ކާބުލްގައި ސިފައިންރަކެއް ހަރަކާތެރިވަނީ.-- ފޮޓޯ: އޭއެފްޕީ
01 ސެޕްޓެމްބަރ 2021 - 20:29
ހަނގުރާމައިގައި ބައިވެރިވާން ދިޔަކަމުގެ ކުށް ސާބިތުވެ އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ދިވެއްސެއް ކަމަށްވާ އަލީ ޝާފިއު އާއި އޭނާގެ އާއިލާ މިއަދު މިނިވަންވެއްޖެ އެވެ.
އެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުނީ ޝާފިއު މިނިވަންވީ އަފްޣާނިސްތާނުގެ ވެރިކަން ބަދަލުވުމުން، އެ މީހުންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތައް ކޯޓުން މުރާޖައާކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެ އާދެވޭނެ ގޮތެއް ނެތް ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އެ މީހުންނާ ވާހަކަ ދެއްކި. ރައްކާތެރި ހިސާބުގައި އެ ތިބީ. ހާލު ވެސް ރަނގަޅު އިރާދަކުރެއްވިއްޔާ،" އާއިލާ އިން ބުންޏެވެ.
ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އަފްޣާނިސްތާނުގައި އިއްވީ ޑިސެމްބަރު، 2018 ގައި އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުން ހައްޔަރު ކުރުމަށް ފަހުގަ އެވެ.
ދިވެހި ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އަދި ޕާކިސްތާނުން ޝާފިއު އަފްޣާނިސްތާނަށް ދަތުރުކުރީ އެ ގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޚުރައިސާން ޕްރޮވިންސާ ގުޅުމަށް ކަމަށާ އަދި އައިއެސްއާ ގުޅުންހުރި ވީޑިއޯއެއް އޭނާގެ އަތުން ފެނުނު ކަމަށް ވެސް އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބިފައިވާ ކަމަށް އޭރު ބުންޏެވެ.
އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ގައުމުން ފޭބުމުން ތާލިބާނުންގެ ބާރުގަދަވެ، މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ގައުމު ހިފުމާ އެކު ސަރުކާރު ވަނީ ވެއްޓިފަ އެވެ. އެކަމާ ގުޅިގެން އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ މީހުން ވަނީ ގައުމު ދޫކޮށް ދާން މަސައްކަތް ކޮށްފަ އެވެ. އެ ކަމުގެ ތެރޭގައި، ވެރިރަށް ކާބުލްގެ އެއާޕޯޓު ކައިރީގައި ބޮމެއް ގޮއްވާލުމުން ގިނަ އަދަދެއްގެ އާންމުންނާއި އެމެރިކާ ސިފައިންގެ ބަޔަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިގައުމުގަ ޖަލު ހުކުމް.
02 September 2021
އަފްޣާން ގަ މިނިވަން ވިޔަސް، މިގައުމުގަ މިނިވަން ނުވާނެ. އައިމަ ޖަލައް ލާނަން!
އަލީރާޖާ
02 September 2021
މިއީ އެއްގޮތަކަށްވެސް ރާއްޖެ ގެންނަން ހެޔޮވާ ވަރުގެ މީހެއް ނޫން. ރާއްޖެ އަޔަސް ދޫކޮށްލާފައި ބަހައްޓާކަށް ނުވާނެ!
ފުކެއް
02 September 2021
ނޫނޭ ރާއްޖޭގައި ނޫޅޭ ނޫންތޯ ޓެރަރިސްޓުން. އެއީ ރައީސް ނަޝީދު ދައްކަވާ ޔޯލަ ވާހަކަ ނޫންތޯ. އެހެންވީމަ ގެނެސް މިސްކިތު މުދިންކަން ދިނީމަ ރަނގަޅުވާނެ
ހާހާހާހާހާ
02 September 2021
އެމެރިކާ ބަލިވީ އެމެރިކާ ބަލިވީ އެމެރިކާ ބަލިވީ ހާއްހަހާ ހާހަހަހާހާހާހާ ހާހާހާހާ ހާހާހާހާ
8976
02 September 2021
އަނބުރާ އައިއްސިނަމަ 60 ވަރަކައް އަހަރަށް ޖަަލައް ލާން ހުކުމްކުރަންވާނެ. ކުޑަކުދިންކޮޅު ރިހެބިލިޓޭޓް ކުރަންވެސް ޖެހޭ. އެހެން ނޫނީ އަނެއްކާ މި ގޮރޫޕް ލޮނުޒިޔާރަތް ކޮޅައް ނިކުމެ ހަނގުރާމަފަށާފާނެ. ނޫނީ ބޮންހަދައިގެން ގޮއްވާ ހަދާނެ.
ރަޝީދު2021
02 September 2021
މުސްލިމުންނަށް ނަސްރުލިބުނީމަ އެޖަލުން ދޫވީ ވިސްނާފަ ވާހަކަ ދަށްކާ
ހަމަދޔ
02 September 2021
ކޮންވިސްނުމެއް. ޢެއީ ހަމަ ޓެރަރިސްޓުން.
@ރަޝީދު2021
03 September 2021
އަފްޢާނުގާ މިހާރުހިނގާ އެއްވެސް ކަމަކީ އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން. އެއީ އެގައުމުގެ ބޯދާ ބަޔަކު އެމީހުންގެ ސަގާފަތް ރައްކާކުރަން ކުރިހަގުރާމައެއް. އާހިރުގަ އެމީހުންނައް ލިބުނީ ކަމިޔާބު. ބަލިވެ ހިތާމަ ކުރަން ޖެހުނީ އެގައުމުގެ އަންހެނުންނާ ކުޑަކުދިން. އަހަރަމެން ދިވެހިރާއްޖުއަށް އަފުއަނިސްތާނުގަ އުފައްދާ މަސްތުވާ ޑްރަގްސް ގެންނަލޭ ދެން ވަރަށް ގިނަވާނެ. ވީމާ ވިސްނާ ފިކުރުކޮއްބަލަ.
ސަލީމު އިދުރީސް
02 September 2021
ރޭ ހުޅަނގުގެ ޓީވީ ޗެނަލަކުން އަފޫގާނާނިތާނޫގަ ތާލިބާނުން ކަންތައް ކުރާނުބައި ގޮތުވާހަކަތަކައް އިންޓަވިއުދީފަތިބީ ބުރުގާ ނާޅާމުސްލިމު އަންހެނުން! ހެސްކިއާފަ ޒުވާނުން ހުނގަން ހިޖުރަކުމާ ދޭތެރޭ އަގަނޑު ބުއްދިން ވިސްނީމަ އެގުނީ އަސްލު އިސުލާން ދީނައް އުޅޭނެހިއްވަރު ނެތިގެން ހިޖުރަކުރާ ބައެއްކަން! ތާލިބާނުން ބަޑައް ޖެހުނަސް ރާވިކައިގެން ކައިބޮއި އުޅޭނެ ބައެއްނޫން
ށަވިޔަނި
02 September 2021
އަފްޣާނު މުއްލާއިންގެ ގޮތް ނޭގޭތަ؟ ރާނުވިއްކާނެ. ޑްރަގް ވިއްކާނެ. އެމީ ހުން ހަދާ ރާގަންނާނީ ކާކު؟ ޒިނޭ ނުކުރާނެ. ފިރި ފިރި ގޭމް ގަދައަށް ޖައްސާނެ. ބައެއް ސަ ހަރު ތަކުގައި އަލަތު ކައިވެނީގައި އަން ހެން މީ ހާގެ ބައްޕަ ދަރިފުޅުގެ ފިރިމީ ހާގެ ޓެސްޓެއް ހަދާ. ކޮން ދީނެކޭ މި ކިޔަނީ ބުރުގާ ނެއެޅުން މިއަށްވުރެ ގޯސްދޯ؟ ރަޝިއާ މީ ހުން އަފްޣާނު ބައެއްގެ އަސީރަކަށް ވެދާނެތީ އެންމެ ބިރުގަތީ މިފަދަ ޓެސްޓް ހަދާތީ. މިއީ ވަރަށް އާދައިގެ ކަމެއް.
ސޮކެއް
02 September 2021
މަސްތުވާތަކެތި ހެސްކިޔާފައި އުފައްދައިގެން އެވިއްކައިގެން ފައިސާ ހޯދީމާ ތިކަމާ އަޅާ ނުކިޔެނެތަ. ތިމީހުން ރާއެކަނި ނުވިއްކީމާ އިސްލާމީ އުޞޫލުތައް ހިފަހައްޓާ ކަމުގައި ނުބެލޭނެ. ރާ ނުއުފައްދައި ރާ ނުވިއްކައި ރާ ނުބޮއި އުޅުމަކީ އުފާ ކުރާކަމެއް.
އިދުރީސް ސަލީމް
02 September 2021
ކަލެއަށް އަހަރެން އެއްކޮޅު ޓިކެޓް ދީފާނަން. މިއީ ރަނުގެ ފުރުސަތެއް ކަލޭ ބޭނުވާކަހަލަ ސަރުކާރެއްގެ ދަށޫގައި ދިރިއުޅެން.
ޗޮސްބެ
01 September 2021
ތާލިބާނުންގެ ވެރިކަމެއްގަ ޖިހާދުކުރަންދާ މީހަކު ޖަލަކު ނުބަހައްޓާނެ.
ވަރިހަމަދޯ
02 September 2021
އެވަރިހަމަދޯ ކުށެއްނެތް އާއްމުންނަށް ޖާނުންފިދާވާ ބޮމުންހަމަލާދީ ކިތައްމެވަރަކަށް މެރިއަސް.
ރިޔާޒު ރަށީދު
01 September 2021
ދެން މިތާ އުޅޭ ‘ލާދީނީ’ ނޫން މީހުން މިކިޔަނީ އަހަރެމެން ގަބޫލުކުރަންވިއްޔޯ ތާލިބާނުންނަކީ ނިރުބަވެރިންނެއް ނޫނޭ.
އަލީބެ
01 September 2021
ޢާއިލާއިން ވާހަކަދައްކަނީ ޝާފިއުގެ ބޭބެތަ. ކޮއްކޮތަ. ހާލުޖެހިފަހުރި ތިމާގެ މީހެއްގެ ވާހަކަދައްކާނަމަ ކީއްވެ ނޭނގޭގޮތަށް ވާހަކަދައްކަނީ؟؟
ރަސީދު2021
02 September 2021
އައިޑީ ކާޑު ނަންބަރުވެސް ތިބޭފުޅާއަށް ދޭޭންޖެހޭތަ؟
އޮނަރަބަރު
01 September 2021
ބަލަ މިގައުމަށް އަންނާނެކަމެއްނެތް. އަފްއާނިސްތާނުގައި ތިބެބަލަ. ޖަލުންވެސް ދޫކުރީނު.
ރަދީފު ބިން ރަފައިދާ
01 September 2021
މިގައުމަށް ތިމީހުން އެރިޔަދީގެންނުވާނެ. މިކޮޅަށްއައިސް އެމީހުން އަހަރެމެންގެ ދަރިންގެ ބޯތައް ކާލާނެ ކަނޑުމަހުގެ ބޯކާލާހެން.
އުދުހޭ
01 September 2021
ހީވަނީ މިހާރު ހުންނާނީ އެއްޗެއް ވިސްނިފަހެން. މިކޮޅަށް ގެނެސް ވަކި ޝަރުތުތަކާއެކު ދޫކޮށްލީމަ ރަގަޅުވާނެކަމަށް ވިސްނޭ. މިސާލަކަށް ގެއިން ވަޒީފާއަށް ވިޔަވާ އެހެން ތަނަކަށް ކުރިއަށް އޮތް 10 އަހަރު ނުދެވޭގޮތަށް ޝަރުތުކުރުން.
މުންޑު
02 September 2021
ކަލޭ އައްޕަ ގައުމުތަމީ ؟
ހަސަނު1
02 September 2021
އެއްޗެއް ވިސްނިފައިއޭ ހުންނާނީ ކިޔާ ގެނެސް ދޫކޮށްލީމައި އަނެއް ދުވަހު ތަނެއް ގޮއްވާލީމައް އަހަރުމެންނަށް ހުންނާނީ ރަނގަޅަށް ބޮޑިބޮއިފައި. ގެންނަންޏާ ތިކަހަލަ މީހުންނަށް ވަކިރަށެއް ހަދާ އެހެން ރަށަކަށް ނުދެވޭގޮތަށް.
ރަސީދު2021
02 September 2021
ތާލިބާނުންގެ ވެރިކަމެއްގަ ޖިހާދުކުރަންދާ މީހަކު ޖަލަކު ނުބަހައްޓާނެ. ހެޔޮވިސްނުންދެނަ