މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި ކޮންޓެއިނަރަކުން ޕިކަޕަކަށް މުދާ އަރުވާފައި: ބަނދަރު ކުލި މިހާރު ވަނީ ބޮޑު ކޮށްފައި. --ފޮޓޯ: އަލީ ނިޝާން /މިހާރު
29 ނޮވެމްބަރ 2016 - 14:22
ރާއްޖޭގެ ކަނޑުގެ ބަނދަރަކަށް ވަންނަ ކޮންމެ އުޅަނދަކުން ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ މިންވަރު ބޮޑު ކުރަން، ބަނދަރު ކުލި ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދުން ފެށިގެން ބަނދަރު ކުލި ބޮޑުވީ އެވެ.
މި ބިލު ރައީސް ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެން ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އަދި ގެޒެޓުގައި ޝާއިއުކުރުމުން މި ގާނޫނަށް އަމަލު ކުރަން ފަށާނެ އެވެ.
މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.
ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އަޒްހާން ވިދާޅުވީ، ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ ކުއްޔަކީ މީގެ 38 އަހަރު ކުރިން ކަނޑައަޅާފައި އޮތް އަދަދަަކަށް ވާތީ މިއީ މުދަލާއި ތަކެއްޗަށް އައިސްފައިވާ ބަދަލަށް ބަލާއިރު، އެކަށީގެން ނުވާ ކުއްޔެއް ކަމަށެވެ.
- 200 ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 200ރ.
- 200 ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ އުޅަނދަކުން 300ރ.
- 1000 ޓަނުން ފެށިގެން 2000 ޓަނު ހަމަނުވާ އުޅަނދަކުން 400ރ.
- 2000 ގްރޮސް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 500ރ.
- 2000 ގްރޮސް ޓަނުން ފެށިގެން އިތުރުވާ ކޮންމެ 500 ޓަނަކަށް 250ރ.
- 100 ނެޓް ރެޖިސްޓާޑް ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 50ރ.
- 100 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 500 ޓަނު ހަމަނުވާ އުޅަނދަކުން 200ރ.
- 500 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 300ރ.
- 1000 ނެޓް ރެޖިސްޓާޑް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 400ރ.
- 1000 ނެޓް ރެޖިސްޓާޑް ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ޓަނެއް ހަމަވަންދެން 200ރ.
ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، ބަނދަރުގައި އޮންނަތާ އެއް ހަފުތާ އާއި 45 ދުވަހާ ދެމެދު ކޮންމެ ދުވަހަކަށް 65 ރ. ނަގާނެ އެވެ. އޭގެ އިތުރުން 46 ދުވަހުން ފެށިގެން 90 ދުވަހާ ހަމަ އަށް ދުވާލަކަށް 100ރ. ނަގާނެ އެވެ. ނަމަވެސް 91 ދުވަހުން ފެށިގެން އިތުރުވާ ކޮންމެ ދުވަހަކަށް ނަގަމުން އަންނަ 150ރ. އަށް ބަދަލެއް ނާންނާނެ އެވެ. އަދި ރެޖިސްޓްރީ ކޮށްގެން ދުއްވާ 1000 ގްރޮސް ޓަނު ހަމަ ނުވާ ބޯޓު ފަހަރުން ބަނދަރު ކުލިި ނުނަގާނެ އެވެ.
މީގެ އިތުރުން ތިން މަސް ދުވަސް ހަމަވުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ކުލި ދައްކަން ޖެހޭނެ އެވެ. އަދި ރާއްޖޭގެ ބަނދަރަކުން ބޯޓެއް ފުރައިގެން ދާން ވާނީ ކުއްޔެއް ދައްކަން ޖެހޭނަމަ، އެ ދައްކައި ނިންމުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރަފި
30 November 2016
ރައީސް މީހާ ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި މިކުޅެލަނީ ޢާންމު ރައްޔިތުންނާއި ސީދާ ގުޅިފަ ހުންނަ އަގުތަކާ! ކާޑުގެ ބާވަތްތަކުން ވެސް އެއްފަހަރާ އެ ބޮޑުކޮށްލީ %100. އަދިވެސް ވާނެ ސަރުކާރަށް 3 އަހަރު ފުރިގެން މާލޭގެ ހުރިއްޔާ ހުރި ހުރިހާ މަގެއް ބަންދުކޮށްގެން ބޭކާރު ޖަލްސާ ބާއްވާ ޚަރަދުކުރަން. ދައުލަތުގެ ރިޒާވް މިވަނީ ދުވަހަކުވެސް ދަށް ނުވާވަރަށް ދަށްވެފައި. ރައީސް މީހާގެ ކަމަކީ އައްޔަނުކުރެވިފައިވާ ވަޒީރުން ލައްވާ ޘަނާ ކިޔުއްވައި ޣާފިލުކަންމަތީ ހުންނެވުން. ވަރަށް ހިތާމަކުރަން.
ގިޔާސް
30 November 2016
މާކުޑަ 10000 ރުފިޔާ ވަރުވާންޖެހޭނެ ، ތަނެއް ދޮރެއް ބަލާކަށް ނުޖެހޭ ތިޔައޮތީ ގައުމުގެ ވެރިކަން ލިބިފައި ފެލަިގެން ކެވޭތޯ ބަލާ ، ބޮޑުވާނީ އާއްމުރައްޔިތުންގެ ތަކެތި ބޭފުޅުން ބާޒާރަށްވެސް ދުރުވާނީ ސިންގަޕޫރަށް މިހާރު ސްޓޭޓް މިނިސްޓަރުން ، ސިޔާސީ މަޤާމްތަކުގެ ބޭފުޅުންނަށް ކޮންމެ ބޭފުޅަކަށްވެސް ކަޓެއް ލިބޭނެ އެހެންނޫނަށް މަޖްލިސް މެންބަރުންރަށް ލާ ކޮންމެ ވޯޓަކަށް ލާރިލިބޭނެ ކޮންކަމަކާ ހާސްވާންވީ ފެލަންވީ މިގަދަފަދަ ބާރުގައި ތިބެވޭނެ މަރުވަނދެންވެސް ތިބެވޭނެ ޔާމިންއަށް ސާބަސް! ކުރިޔަށް ޔާމިން ދެން ގައުމު! ރައްޔިތުން ނަކީ ގަޅިބައެއް މާދަމާވެސް ހަބޭސް ކީކުރަން މަރަން ގޮވާ ޖަލްސާއެއް ބޭއްވިޔަސް ޖެހޭނީ ދާން! ގޮނޑިތައް ފުރާލާނެ ، ފަހުން ޖަލްސާފެށީމާ ގޮނޑި ހުސްވިޔަސް އޯކޭ ފޮޓޯ ފެންނާނެ! ނިމުނީ!
އައްޔަ
29 November 2016
އަސްލު ތިގެނައި ބަދަލު މާކުޑަ. ދުނިޔޭގެ އެހެން ތަންތަނަށްވެސް ބަލާލާފަ. ތިޔަފީ ހަމަޖެއްސި ނަމަ ރަގަޅުވީސް. 200 ރުފިޔާ މުދާ ހިފައިގެން ބޭރުން އަންނަ ބޯޓަކުން ހަމަ އެއްގޮތަކަށްވެސް ކަމަކުނުދޭ. މާކުޑަ. މީގެ 38 އަހަރުކުރީގަ ހުރިފީތަކާ މިއާ މާކަބޮޑު ތަފާތެއްވެސް ނެތް. ކުރިންވެސް ނެގީ 200 ، 300 މިގޮތަށް ނަމެއްގަ ބަޔަކު ދައްކާނެ ވާހަކައެއް އިތުރުކޮށްލަން ކުރިކަމެއްވީ.
ނަމެއް ޖައްސަވާ
29 November 2016
ބޭނުންކޮމެންޓެއް ލިޔުއްވާ . އަނެއްހެން މަ ނެތް ލިޔާނެ އެއްޗެއް ފޫހިވެއްޖެ މިހާރު
ގާގެ ޒަކީ
29 November 2016
ތިތަނުން ފުރާ ކޮންމެ މީހެއްގެ އަތުން ޖީޑީޕީ ( ޖީބު ޑިވޮލޮޕްމަންޓް ޓެކްސް) ގަޮތުގައި 20 ވަރަކަށް ޑޮލަރު ނެގުން ތިބިލައް އިތުރުކޮއްލި ނަމަ ބިލް އިތުރަށް ފުރިހަމަވީސް.
އަލިބެ
29 November 2016
އެކިއެކި ކަންކަމުގައި މާލެ އަންނަން މަޖުބޫރުވެފައިވާ ރާއްޖެތެރޭ މީހެއްގެ ހައިސިއްޔަތުން ގާގެ ޒަކީގެ ޚިޔާލަށް ވަރަށް ތާއީދު. އާމްދަނީ އިތުރުކުރެވޭނެ. ޔަޤީން
ޙަބޭސް
29 November 2016
ރައްޔިތުމީހާ ފެލާލުމުގެ ސިޔާސަތައް މަރުހަބާ! ބަނދަރު ފީބޮޑުކުރުގެ ސަބަބުން އެއްމެ ދެރަ ނިކަމެތިންގެ ޖީބު ހިނދެމުން ދާއިރު ވެރިންނާއި އޮޑިވެރިންގެ ޖީބުތައް ދާނީ ހަބޭހަށް ފުފެމުން. މިހެން މިލިޔެލީ ކުރިން 200 ރުފިޔާ ނަގާ އޮޑިފަރުގެ ފީ 250 ރުފިޔާއަށް ބޮޑުކޮށްފައިވާތީ.
ކޮށްލާތި
29 November 2016
ބަނދަރުގެ ބިލް ތަސްދީގް ކޮށް ގެޒެޓް ކުރި ކަން އެއީ މަމެން ޕިންކީން މެންނަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. އެކަމަކު އަދި އެއް ހިތަށް ފިނި ކަން ނުލިބޭ އޭޑީސީ ޗާރޖް 25 ޑޮލަަރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ނުނަގާ. ކޮން އިރަކުން ތޯ އެގާނޫނު އަވަހަށް އަނެއްކާ މަޖްލީހުން އިސްލާހު ގެނެސްގެން ފާސް ކޮށް ދެއްވާނީ. ކީއްތަވާނީ މިހާރު އިިދިކޮޅު ކްރިޓިކްސް އިން ޗުއްޓީ ގައި ތިއްބާ މަމެން ޕިންކީންނާއި އަދި އެމްޑީއޭ ކުދިން އެކުވެލާ މަޖްލީހުގެ ޖަލްސާ ބާއްވާ ރަންރީނދުލޭ މެން ޗުއްޓީ ގައި ތިއްބާ މިގާނޫނު އަވަހަށް މަޖްލީހުން ފާސް ކޮށްލިއްޔާ. އެއިރުން ވަރަށް ބޮލަށް ފަސޭހަ ވާނެ އެއް ނޫން ދޯ.