ޔޫތު މިިނިސްޓްރީގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ މިނިސްޓަރު މަހުލޫފް ވާހަކަދައްކަވަނީ.-- ފައިލް ފޮޓޯ: މިހާރު
08 ސެޕްޓެމްބަރ 2021 - 19:00
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ވާދަކުރެއްވޭނެ ކަމަށް، އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
މިދިޔަ ހަފުތާގައި އިންތިހާބުކުރި އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ނިންމީ، މި މަހުގެ ފަހުކޮޅު ބާއްވާ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަކުރެއްވޭނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ވަކި ތުހުމަތުތަކުން ބަރީއަ ވެގެންވާ މީހުންނަށް ނޫނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ގައުމީ މަޖިލީހުން ނިންމުމުން، މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރެއްވުމަށް މަހްލޫފުގެ ޝަރުތު ހަމަނުވާ ކަމަށް އެ މަޖިލީހުގެ އިންތިހާބީ ޝަކުވާ ބަލާ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެހެންވެ، އޭނާ އެ މައްސަލަ އިސްތިއުނާފު ކުރެއްވީ އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގައުމީ މަޖިލީހުން ކަނޑައަޅާފައި ލިސްޓުގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނަށެވެ.
މަހްލޫފަށް ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތެވެ. އެ މައްސަލަ އޭސީސީން ބެލުމަށް ފަހު، ދައުވާ ކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވާފައިވީ ނަމަވެސް އަދި ދައުވާ ކުރާކަށް ކޯޓަކަށް ނުފޮނުވަ އެވެ.
ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން ވަޒީރުކަމުން ސަސްޕެންޑް ކޮށްފައިވާ މަހްލޫފު ކުރިން ވިދާޅުވެފައި ވަނީ ގައުމީ މަޖިލީހުގެ ދާއިރާތަކުގެ އިންތިހާބަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ނިންމުމުން ގަބޫލު ކުރައްވަނީ އެއީ އެ ޕާޓީން ކަނޑައަޅާފައިވާ އުސޫލާ ތައާރަޒުވާ ނިންމުމެއް ކަމަށެވެ. އެކަން ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް މަހްލޫފު އެވެ. އެ ކޮމިޝަނުން ވެސް ޝަކުވާ ނިންމީ އޭނާއާ އެއްކޮޅަށެވެ.
އީސީން ބުނެފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެމްބަރަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާ ނަމަ، އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެކަމަކު، އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެމްބަރުކަން ފިޔަވައި، ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައެއް ނެތެވެ.
މަހުލޫފުގެ އިތުރުން މާލޭ ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޝަރުތު ހަމަނުވާ ކަމަށް ވެސް އެ ކޮމިޓީން ނިންމި އެވެ. ނަމަވެސް ހުށަހެޅި ޝަކުވާ ބެލުމަށްފަހު ނިންމާފައި ވަނީ އަކްރަމަށް ވާދަކުރެއްވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުއްބާ
09 September 2021
އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހޭ؟؟؟؟ ހެހެހެހެހެހެ..... ތުއްތުކުދިން ބަތްކާކައްކާވެސް ކުޅޭނެ ކަލޭމެނައްވުރެ މޮޅައް...
ޣގފލ
09 September 2021
އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ. އެމްޑީޕީގެ ރިވެތި ހަމަތައް ނެތި ދަނީ.
ސިޔާސީ.
08 September 2021
މިއޮތީ މަހުލޫފް ކުރިމަތީ ކުޑަކަކޫ ޖަހާފައި!
ރަދީފުލް ކުމާރު
08 September 2021
މަހޭވެސް ކާފޫރަށްވަނީ ދެއްތޯ؟
ހޒވސ
08 September 2021
ވަށަފަރުމީހުން ނަންވާނީ
ރަޓުޚަބަރެ
08 September 2021
ދައުލަތް އޮރިޔާން ނުވެ، ތިޔަ މައްސަލަ ހައްލުވިކަން ނަސީބު. މަރުހަބާ މަހުލޫފް.
އޮނަރަބްލް އަފީފު ދީދީ
08 September 2021
ސާފުރީތި ލިޔެފައިވާ 21 ވަނަ ޤަރުނަށްފެތޭ ޑިމޮކްރަޓިކް އަސާސީ ޤަވާއިދެއް އޮވެމެ Zimbabwe African Nationale Union ޒެޑްއޭއެންޔޫ ފަދަ ޕާޓީއެއްކަމުގައި ވެގެން ހިގައްޖެ. # އެކުއެކީ ގުޅިގެން މިޤައުމުގައި އޮތް 30 އަހަރުގެ ވެރިކަން ބަދަލުކޮށް މަލްޓިޕާޓީ ޑިމޮކްރަޓިކް ނިޒާމަކަށް ދައުލަތް ފުރޮޅާލަން "އެމްޑީޕީގެ ކުޑައިގެދަށުގައި ތިބެގެން" ނިކުތްމީހުން ނިކުމެ ކުރިމަސައްކަތް ކަފުންކުރެވި ކުރީގެ ހާލަތަށް އަލުން އެބުރި ޤައުމު ރުޖޫއަވުމުގެ ކޮޅުމަތިތޯ މިއީ؟!
ނީޝާ
08 September 2021
ދެންއޮތީ ބޮޑު ިޔށނަާތުގެ ކޮރަޕްޝަންގެ މައްސަލަ، އެކަންވެސް ނިމޭއިރު ދައުވާއުފުލޭވަރަށް އުންސުރުހަމަނުވާނެ
ޢިބޫ
08 September 2021
ތީމާކުރިންވެސް އެނގޭކަމެއް، އެމްޑީޕީގެ އެއްވެސް ހަރަކާތެއްގަ ބައިވެރިނުވާބަޔަކު ގެނެސް ކޮމެޓީއަށް އަޅާލީ ތިކަމުގަ.
Nice
08 September 2021
އެމްޑީޕީ ނިމިއްޖެ. ކުރީގެ ރީތި އެމްޑީޕީ ބޭނުނީ