ޚަބަރު / ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު

އަދީބަށް ދައުވާ ނުކޮށް އަޅުގަނޑަށް ދައުވާ ނުކުރެވޭނެ: ޖިހާދު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު: ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް ދައުވާ ނުކޮށް އޭނާގެ މައްޗަށް ދައުވާ ނުުކުރެވޭނެ ކަމަށް ޖިހާދުގެ ފަރާތުން ވަނީ ބުނެފައި -- ހުސެއިން ވަހީދު/ މިހާރު

ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން ހެދި ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ މައްސަލައިގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ދައުވާ ނުކޮށް އެހެން އެއްވެސް މީހަކަށް ދައުވާ ނުކުވޭނެ ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ޖިހާދުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެގްރީމެންޓެއް ހަދަން ނިންމާފައި އޮއްވައި، ސަރުކާރުގެ ހިއްސާ އެ އަށް ވުރެ ކުޑަކޮށް ކުންފުނި ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެކު ސޮއިކުރުމުންނެވެ. އެހެންވެ، ދައުލަަތަށް ލިބެން އޮތް ފައިދާއެއް ގެއްލުން ކަމަށް ބުނެ ޖިހާދުގެ މައްޗަށް ދައުވާކުރީ އެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އޮތީ ޖިހާދުގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރީގެ ހުށަގެޅުންތައް ހުށަހެޅުމެވެ.

އެ މަނިކުފާނުގެ ފަރާތްޕުޅުން ބުނީ، ފުށިދިއްގަރު ފަޅުގެ މަޝްރޫއުގެ މަރުހަލާތަކުގައި އެންމެ އިސްކޮށް އުޅުއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު ކަމަށެވެ. އެއްބަސްވުން ޑްރާފްޓު ކުރުމުގައި ވެސް އަދީބު އުޅުއްވި ކަމަށް ޖިހާދުގެ ފަރާތްޕުޅުން ކޯޓުގައި ބުންޏެވެ. ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަދީބު ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއްގައި އެއްބަސްވުުން އެކުލަވައިލުމާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައި ވާތީ އެކަން ވެސް ޖިހާދުގެ ފަރާތްޕުޅުން ފާހަގަކުރި އެވެ.

އެހެންވެ، މި މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ ނުކޮށް، އެހެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށާއި ލިޔުންތަކަށް ބަލާއިރު އަދީބުގެ ބައިވެރިވުން ޖިހާދަށް ވުރެ ބޮޑު ކަމަށް ވެސް ޖިހާދުގެ ފަރާތްޕުޅުން ބުނެ އެވެ.

"ދައުވާގައި ފާހަގަކުރާ މި މަޝްރޫއުގެ ތެރޭގައި ޖިނާއީ ކުށެއްގެ އަމަލަކާ ގުޅިގެން ދައުވާކުރާ ނަމަ އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުވާނުކޮށް އެހެން ފަރާތެއްގެ މައްްޗަށް ދައުވާ ކުރެވޭނެ ކަމަަކަށް ނުދެކެމެވެ." ޖިހާދުގެ ހުށަހެޅުމުގައި ވެ އެވެ.

މި މައްސަލައިގައި ހެކިވެރިއެއްގެ ގޮތުގައި އަދީބު ބަލައިނުގަތުމަށް ވެސް ޖިހާދު އެދިވަޑައިގަތެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ތަހުގީގުގެ އެކި މަރުހަލާތަކުގައި އެކި ގޮތަށް އަދީބު ވާހަކަފުޅު ދައްކަވާފައި ވާތީ، އެ މަނިކުފާނުގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދިފައި ވުމެވެ. އަދި އެއް ޖަރީމާއަކާ ގުޅިގެން ތުހުމަތު ކުރެވޭ މުއްތަހަމުންގެ ތެރެއިން އެއް މުއްތަހަމަކު އަނެއް މުއްތަހަމަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުން ފަދަ ހާލަތުތަކަކީ ހެކިވެރިޔާގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުން މަނާ ވެގެންވާ ހާލަތުތަކެއްކަން ސުޕްރީމް ކޯޯޓުގެ 2012 ވަނަ އަހަރުގެ ގަޒިއްޔާއެއްގައި ނިންމާފައި ވުމެވެ.

ހެކިވެރިއެއްގެ ގޮތުގައި އަދީބު ބަލައިނުގަތުމަށް އެދިވަޑައިގަތުމުގެ އިތުރުން، ކިތާބީ ހަ ހެއްކެއް ބަލައިނުގަތުމަށް ޖިހާދުގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. އޭގެ ތެރޭގައި ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ޖިހާދު އެސެޓް ރިކަވަރީ ކޮމިޝަނަށް ދެއްވާފައިވާ ބަޔާނާއި މަޝްރޫއާ ގުޅޭ ލިޔުންތަކާއި ރައީސް އޮފީހުގެ ސިޓީއެއް ވެސް ހިމެނެ އެވެ.

މުހިންމު އެހެން ހުށަހެޅުންތަކެއް

އެސެޓް ރިކަވަރީ ކޮމިޝަނުން ދައުވާ ކުރަން ފޮނުވާއިރު، ރައީސްގެ ލަފާ ހޯދަން ޖެހޭ ކަމަށް ގާނޫނުގައި ބުނާ އިރު އެކަން ކޮށްފައި ނުވާ ކަމަށް ބުނެ ވެސް ޖިހާދުގެ ހުށަހެޅުމުގައި ވެ އެވެ.

މީގެ ކުރިން އޭސީސީން ނިންމާފައި އޮތީ މި މައްސަލައިގައި ޖިހާދު ކުށެއް ކުރި ކަމުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް، އެގޮތަށް ނިންމާފައި އޮއްވައި މައްސަލަ އަލުން ތަހުގީގު ކުރަން އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމި އެވެ.

އެކަމާ ގުޅިގެން ޖިހާދުގެ ފަރާތްޕުޅުން ބުނީ، ކޮރަޕްޝަން ނައްތައިލުމަށް ގާނޫނުއަސާސީން މުސްތަގިއްލު އެންޓި ކޮރަޕްޝަން ކޮމިޝަނެއް އުފައްދައި އެ މަސްއޫލިއްޔަތު އެ ކޮމިޝަނާ މަތިކޮށްފައިވާއިރު، އެ ކޮމިޝަނުން ނިންމާ ނިންމުންތައް ބަދަލުކޮށް، އެ ނިންމުންތަކުގެ ބާރު ކެނޑޭ ފަދަ ގޮތަކަށް ނުވަތަ އެ ކޮމިޝަނުގެ މުސްތަގިއްލުކަން ނެތިދާ ފަދަ ގޮތަކަށް ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފުވުން ކަމަށެވެ.

މީގެ ކުރިން އޭސީސީން ތަހުގީގުކޮށް ނިންމާފައި ވަނިކޮށް، އަލުން ތަހުގީގުކޮށްފައި ވަނީ އެ ފަދަ ކަންކަމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ވެސް ބުންޏެވެ. އެގޮތުން ރާއްޖޭގައި މައްސަލައެއް އަލުން ތަހުގީގު ކުރަން އަންގާނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށާއި އެކަމަކު ޖިހާދުގެ މައްސަލަ އަލުން ތަހުގީގު ކުރީ ޕްރޮސެކިއުޓާ ޖެނެރަލް އަންގަވައިގެން ނޫން ކަމަށް ޖިހާދުގެ ހުށަހެޅުމުގައި ވެ އެވެ. އޭގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން އަލުން ތަހުގީގު ކުރަން ނިންމީ އާ ކޮން ހެކިތަކެއް ލިބިގެން ކަމެއް ވެސް ސާފު ނުވާ ކަމަށް ވެ އެވެ.

ކުރާ ދައުވާއެއްގައި އެ މީހާ ކުރި ކަމަށް ބުނާ ކުށް ބަޔާންކުރުމުގެ އިތުރުން، އެ މީހާ ހިންގި ކަމަށް ބުނާ އަމަލާއި އޭނާ އެ ކުށް ކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާންކުރުން ލާޒިމު ކޮށްފައިވާއިރު ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެ ކަންކަން ފުރިހަމަކޮށްފައެއް ނުވާ ކަމަށް ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ބުންޏެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް، ފަހުން އެކުލަވައިލި ގާނޫނުލްއުގޫބާތުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާ ކަމަށާއި އެހެންވެ، ގާނޫނުލްއުގޫބާތުގެ ކުރިން އެކުލަވައިލި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ވެސް ޖިހާދުގެ ފަރާތްޕުޅުން ބުނެ އެވެ.

އޭގެ އިތުރުން ނޭޝަނަލް ޕްލޭނިން ކައުންސިލުގެ ނިންމުމަކާ ޖިހާދު ހިލާފުވެވަޑައިގެންނެވި ކަމަށް ދައުވާގައި ބުނާ އިރު އެފަދަ ކަމެއް އެ މަނިކުފާނު ކުރެއްވި ކަން އެއްވެސް ލިޔުމަކުން އެނގެން ނެތް ކަމަށް ވެސް ބުންޏެވެ.

ޖިހާދުގެ ހުށަހެޅުންތައް ނިމުމުން، ބުރާސްފަތި ދުވަހުގެ ޝަރީއަތުގައި އިތުރު ވަގުތު ނެތުމުން އެ ދުވަހު އެހެން ބައެއް ކުރިއަށް ނުގެންގޮސް އަޑުއެހުން ނިންމައިލީ އެވެ. އަދި އެ ހުށަހެޅުންތަކަށް ދައުލަތުން ރައްދެއް ނުދެ އެވެ.

ޖިހާދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާއިރު، އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގައި އެ މަނިކުފާނު ވަނީ ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެން ސަރުކާރާ ދެކޮޅަށް އަޑު އުފުއްލަވައިފަ އެވެ. ޖިހާދު ވިދާޅުވީ، މަގުމައްޗަށް ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ސަރުކާރުގެ އަނިޔާތަކަށް ކެތް ނުކުރެއްވިގެން ކަމަށެވެ.

17 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބިލި

11 September 2021

ކުށެއް ކުރިކަން ސާބިތުވާ ކޮންމެ މީހަކަށް ގާނޫނުގައިވާ އަދަބު ލިބެންޖެހޭނެ. ގާނޫނުކުރިމަތީގައި އެންމެންވެސް ހަމަހަމަވާނެ. އެއީ ޑިމޮކްރަސީއަކީ. ނޫ ގާނޫނު އަސާސީ ކަމު ނުގޮސްގެން ފެހި ގާނޫނު އަސާސީއެއް ގެނައީވެސް މިބޭނުމުގައި. ނަމަވެސް ކަން ހިނގާމަގަކީ ހަމަކުރިއެކޭ ވެސް އެއްގޮތަކަށް. 1 ބިލިޔަން ރުފިޔާއިން ވައްކަންކުރި މީހާ ގޭގައި ބަހައްޓާފައި. އަދި ހެއްވާ ކަމަކީ މިހާރު މިވާހަކަ ދައްކާ ބަޔަކުވެސް ނެތްކަން!

The name is already taken The name is available. Register?

އޮނަރަބަރު

11 September 2021

އަދީބަށް ދައުވާ ނުކޮށް އަޅުގަނޑަށް ދައުވާ ނުކުރެވޭނެކަމަށް އެއްވެސް ގާނޫނެއްގައި ލިޔެވިފައޮތީތޯ؟ އަނގަބަހުގެ ގާނޫނު ހިންގަން އުޅުއްވާނެކަމެއްނެތް އިނގޭތޯ.

The name is already taken The name is available. Register?

Happy 123

11 September 2021

ޢަދީބަށް ދައުވާ ކޮށްފަދޯ އެޔޮތީ...!!!

The name is already taken The name is available. Register?

ނާމްދި ކާނޫ

11 September 2021

ޖިހާދު މިހާރު ކޮންވާހަކައެއް ދައްކަވާކަށްތޯ؟ އެއިރުގެ ސަރުކާރުން ހިންގިހާ "ނުކިއްސަރު" ހުރިހާކަމެއް ހިންގިކަމަށްވެސް ނަހަދާ މަގާމުގެ ދަހިވެތި ކަމުގައި ހުރީ ނޫންތޯ؟

The name is already taken The name is available. Register?

ދިސްވޭއޭދޯ

11 September 2021

ސަރުކާރުން އެކުލަވާލާ އެއްބަސްވުން ދެއިރު ދެދަޅަ އަށް ބޭސް ކާ ގޮތަށް ބަދަލު ކުރަން އެންމެ ބޮޑަށް ބާރު އަޅަނީ އަބަދުވެސް ފިނޭންސް މިނިސްޓަރޭ މިހާރު ހުރި ފިނޭންސް މިނިސްޓަރު ވެސް ކަން ކުރަނީ އެހެންނޭ މިހެން ވުމުގެ ސަބަބުން ރާއްޖޭގެ ސަރުކާރުގެ އަގުވެއްޓި ރާއްޖެ އަށް އަންނަން އޮތް އިންވެސްޓަރުން ދަނީ ގެއްލެމުންނޭ ރަށްތަކާއި ފަޅު ތައް ރިސޯރޓް ހަދަން ދޭންވީ ޓޫރިޒަމް މިނިސްޓްރީ އަކަށް ނޫން އެކަން ކުރަންވީ ރައީސް އޮފީހުން ވަޒީރުންގެ މަޖްލީހުންނޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 September 2021

ޖިހާދު ހީފުޅުކުރައްވަނީކަން ނޭގެ އެބޭފުޅާ އެހުންނެވީ 17 ނޮވެމްބަރު 2013 އިން 17 ނޮވެމްބަރ 2018 އަށް އޮތް ވެރިކަމުގެ ދައުރުގެ ތެރޭގައި ކަމަށް. # އެކާވީސް ވަނަ ޤަރުނުގައި ޑިމޮކްރަޓިކް ޤައުމެއްގެ ނައިބު ރައީސުކަން ކުރެއްވެވި މީހަކު ޝަރުއީ ނިޒާމަށް ގޮންޖައްސަވާފައި ދައުވާ ކުރެވޭނެގޮތް ކިޔާދެއްވަމުން "މުޖުރިމު މީހާއަށް" ދައުވާ ކުރަންޖެހޭނެ ގޮތް ބުނެދިނުމުގެ ބާރު ލިބޭފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ޙަޤީގަތުގައިވެސް ބިރުވެރިކަން ސިފަވެގެންދާކަމެއް.

The name is already taken The name is available. Register?

ހައި ލަމް

11 September 2021

ބުނި ގޮތަށް ހަދާ ދެވޭތޯ ބަލާނަން

The name is already taken The name is available. Register?

ޖަހުލު

11 September 2021

އޯކޭ. ދެމީހުން ވެސް ކުޑަގޮޅި އަށް ވައިޖައްސަން ދާން ފެނޭ

The name is already taken The name is available. Register?

އަބްޑޫޅް

11 September 2021

"...އަދީބުގެ ބައިވެރިވުން ޖިހާދަށް ވުރެ ބޮޑު ކަމަށް..." މި ވެވުނީ އިއުތިރާފެއް. ދެމީހުންގެވެސް ބައިވެރިވުން އޮތީމަ އެކަކުގެ ބައިވެރުވުން އަނެކަކުގެ ބައިވެރިވުމަށް ވުރެނަ ބޮޑު ކަމުގަ ބުނެވޭނީ. ލޯ ކިޔެވީ ކޮން ތަނަކުން؟

The name is already taken The name is available. Register?

ގުއި އުބުށޭމު

11 September 2021

މައްސަލަ ވަރަށްސާފެވެ. ތިޔަދިންރައްދު ތިޔަމައްސަލައިގެ "ސާބިތުނުހިފޭ" ހެއްކަކަށް ފުދެއެވެ. އަޅުގަނޑަށް ނެގުނުމާނައަކީ އަދީބުއަށްކުރި ދައުވާތަކާއި ކުރިހުކުމްތައް ތިބޭފުޅާގެ މައްޗަށްކުރުންވެސް ލާޒިމުވާވާހަކަ ނޫންތޯއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454