ރަސްފަންނު މޫދު ކަޅުތެލުން ތަޣައްޔަރުވެފައި. -- ފޮޓޯ: އަހްމަދު އަވްޝަން/ މިހާރު
19 ސެޕްޓެމްބަރ 2021 - 14:17
ރަސްފަންނު މޫދު ސަރަހައްދަށް އެޅުނު ކަޅު ތެލުގެ އަސަރު މިހާރު ކެނޑެމުން އަންނަ ކަމަށާއި، ތެލުގެ އަސަރު އިތުރަށް ނުކުރާ ނަމަ މިއަދު ނުވަތަ މާދަމާ ވެސް އެތަން ހުޅުވާލެވޭނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
ކަޅުތެޔޮތަކެއް ރަސްފަންނު މޫދު ސަރަހައްދަށް އޮޔާ ވަދެ އެތަން ތަޣައްޔަރުވީ މައްސަލައެއް ފެންމަތިވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ހަވީރުއްސުރެ ރަސްފަންނު ސަރަހައްދަށް ކަޅުތެޔޮގަނޑު ވަންނަމުން ގޮސް މުޅި މޫދު ކަޅުތެލުން ތަޣައްޔަރުވެ، އޮތީ ރާޅުޖަހާ ހިސާބު ވެލިގަނޑު ވެސް ކަޅުވެފަ އެވެ.
އެއާއެކު ފުލުހުން ވަނީ އެބްޒޯބެންޓް ޝީޓް ބޭނުންކޮށްގެން ތެޔޮތައް ނަގައި ސާފުކުރަން ފަށައިފަ އެވެ. ރަސްފަންނުގެ އައިޖީއެމްއެޗް ދިމާލުން އެތަން އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.
ރަސްފަންނު މޫދު ކަޅުތެލުން ތަޣައްޔަރުވެފައި. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ މޫދަށް ތެޔޮތައް އެޅީ ކޮން ބައެއްކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
"އެގޮތަށް ސީދާ [އެކަން ކުރީ ގަސްތުގަ ކަމެއް] ނޭނގެ ދަންނަވާކަށް. ބޮޑަށް ބެލެވެނީ އެ ސަރަހައްދުގައި އޮތް ފީފާ ގަނޑެއްގައި ހުރި ތެޔޮ ލީކުވީ ކަމަށް. އިންޖީނުގައި ބޭނުންކޮށްފައި ހުންނަ ކަޅުތެޔޮތަކެއް އެއީ،" ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދުގެ މޫދު ގަވާއިދުން މޮނިޓާ ކުރަމުން އަންނަ ކަމަށާއި، މިހާރު އޮތް ހާލަތަށް ބަލައި އިތުރަށް ތެޔޮ ނުފެންނަ ކަމަށް ވަންޏާ ލަސްވެގެން ދެ ދުވަހެއްގެ ތެރޭގައި ރަސްފަންނު މޫދު އަލުން ބޭނުންކުރަން ފެށޭނެ ކަމަށެވެ.
"މިއަދު [މޫދު] ވަރަށް ރަނގަޅަށް ހުރީ އަޅުގަނޑުމެން ބެލިއިރު. ދެން މިއަދު އަނެއްކާ އިރުއޮއްސޭ އިރު ބަލައިލާނަން. ބަލައިފައި އެންމެން މަޝްވަރާކޮށްފައި ހުޅުވަން ކަމުދާވަރު ވެއްޖިއްޔާ މިއަދު ވެސް ހުޅުވިދާނެ." ނައީމް ވިދާޅުވި އެވެ.
ރަސްފަންނު ސަރަަހައްދަކީ އެކި އުމުރުފުރައިގެ މީހުން މޫދަށް އެރި އުޅުމަަށް އާންމުކޮށް ބޭނުންކުރާ ސަރަހައްދަކަށް ވާއިރު، މީގެ ކުރިން ވެސް ބަޔަކު ގަސްތުގައި އެ ސަރަހައްދަށް ކަޅުތެޔޮ އެޅި މައްސަލައެއް ފެންމަތިވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުއި ޕޫލް.
19 September 2021
ތިތަނަށް އެރެން ހެޔޮނުވާނެ ކަމަށް އެމްޑީޕީ މީހުން ބުނި. އެކަމަކު ތިތަން ހިއްކާފައި ގަސް އިންދާކަށް އެމީހުންވެސް ބޭނުމެއްނުވި. މުއިއްޒު ވެއްޖެއެއްނު ތިތަން ހިއްކާފަ ކެފޭ ތަކެއް ހަދާން.
މުއިޒޫ
19 September 2021
ތިވާނީ ބަޔަކު އެޅި އެއްޗަކަށް
އޮނަރަބްލް އަފީފު ދީދީ
19 September 2021
ކ.އަތޮޅު މާލެނޫން އެހެންރަށްތައްވެސް ރާއްޖޭގައި އެބަހުރި. އަދި މާލޭމީހުން ނޫން ރަށްރަށުގެ ރައްޔިތުންނަކީވެސް ދިވެހިން. # މާލޭމީހުން ދަތުރުދާން (ހޮލިޑޭ އައިލަންޑް) ހަދަން ސަރުކާރުން އޮތީ ރަށެއް ކަޑައަޅާފަ. # ތިތަނަށް (ނަޖިސްފެން ހޮޅިއެއްގެ ނަޖިސް ބޭރުވާތަނަކަށް) ދައުލަތުގެ ބަޖޭޓުން ކޮންމެއަހަރަކު އެތައް މިލިޔަން ރުފިޔާ ޙަރަދު ކުރަން ނަހަދާ ތިތަނަށް ވެލިއަޅާފައި ގަސް އިންދާން ނުވަތަ ސަރަޙައްދުގެ މަގު ފުޅާކޮށް އަދި ޕާކިން ސްލޮޓް ހަދާ.
ކަމަން.
19 September 2021
ރަސް ފަންނާއި އާޓިފިޝަލް ބީޗަކީވެސް ބޭނުން ތަންތަނެއްނޫން. ބީޗަށް އެރެން ބޭނުން ނަމަ ވިލިގިއްޔަށާއި ހުޅުމާލެއަށް ދެވިދާނެ.
އިސްފާން
19 September 2021
އެއްމެފަހުން ގަދަވި ދުވަހު ރަސްފަންނަށް އޮތީ ވަރަށް ބޮޑަށް ރާޅުއަރައި ގެއްލުން ވެފައި..ގަދަ ވަޔާއި ރާޅާއިއެކު ތެޔޮހުސްކުރި ރީނދޫހަން ގިނަ އަދަދަކަށްހުރި ލައްގާފައި..އެތައް އުޅަނދެއް ކަނޑުމަތީ އޮބިނޯވެގެން ދިޔަ..ކޮންމެ ކަމެއް މީހުންގެ ބޮލަށް ބިންދަން ނޫޅޭ..