02 ސެޕްޓެމްބަރ 2021 - 10:09
އައްޑޫގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، އެ ބައްޔާ ގުޅޭ މަސައްކަތްތަކަށް ވޮލަންޓިއަރުން ހޯދުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އިއުލާނު ކޮށްފި އެވެ.
ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ މީހުން އަންނަ އަންގާރަ ދުވަހުގެ މެންދުރު އެކެއް ޖެހުމުގެ ކުރިން ސީވީއާއެކު އެކަމަށް އެދި ސިޓީ ހުށަހެޅުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.
ސިޓީ އާއި ސީވީ [email protected] އަށް މެއިލް ކުރުމުން ބަލައިގަންނާނެ ކަމަށް އައްޑޫ ހޮސްޕިޓަލުން ބުނެ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 6885046 އަށް ގުޅުމުން ސާފުކޮށްދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އައްޑޫން އިތުރު 29 މީހަކަށް ކޮވިޑް ޖެހިފައި ވެ އެވެ. އެއީ އެއީ ފޭދުން ފަސް މީހަކާއި ހިތަދޫން ހަ މީހަކާއި ހުޅުމީދޫން ނުވައެއް އަދި މަރަދޫން ވެސް ނުވަ މީހެކެވެ.
ކޮޮވިޑް ފެނިގެން ބަންދުކޮށްފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން، އައްޑޫގެ މޮނިޓަރިން އުވައިލީ މިދިޔަ ޖުލައި 19 ގަ އެވެ. އޭރު ވެސް އައްޑޫގެ އެކި ރަށްރަށުން މަދުމަދުން ކޭސްތައް ފެންނަމުން ދިޔަ އެވެ. އޭގެ ފަހުން އަލުން ކޭސްތައް އިތުރުވާން ފެށުމުން އައްޑޫގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސް ކާފިއު ހިންގަން ފެށީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޯލިބް
02 September 2021
ދިވެހިން ވީމާ ވޮލަންޓިއަރުން. އިންޑިޔާ މީހުން ވިއްޔާ އެކޮމޮޑޭޝަން ދީފަ ބޮޑު މުސާރަ. ޢާއިލާ އަށް ހިލޭ ހުރިހާ ކަމެއް. ދިވެހިން މީ އާއިލާ އަށް ހަރަދު ކުރަން ޖެހޭ ބައެއް ނޫން.
ވޮލަންޓިއަރު މީހާ
02 September 2021
ދިވެހި ވޮލަންޓިއަރު ކުދިންނަށް ދޭން ބުނި އެލޮވަންސް ވެސް ނުދޭ... ވޮލަންޓިއަރުން ތައް ކަނޑާ ހުސްކުރާއިރު އެމީހުނަށް ދޭން ޖެހޭ އެލޮވަންސް ނުދޭ ސަބަބެއް ބަލައިދޭނެ ނޫސްވެރިއަކު ނެއްތަ؟