ދުނިޔެ / އަފްޣާނިސްތާން

20 އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާނުން ފައިބައިފި

31 އޯގަސްޓް 2021 - 14:06

2 comments

ވިހި އަހަރުގެ ހިތި މާޒީއަކާއި، އެންމެ ފަހު ވަގުތު ގުރުބާންކުރަން ޖެހުނު 13 ސިފައިންގެ ފުރާނައިން، އެމެރިކާގެ ތާރީޚުގައި ކަޅު ސޮފުހާއެއް ލިޔަމުން، އެމެރިކާ ސިފައިން ރޭގެ ވަގުތެއްގައި، އަފްގާނިސްތާނުން ފައިބައިފި އެވެ.

އެމެރިކާ ސިފައިންގެ އެންމެ ފަހު މީހާގެ ގޮތުގައި، އަފްގާނިސްތާނުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓަށް އެރީ، މޭޖާ ޖެނެރަލް ކްރިސް ޑޮނަހުއާ ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން ބުނެ އެވެ. އެމެރިކާ ސިފައިންގެ އެންމެ ފަހު މީހުންކޮޅު ގޮވައިގެން އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓު، ކާބުލްގެ ހާމިދު ކަރުޒާއީ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ފުރީ، އަފްގާނިސްތާނު ގަޑިން މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.

އެ މަތިންދާބޯޓުގައި، އަފްގާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާ ސަފީރު ރޮސް ވިލްސަން ވެސް ފުރާވަޑައިގަތެވެ.

އޮކްޓޫބަރު 7، 2001 ގައި އެމެރިކާ ސިފައިން އަފްގާނިސްތާނާ ދެކޮޅަށް ފެށި ހަނގުރާމަ 20 އަހަރަށް ފަހު ހުއްޓާލައި، އެ ގައުމުން ފޭބިއިރު، އާންމުންނާއި ސިފައިން ހިމެނޭ ގޮތުން، އެމެރިކާގެ 2،461 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން އެންމެ ފަހުން މަރުވި މީހުންނަކީ، މި މަހުގެ 26 ވަނަ ދުވަހު، ކާބުލްގެ ވައިގެ ބަނދަރުގެ ބޭރު ދޮރޯށި ކައިރީގައި، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި 13 މީހުންނެވެ.

ތާލިބާންގެ ހަނގުރާމަވެރިން މި މަހުގެ 14 ވަނަ ދުވަހު ވެރިރަށް ކާބުލް ހިސޯރުކުރުމާ ގުޅިގެން، އަފްގާނުގައި ތިބި އެމެރިކާ ސިފައިން ކާބުލްގެ ވައިގެ ބަނދަރު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް، އަފްގާނުގައި ތިބި ހުޅަނގުގެ ޑިޕްލޮމޭޓުންނާއި ސިފައިންގެ އިތުރުން، ހާއްސަ ވިސާގެ ދަށުން އެމެރިކާ އަށް ގެންދާ މީހުން، ބޭރުކުރުމުގެ މަސައްކަތް ފެށި އެވެ.

އޮގަސްޓް 14 އިން ފެށިގެން މިވީ 18 ދުވަހުގެ ތެރޭގައި، އެމެރިކާ އާއި އަފްގާނިސްތާނު ރައްޔިތުންގެ އިތުރުން އެކި ގައުމުތަކުގެ 79 ހާސް އާންމު ރައްޔިތުން، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގައި އަފްގާނިސްތާނުން ބޭރަށް ގެންގޮސްފި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާގެ 6،000 މީހުންނާއި އެހެން ގައުމުތަކާއި އަފްގާނިސްތާނުގެ 7،3500 އަށް ވުރެ ގިނަ އާންމުންނެވެ.

މިދިޔަ 18 ދުވަހުގެ ތެރޭގައި، އެމެރިކާ އާއި ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުގައި، 123،000 އަށް ވުރެ ގިނަ އާންމު ރައްޔިތުން ވަނީ އަފްގާނިސްތާނުން ބޭރަށް ގެންގޮސްފަ އެވެ. މިއީ އެވްރެޖް ގޮތެއްގައި ދުވާލަކަށް 7،500 މީހުންނެވެ. މިދިޔަ 18 ދުވަހުގެ ތެރޭގައި އެއް ދުވަހެއްގައި އެންމެ ގިނައިން އަފްގާނިސްތާނުން ބޭރަށް ގެންދިޔަ މީހުންގެ އަދަދަކީ 19،000 އެވެ. މީގެ ތެރޭގައި އެމެރިކާގެ 5،000 ސިފައިންނާއި އެމީހުންގެ އަސްކަރީ ސާމާނުތައް ނުހިމެނެ އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފުރައިގެން ދިޔައީ، އަފްގާނިސްތާނު ސަރުކާރު ސިފައިން ބޭނުންކުރުމަށް ވައިގެ ބަނދަރުގެ އަސްކަރީ ބަންކަރުތަކުގައި ބަހައްޓާފައި ހުރި އަސްކަރީ އުޅަނދުތައް، ހަލާކުކޮށްލުމަށް ފަހު އެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، 27 ހަމްވީ އާއި 73 މަތިންދާބޯޓާއި އަސްކަރީ އިތުރު 70 އުޅަނދާއި، އެހެން ބައެއް ހަތިޔާރު ވާނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްފަ އެވެ. އެއީ ތާލިބާންގެ ހަނގުރާމަވެރިން އެ ތަކެތީގެ ބޭނުން ހިފައިފާނެތީ އެވެ.

އޭގެ އިތުރުން، އަފްގާނިސްތާނު ސިފައިން ބޭނުންކުރުމަށްޓަކައި ބެހެއްޓި، ހައި-ޓެކް ރޮކެޓް ޑިފެންސް ސިސްޓަމް ވެސް ހަލާކުކޮށްލާފައިވާނެ ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ބުންޏެވެ. މި ސިސްޓަމް އެންމެ ފަހުން ބޭނުންކުރީ، އައިއެސްގެ ހަނގުރާމަވެރިން އިއްޔެ ކާބުލް ވައިގެ ބަނދަރަށް އަމާޒުކޮށް ފޮނުވައިލި ރޮކެޓްތައް ވައިގެ ތެރޭގައި ގޮއްވައިލުމަށެވެ.

ނަމަވެސް ވައިގެ ބަނދަރު ހިންގުމަށް ބޭނުންވާ ސާމާނުތައް ހުރި ގޮތަށް ހުންނާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުންޏެވެ. އޭގެ ތެރޭގައި އަލިފާން ނިއްވާ ލޮރީތަކާއި މަތިންދާބޯޓަށް މުދާ އަރުވައި ބޭލުމަށް ބޭނުންކުރާ އުޅަނދުތަކާއި މަތިންދާބޯޓަށް މީހުން އަރައި ފޭބުމަށް ބޭނުންކުރާ ސިޑިތައް ހިމެނެ އެވެ.

އެމެރިކާ ސިފައިންގެ އެންމެ ފަހު މަތިންތާބޯޓު، ކާބުލްގެ ވައިގެ ބަނދަރުން ފުރައިގެން ދިޔުމާ އެކު، ތާލިބާންގެ ހަނގުރާމަވެރިން ވަނީ، އުފާ ފާޅުކުރުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑިޖަހަމުން، ކާބުލް ވައިގެ ބަނދަރަށް ވަދެފަ އެވެ. އަދި ކާބުލްގެ އެކި ސަރަހައްދުތަކުން، ވައިގެ ތެރެއަށް ބަޑިޖަހަމުން ދިޔަ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 60%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިފެހެއްޓުމެއްނެތްކަރުނަ

01 September 2021

ކޮބާ ހީވޭކަމެއްހެން. އެމެރިކާމީހުނަށޤ ކަމެއް ނުވިޔެއްނު. ތަނެއް ފަނާކޮށް ނެތިކޮށްލުމަށް ތިމީހުން މޮޅުވެދާނެ. އެކަމަކު ތަނެއް އާރާސްތުކޮށް އެތަނެއްގާ އަމާންކަން ގާއިމުކޮށްދޭކަށެއް ނޭނގޭނެ. އިރާދަކުރެއްވިއްޔާ އަފްގާނިސްތާންގެ ހުރިހާކަމެއްވެސް ދެން ދާނީ ރަނގަޅަށް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

31 August 2021

ހެހެހެހެެހެހެހެހެހެ.އެންމެ މޮޅު ކަމަށް ބުނާ މީހުންނަށް ވެލިކެވުނުތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454