުއްޓަށް ގެނެވޭއިރު ކުނި ހުންނާނީ ކޮންޓެއިނަރައިޒް ކުރެވިފަ ކަމަށް. ކޮބާތޯ ވާން މިއުޅޭ ގޮތަކީ އަސްލު؟ ތިލަފުށީގައި ކުނި ނާންދާ ތިލފުށި ބިން ފެހިކޮށްލަނީ. ދެން އެހެންވިއްޔާ ގެންދާ ކުނިތައް ޖަމާކޮށްފަ ބަހައްޓަނީތޯ؟ އެހެން ބަހައްޓަން ވެއްޖެއްޔާ ދުވަސްކޮޅަކުން ތިލަފުށި ފުރި މުޅި ރަށުގަ ހުންނާނީ ހުސް ކޮންޓެއިނަރައިޒް ކޮށްފަ ހުންނަ ކުނި ނޫންތޯ؟
ބަރުބާދު
27 August 2021
މޮޅެތިހެޑިން ހަދަން މިސަރުކާރު ވަރައް މޮޅުވާނެ. ދެން ތިޔައީ މިސަރުކާރުގެ ކޮންމެސް ބޮޑަކައްދޭން ރަނގަޅު ކޮންޓްރެކްޓެއް، ތިލަފުށީ ގޮނޑުގަ ފެހިކުލައިގެ ދަވާދުލުން. އެނޫންގޮތަކައް ތިތަން ފެހިކުރުމަކީ މިސަރުކާރައް ކުރެވޭނެކަމެއްނޫން ބެޓްކޮއްފަ މިބުނީ.
ޕާކޭ
28 August 2021
އެބުނީނު ކޮންޓެއިނަރައިޒް ކުރަނީއޭ. ދެން އޭގެ ކޮންމެ އެއްޗެއްގެ ބޭރުގަ ފެހި ދަވާދުލީމަ އެ ފެހި ވީނު..
ސަނީ ސައިޑް އޮފް ލައިސް
27 August 2021
މޮޅެތި ވާހަކަދެއްކުން ނޫންކަމެއް އަދި ނުކުރޭ
ުކުދުބެއްޔާ
27 August 2021
ޒަމާނީ ވަސީލަތްތައް ބޭނުންކޮންގެން އެގާރަވަނަ ޖެނެރޭޝަންގެ ލެޕްޓޮޕެއް ދެދުވަހު ހަމަޔަށް ހުޅުވާނުލެވިގެން އުޅޭއިރު ތިބުނާގޮތައް ކުނި ނައްތާލެވޭނެ ދުވަހެއް ފެނިދާނެބާ!!!!
ޒަމާން
28 August 2021
މިޒަމާނުގައި ލިބޭނީ ޒަމާނީ ވަސީލަތް. 1900 ގެ ވަސީލަތް ހޯދަން އުނދަގޫވާނެ.