ޚަބަރު / މެމްބަރު މީކާއިލް އަހުމަދު ނަސީމް (ގަލޮޅު ދެކުނު)

ބަޖެޓުގައި ވެސް ނެތް އެއާޕޯޓެއް އަލިފުށީގައި އަޅަނީ މީހަކު ރުއްސަން: މީކާއިލް

08 ސެޕްޓެމްބަރ 2021 - 12:57

42 comments

ރ. އަލިފުށީގައި އެއާޕޯޓު އަޅަން ނިންމާފައި ވަނީ ވަކި މީހަކު ރުއްސަން ކަމަށާއި އެކަމަށް ރައްޔިތުންގެ ޓެކްސް ފައިސާ މިސްމެނޭޖް ކޮށްގެން ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ގައުމެއް ތަރައްގީ ކުރާއިރު ސަރުކާރުން އިސްކަން ދޭންޖެހޭ ތަރުތީބެއް އޮންނަން ޖެހޭ ކަމަށެވެ.

މާލޭގެ އެތައް ބަޔަކު ނިކަމެތި ހާލުގައި ބޯހިޔާވަހިކަމެއް ވެސް ނެތި ތިއްބާ ކުއްލިއަކަށް ސަރުކާރުން 451 މިލިއަން ރުފިޔާގެ އެއާޕޯޓެއް އެޅުމުގެ މަޝްރޫއު އިއުލާން ކުރުމުން އެ ރައްޔިތުންނާ ދެން ކުރިމަތިލާނީ ކިހިނެއްތޯ މީކާއިލް ސުވާލުކުރެއްވި އެވެ.

"ކޮންމެ ރެއަކުހެން ކުރު އަތް މައްޗަށް ބޯލައިގެން ހަތް ފޫޓު އަށް ފޫޓުގެ ކުޑަ ގޮޅިއެއްގައި އޮއްވައި ކުއްލިއަކަށް އެއާޕޯޓެއް އޮތް އަތޮޅެއްގެ 451 މިލިއަން ރުފިޔާގެ އެއާޕޯޓެއް އަޅަން ނިންމެވި ކަމަށް ސަރުކާރުން އިއުލާން ކުރި ހަބަރު މާލޭގެ މެންބަރުންނަށް އިވުމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް މޫނު ދައްކާލާނެ ގޮތެއް ރައީސް ވިދާޅުވެ ބައްލަވާ،" މީކާއިލް ވިދާޅުވި އެވެ.

އަލިފުށީ އެއާޕޯޓް މަޝްރޫއަކީ ބަޖެޓުގައި ވެސް ނެތް މަޝްރޫއެއް ކަމަށާއި ވަކި މީހަކު ރުއްސަން ރައްޔިތުންގެ ޓެކްސް ފައިސާ މިސް މެނޭޖު ކޮށްގެން ނުވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި ސަރުކާރުން ޓެކްސް ފައިސާ ހަރަދު ކުރަމުންދާ ގޮތާ ގުޅޭ ގޮތުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

"ރ. އަތޮޅުގައި އިފުރު ކިޔާ އެއާޕޯޓެއް މިހާރު ވެސް 15 މިނެޓުން ދެވޭ އެއާޕޯޓެއް އޮއްވައި 451 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް ހިންގާތީ ކޮން ޖަވާބެއްތޯ ދެވޭނީ،" މީކާއިލް ވިދާޅުވި އެވެ.

މާލެއިން ގެދޮރު ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން ގޯތި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 2008 ގައި ހިންގެވި "ވެށިފަހި" މަޝްރޫއު މި ސަރުކާރުން ވެސް ކުރިޔަށް ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވައުދު ވެފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

ނަމަވެސް ވެރިކަަމަށް ތިން އަހަރުވީ އިރު އެފަދަ އެއްވެސް މަޝްރޫއެއް ހިނގާފައި ނުވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި މާލެ ރައްޔިތުންނަށް ހާލަތު ރަނގަޅު ކޮށް ކޮންމެވެސް މިންވަރެއްގެ ތަސައްލީއެއް ދިނުމަށްޓަކައި ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ވެސް އެ މަޝްރޫއު ކުރިޔަށް ގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

42 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުފީދުބެ

11 September 2021

މާލޭ ރައްޔިތުންނަށް ކޮށްދޭންވީ ކަމަކީ ހުޅުލެއާ ގުޅީފަޅުން ގޯތިދީ އެއަރޕޯޓާ ބަނދަރު އެހެން އަތޮޅަކަށް ގެންދިއުން.

The name is already taken The name is available. Register?

ާައަލީ ލައިކް

09 September 2021

މީކޮޔަށް ނޭގެތަ ވޭތިދިޔަ 1000 އަހަރު. ވަންދެން ގައުމަށް ލިބުނު ހުރިހާ ލާރި ހަރަދުކޮށް ނިއްމީ މި ކިޔާ ފުރަމާލެ ތަރައްގީވެތޯކަން

The name is already taken The name is available. Register?

އެނދިމަރިޔަނބު

09 September 2021

ތިޔަ ބުނާ ތަރުތީބަކީ، ރައްރަށުގައި ވަޒީފާގެ ފުރުސަތެއް، ތައުލީމެއް، ބޭހެއް ފަރުވާއެއް ދެވޭނެ ގޮތެއް ނެތަސް މާލެއާ ވަށައިގެންވާ ހުރިހާ ރަށަކަށް ބްރިޖު އަޅާ، މާލެ ފުރެންދެން ޕާކާ މައިޒާން ތަކާ ސްނޯ ވެހޭ ތަންތަނާ ހެދުން ދޯ؟ މީކާއިލް މިދެން ކާކު ތަރުތީބު ކިޔާދޭން. އައްނިއަށް ކުރުނީސް ކުރުން މިކަލޭގެ ހުރި ހަމައެކަނި ހުނަރަކީ

The name is already taken The name is available. Register?

އަލި

08 September 2021

ހުރިހާ ފައިސާއެއް ހަރަދު ކުރަން ޖެހެނީ މާލެއަށްތަ؟.

The name is already taken The name is available. Register?

ފާރިހަތު ޖަލީލު

08 September 2021

2008 އާއި 2013 ގައި އަންނިއަށް އަހަރެން ވޯޓުލިން. އެކަމަކު ހިތާމަޔަކީ މީކާއީލްމެންކަހަލަ ތަޖުރިބާމަދު ކިޔަވައިގެން ތިބި ކުދިންލައްވާ ސިޔާސީ މިސްޓޭކް ހައްދަވާތީ. ސިޔާސީ ދާއިރާއަށް ނުކުންނަށް ޒުވާނުން މަގުއޮޅުވާލުން ހުއްޓާލެއްވުން ބުއްދިވެރި. ގައުމުގެ ކުރިމަގަކީ ޒުވާނުންކަމުގައި ދަންނަންޖެހޭ!

The name is already taken The name is available. Register?

އަފުރާސިޔާބު

08 September 2021

ރައްޔިތުންގެ ބޮޑު އާބާދީއެއް ބަނޑަށްބައިތިއްބާފައި އަދިއެމީހުންގެ ބޯހިޔާވަހިކަމަށް އެއްވެސްޚަރަދެއްނުކޮށް މާލޭވަށައިގެން ބްރިޖާއިޕާކްތައްއަޅައި މަގުތަކުގައިތާރުއަޅައި ސާފުފެންލިބޭނޭ ގޮތްހަދައި އިރުއިރުކޮޅާއެތައް ބިލްޑިންގެއް 25ބުރިއަށް އަޅަމުންދަނީ ރައްޔިތުންގެ ޓެކްސް ފައިސާ ވޭސްޓްކޮށް ރާއްޖޭގެރަށްރަށް ނިކަމެތިކުރުމަށާއި މާލޭގެ 4 އަވަށުން ނުކުތް 8 މެންބަރުން ރުއްސަންވެގެން ނޫންތޯ؟ އަދި ރާއްޖެތެރޭގެމީހުން މާލެގެނެސް ކުޑަގޮޅީގައިބަންދުކުރަނީ ނޫންތޯ

The name is already taken The name is available. Register?

ގާމަތި

08 September 2021

ސީދާ ޓެކްސް ފައިސާއިން ޅިޔަނައް ކުރާ ކަމެއް. ބޭކާރު ކަމެއް.

The name is already taken The name is available. Register?

1828

08 September 2021

ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ މާލޭ ކަނޑައަޅަން އެތައްޔާރުވަމުން އެދަނީ މާލޭ ރައްޔިތުންގެ ތާޢީދު ހޯދުމަށް. އެކަމުން 'ރާއްޖެތެރޭ' ރައްޔިތުންނަށް ލިބޭނެ ފަސޭހައެއް، މޮޅެއް އަދި މަންފާއެއް ނޯނާނެ. މިހާރު އެއްބުރަށް މާލޭ ކަނޑަށް ރައްޔިތުންގެ ޓެކްސް ފައިސާ އަޅައިފި. 'ރާއްޖެތެރޭ' ރައްޔިތުންނަށް ވީ ކަމެއް ހަތްހަރާމުން ހަރާމް. ހުރިހާ މޮޅެއް އޮތީ މާލޭ މީހުންނަށް.

The name is already taken The name is available. Register?

މައިކާލޯ

08 September 2021

ރާއްޖޭގެ އާމްދަނީގެ ބޮޑު % އެއް މާލެއަށް. ރާއްޖެތެރެ ތަރައްގީ ކުރީމަ ރާއްޖެތެރޭ މީހުންގެ ލޭ ނުބޮވޭނެ. އެއީ ވާގޮތަކީ.

The name is already taken The name is available. Register?

އަޑަފި

08 September 2021

ދެގެރި ތަޅަންޏާ ވާނީ މިހެން، ބާރުކުރާނީ ރައްޔިތުންގެ ޖީބައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454