2019 ވަަނަ އަހަރު ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ވ.ކެޔޮދޫގައި އޮތް ހަރަކާތެއްގެ ތެރެއިން: ކޮވިޑްގެ ހާލަތާ ގުޅިގެން މި އަހަރުގެ ޓޫރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނި--. ފޮޓޯ:ނިޝާން އަލީ/މިހާރު
12 ސެޕްޓެމްބަރ 2021 - 10:41
މި އަހަރުގެ ވޯލްޑް ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަ ނުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ވޯލްޑް ޓޫރިޒަމް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ސެޕްޓެމްބަރު މަހުގެ 27 ގަ އެވެ.
ކޮވިޑުގެ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވެ ލޮކްޑައުން އުވާލުމާ އެކު، ޓޫރިޒަމް މިނިސްޓްރީން ވިސްނާފައި އޮތީ މި އަހަރުގެ ޓޫރިޒަމް ދުވަސް އައްޑޫގައި ކުލަގަދަކޮށް ފާހަގަކުރުމަށެވެ.
އެގޮތުން ޓޫރިޒަމް ދުވަހާ ގުޅުވައި މި މަހުގެ 27 އިން ފެށިގެން ހަފްތާއަކަށް ދެމިގެންދާ ގޮތަށް އައްޑޫގައި ގިނަ ހަރަކާތްތަކެއް ހިންގަން ވެސް މިނިސްޓްރީން އޭރު އޮތީ ނިންމައިފަ އެވެ.
އެކަމަކު އައްޑޫގެ ކޮވިޑް ހާލަތު އަނެއްކާ ވެސް ގޯސްވުމާ ގުޅިގެން ކުރިން ރާވާފައި އޮތް ގޮތަށް ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަ ނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އައްޑޫގައި ބާއްވަން ހަމަޖެހިފައި އޮތް ހަރަކާތްތައް ކެންސަލްކޮށް، މި އަހަރުގެ ޓޫރިޒަމް ދުވަސް ވެސް އެހާ ކުލަގަދަކޮށް ފާހަގަ ނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
ނަމަވެސް، އެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ތައާރަފުކުރާ ބައެއް ކަންކަން މާލޭގައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"... ގޯލްޑަން އިޔާ ކަލަންޑާ އާއި އެމްޕްލޯއީމަންޓަށް އަޅުގަނޑުމެން ތައާރަފުކުރާ އެޕްލިކޭޝަނެއް ލޯންޗުކުރުމުގެ ކަންކަން [ޓޫރިޒަމް ދުވަހު] ކުރިއަށްދާނެ،" ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު ވެސް ޓޫރިޒަމް ދުވަސް ރާއްޖޭގައި އެހާ ކުލަގަދަކޮށް ފާހަގަކޮށްފައެއް ނުވެއެވެ.
އައްޑޫން މިހާތަނަށް ކޮވިޑް ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 1،100 އިން މައްޗަށް އަރައިފަ އެވެ. އޭގެ އޭގެ ތެރޭގައި އެކްޓިވް ކޭސްތަކުގެ އަދަދު 308 އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްވެރިޔާ.އެމްވީ
13 September 2021
މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަން ފެންނަނީ ދ.ރިނބުދޫގަ. ސަބަބަކީ މަސްވެރިކަންކުރާ އުޅަނދެއް އެރށުގަ ނެތީމަ. މި ކިޔާއްޗެއް ހަމަ ޔަގިނުންވެސް މި ސަރުކާރުގެ ވެރިންނަށް އިނގޭނެ.
އޮނަރަބްލް އަފީފު ދީދީ
12 September 2021
ޓްއަރިޒަމް ދުވަސް ފާހަގަ ކުރުމަށާއި ޔޯރޮޕާއި، އެމަރިކާ، ގަލްފު ބައްރާއި ، ރަޝިޔާ ޖެޕާން ފަދަ ޤައުމުތަކަށް "ދިވެހިރާއްޖެ އިސްތިހާރު ކުރުމުގެނަމުގައި" ދައުލަތުގެ ޙަޒާނާއިން އެތައްމިލިޔަން ރުފިޔާ ހޭދަކޮށްގެން MMPRC ކުދިން ހަދާ ޗުއްޓީ ހުއްޓާލައިފިނަމަ ގޭން އެއަރޕޯޓުގައި ކުރާންޖެހޭ ކަންކަން ފުރިހަމަކޮށް ބައިނަލްއަޤުވާމީ ދަތުރުތަކަށް ފުލްފުލޭޖްގައި ގޭން އެއަރޕޯޓް ހުޅުވާލެވޭނެ. ފުރަތަމަ މިކަންކޮށްފަ އޭގެފަހުން ދުވަސްތައް ފާހަގަ ކުރަން ތިބެވިދާނެ ނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
12 September 2021
އައްޑުއަށް ޓްއަރިސްޓުންގެންނަން މޯލްޑިވިއަން މާލެ-ގޭން-ޗައިނާ އަދި ރިޓާރން ޗައިނާ- ގޭން- މާލެ ދަތުރުފައްޓަވާނެކަމަށް ޓްއަރިޒަމް މިނިސްޓަރ ވެވަޑައިގެންނެވި ވައުދަކީ ސޯލިޙްގެވައުދާއި "އައްޑޫ މެނިފެސްޓޯ" ފަދައެއްޗެއް. # އެކަމަށްއުއްމީދުނުކޮށް އިންޑިޔާގައިއެދިގެން IndiGo އަދި ދުވާލަކު އެތައް ފްލައިޓެއް އޮސްޓްރޭލިއާއަށް ދަތުރުކުރާ RwandAir ދަތުރު މަތީ އައްޑުއަށް ޓްރާންސިޓް ކޮށްދޭތޯ ރައީސް ޕޯލް ކަގަމޭއަށް ދަންނަވާ. މިކަމުން 3 ޤައުމަށްވެސް މަންފާލިބޭނެ.
ހަސަން ކަތީބު.
12 September 2021
އަފީފު ދައްކާ ހުރިހާ ވާހަކައަކަށް އަހަރެން ތާއީދު ނުކުރަން. އެހެން ނަމަވެސް މި ލިއުމަށް ކޮށްފައިވާ ކޮމެންޓްތައް ހަމަ ވަރަށް ރަނގަޅު ކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
12 September 2021
ދުވަސްތައް ފާހަގަކުރާންވާނީ ކަންކޮށްފަ. ޓްއަރިޒަމްގައި އައްޑޫމީހުނަށް ނުވިކަމެއް ކުރެވޭނެ ވަކިއެހެންބަޔަކު ސައުތުއޭޝިޔާގައި ނުތިބޭނެ. # ކައުންސިލަށް ލިބޭ ބާރުގެދަށުން އޭޓީޑީސީ (Addu Tourism Development Cooperation.) ކުންފުނި އުފައްދަވާ ޓްއަރިޒަމްގެ ކަންކަން ކައުންސިލްގެ ފަރާތުން ހިންގާނީ މިތަނުންކަމަށް ކަޑައަޅުއްވާ. # އަދި ކުންފުންޏާއި ރިސޯޓް ސިޓީހޮޓާ ބައިވެރިކޮށް އައްޑޫ ދުނިޔެއާއި ގުޅާލަން IndiGo ފަދަ ލޯކޮސްޓް އެއަރލައިނަކާއި ވާހަކަ ދައްކަވާ.
ބޮސްގެ ބޮސް
12 September 2021
ފޮނި ބައިސާ ނުކަނޑަބަލަ ...ހުސް ހިޔާލީ ފޮލާ ތިއީ...
ޙަބީބު
12 September 2021
ޓޫރިޒަމްދުވަސް ކުޅުދުއްފުށި ސިޓީގަ ފާހަގަކުރަންވީ ހދ އަތޮޅަކީ ބާކީކޮއް އެކަހެރިކޮއްފަ ޒުވާނުން މަގުމަތިކޮއްފަވާ އަތޮޅަކައްވާތީ
އޮނަރަބްލް އަފީފު ދީދީ
12 September 2021
ސޯލިޙްގެ ސަރުކާރުން މިގޮތަށް ގޯނިފުލަށްލައިގެން ދަޅަކަށް ވެލިއަޅަަގެން ތަޅުވާފަދަ އިހާނެތިކޮށް އައްޑޫރައްޔިތުނާއިމެދު ކަންކަންކުރަމުންދާއިރު މިސިޓީގެރައްޔަތުން ޤާނޫނުހަދާމަޖިލީހަށް އިންތިޙާބުކުރި 7 މެންބަރުންނާއި މޭޔަރު ހިމެނޭގޮތަށް ކައުންސިލަށްހޮވި 13 މެންބަރުން ކޮބާތޯ؟ ކީއްވެގެންތޯ ރައްޔިތުނަށް މިފަދަ ފުރައްސާރަކުރުމުން އެއްޗެކޭބުނާން ޖެހިލުންވަނީ. # މިކަންކަން ތަކުރާރުވިޔަނުދީ ރައްޔަތުންގެޙައްޤު ހޯދާދޭން ކައުންސިލްގެ ޤާނޫނީބާރު ބޭނުންކުރައްވާ.
އޮނަރަބްލް އަފީފު ދީދީ
12 September 2021
ޓްއަރިޒަމް ދުވަސްފަދަ ދުވަސްތައް އައްޑޫގައި ފާހަގަކުރާން ސަރުކާރުން އުޅެނީ އައްޑޫގެ 40 ހާސް ވޯޓު ކަށަވަރުކުރުން ނޫން އެހެން އެއްވެސް ނިޔަތެއް އޮވެގެނެއްނޫން. # ގޭންއެއަރޕޯޓު އޮޕަރޭޝަނަށް ގެންނާންޖެހޭ އެއްވެސް ކަމެއް ކުރުމެއް ޕްލޭނެއް ހެދުމެއް އެކަމަށް ބޭނުންވާ ފައިސާ ހޯދުމެއްނެތި މިކިޔަނީ "8000 އެނދު ހަމަވުމާއިއެކު ފްލައިޓް ފައްޓާނަމޭ" މިއީ އަޖާއިބު ވާކަހަކަ ވާހަކައެއް. ކ.އަތޮޅު މާލޭ އެއަރޕޯޓު ތަރައްކީ ކުރީ 1000 އެނދުވެސް ހުރެގެނެއްނޫން.
ބޮސްގެ ބޮސް
12 September 2021
އަބަދުވެސް މާލޭއާއި އަޅައިގަނެގެން ނެއްޓެން ނޭނގިފަ..
ބޮލިރޮދި
12 September 2021
އައްޑޫގައި އޮތް ހަމައެކަނި 2 ރިސޯޓް ޝަންގްރިއްލާ ވިލިނގިލި އާއި ހެރެތެރެ އޮތީ ބަންދުކޮށްފަ........ އެތަކެއް އައްޑޫ ރައްޔިތުންގެ ވަޒީފާ ގެއްލިފައި...... މިހާލަތުގައި ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަނގަ ކޮށްފިނަމަ އަތަށް ގޮވާނީ....... މިއީ އަސްލު ވެގެން އުޅޭ ގޮތަކީ...... މިހާރު ތިބުނާ ބައެއް އެކަން މާލޭގައި ކުރިއަށް ގެންދަނީ މާލޭގައި ކޮވިޑް ނެތް ދޯ؟......
ގުދުގުދުލީބެއްޔާގެ ތެދުބަސް
12 September 2021
ތިހެންހެދީމާ އައްޑޫ ރަދުން ޑިސްއޮނަރަބަލް ޑީޑީ ރުޅިފުޅުފަޅައިގެންދާނެ.
ރަދީފްއޮފިޝިއަލް
12 September 2021
އައްޑޫގަ ކަލޭމެން ނުކުރާނެ އެއްވެސް ކަމެއް.މިފަހަރު ދެން ކޮވިޑްގެ ސަބަބުން ކަލޭމެންނަށް އެކަން ނުކުރެވުނީ ތާ.އަސްލު ކަލޭމެން ބޭނުންނުވާނެ އެތަނުގަ އެއްވެސް ކަމެއް ބާއްވާކަށް.ލަދު ކޮބާ؟؟