ޚަބަރު / ރައީސް އޮފީސް

ގިނައިން ބަދަލު ނަގައިދިނީ ގާނޫނާ ހިލާފަށް ވަޒީފާ އިން ވަކިކުރި މީހުންނަށް

ސިވިލް ކޯޓުގައި މުވައްޒަފުން މަސައްކަތް ކުރަނީ: ސެޓްލްމެންޓް ކޮމިޓީން ގިނައިން ބަދަލު ނަގައިދިނީ ވަޒީފާ އިން ވަކިކުރި މައްސަލަތަކުގައި ކަމަށް ރައީސް އޮފީހުން ބުނޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

13 ސެޕްޓެމްބަރ 2021 - 11:41

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ސެޓްލްމެންޓް ކޮމިޓީން އަމިއްލަ ކުންފުންޏަކަށް ބަދަލު ނަގައިދޭން ނިންމާފައި ވަނީ ހަމައެކަނި ނޫމަޑި މައްސަލާގައި ކަމަށާއި ދެން ބަދަލު ނަގައިދިނީ ކުރީގެ ސަރުކާރުގައި ގާނޫނާ ހިލާފަށް ވަޒީފާ އިން ވަކިކޮށްގެން ހުށަހެޅި މީހުންނަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ސެޓްލްމެންޓް ކޮމިޓީ އުފެއްދީ ޖެނުއަރީ، 27، 2019 ގަ އެވެ. މި މުއްދަތުން ފެށިގެން އެ ކޮމިޓީ ދެމިއޮތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ޖުމްލަ ހުށަހަޅާފައި ވަނީ 37 މައްސަލަ އެވެ. މީގެ ތެރެއިން ބައެއް މައްސަލަތަކާ ބެހޭ ގޮތުން ކޮމިޓީގެ މަޝްވަރާތައް ދިޔަ އެވެ.

މީގެތެރެއިން ބަދަލު ނަގައިދޭން ނިންމީ ޖުމްލަ ކިތައް މައްސަލައަށް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުން އިއްޔެ ބުނީ ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ނޫމަޑި މައްސަލައިގައި ބޮޑު ބަދަލެއް ނަގައިދޭން ޖެހުނު ކަމަށެވެ. އެ މީހުން ހުށަހެޅީ ދެ ޕްރޮޖެކްޓުގެ ބަދަލުގެ ގޮތުގައި155 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.

އެއީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހައުސިން މިނިސްޓްރީއާ އެކު ސޮއިކުރެވުނު އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީއަކާއި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށްޓަކައި ހައުސިން މިނިސްޓްރީއަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ މައްސަލަ އެވެ.

މި މައްސަލައިގެ އިތުރުން ދެން ހުށަހެޅި އެއްވެސް ކުންފުންޏަކަށް ބަދަލު ނަގައިދީފައި ނުވާ ކަން ރައީސް އޮފީހުން ކަށަވަރުކޮށްދެ އެވެ.

ރައީސް އޮފީހުން ބުނީ ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން ވަޒީފާ އިން ވަކިކުރި 19 މައްސަލައެއްގައި ބަދަލު ނަގައިދީފައިވާ ކަމަށެވެ. އެއީ 6.8 މިލިއަން ރުފިޔާ އެވެ.

މި މައްސަލަތަކުގެ ތެރޭގައި ހިމެނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އާއި ފުލުހުންނާއި ސިފައިންނާއި ކަރެކްޝަނަލް ސާވިސް އާއި ކާޑެއްދޫ އެއާޕޯޓަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކެވެ.

ސެޓްލްމެންޓް ކޮމިޓީއަށް މި މައްސަލަަތަކުގައި ހުށަހެޅީ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށެވެ.

"ސިވިލް ކޯޓުގެ އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ޑިސްޕިއުޓް މަރުހަލާގައި މި މައްސަލަތައް ހައްލުކޮށް އެ ފަރާތްތަކަށް ދިނުމަށް ދައުލަތުން ހުށަހަޅާ އެއްބަސްވި އަދަދަކީ ޝަރުއީ މަރުހަލާ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުސަތު އޮތް މިންވަރަށް ވުރެން ވަރަށް ބޮޑުތަނުން ކުޑަ މިންވަރެކެވެ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

ދައުލަތުން ބަދަލު ނަގައިދިނީ އެންމެ ކުންފުންޏަކަށް ކަމަށް ރައީސް އޮފީހުން ބުނިއިރު ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454