އައްޑޫ ސިޓީ ހިތަދޫގެ މަންޒަރެއް.
09 ސެޕްޓެމްބަރ 2021 - 11:44
އައްޑޫގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، އިއްޔެ އެކަނިވެސް އެ ސިޓީން 13 މީހަކު ވަނީ އަލަށް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
މިހާތަނަށް ޖުމުލަ 1،088 މީހަކަށް އައްޑޫގައި ކޮވިޑް ޖެހިފައިވާއިރު، އޭގެ އެތެރެއިން ރަނގަޅު ނުވެ ތިބި މީހުންގެ އަދަދު 309 އަށް އަރަ އެވެ. އެކްޓިވް ކޭސްތައް އެންމެ ގިނައީ މަަރަދޫގަ އެވެ. އެއީ 134 އެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ހުޅުދު އާއި މީދޫ މޮނިޓަރިން އަށް ލީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އައްޑޫން މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.
ކޮވިޑު ޖެހިގެން އައްޑޫން ހަތަރު މީހަކު މަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާނެދޯ
09 September 2021
އިންޑިއާގެ ކަންކަން އެހާ ކުރިއަށް ހިންގާލާ ތަނެއްގަ ކޮވިޑްވެސް ކުރިއަށްދާނެ.
އޮނަރަބްލް އަފީފު ދީދީ
09 September 2021
އައްޑޫގެ 40 ހާސް ރައްޔިތުނަށާއި އަވަށްޓެރި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންވެސް ހިދުމަތްހޯދާ އައްޑޫ Equatorial Hospital މުޅިން ކޮވިޑްގެމަސައްކަތަށް ހުސްކުރުމަކީ މިސަރަޙައްދުގައިތިބި އާންމުބަލިތަކަށް ފަރުވާހޯދާ ބަލިމީހުނަށް ވަރަށް ބޮޑަށް އުދަގޫ ކުރިމަތިވާނެ ކަމެއް. # މިކަން ހައްލުކުރުމަށްޓަކާ ކުރިން ރީޖަނަލް ހޮސްޕިޓަލް ހުރި އިމާރާތް ކޮވިޑް ފެސިލިޓީޒް އެއްގެގޮތަށް ހަދާންވީނޫންތޯ؟ އޭރުން ފަހުން މިތަން ދެކުނު ސެނަހިޔާ ހޮސްޕިޓަލަކަށް ބޭނުންކުރެވިދާނެ.
މާލޭ ކުއްޖެއް.
09 September 2021
އައްޑޫ އެންމެން ތިބީ މާލޭގައި. ދެން ކީއްކުރާ ހޮސްޕިޓަލެއް އައްޑޫގައި އަޅަނީ.
އިބިރިހިންބެއްޔާ
09 September 2021
ދެރަ ދެރަ ދެރަ. އައްޑޫގެ ދުވަސް ދުއްވާލަން ޓޫރިޒަމް މިނިސްޓްރީން ކޮވިޑް-19 އައްޑުވަށް އިމްޕޯޓްކުރިޔަދިނީ އެކޭ މަށަކުވާ ނުބުނާނަން.
މަސްވެރިޔާ
09 September 2021
ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން އަތޮޅުތަކަށް ފެތުރެން ދިމާ މިވީ. އައްޑޫ މީހުންގެ ޖީބަށް ޕައުންޑު ވައްދަންބުނެ ގަތްގަޑުން ޖީބަށްވަނީ ރުފިޔާކޮޅަކާއި ރުޕީސްކޮޅެއް. ހަށިގަޑަށް ކޮވިޑު-19 ވައިރަސް. ތާހިރެއްނޫންތޯ.