ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ހުރިހާ ކުޅުންތެރިން ވެސް ނެގެޓިވް، ގަތަރުގައި ޓްރޭނިންތައް ފަށައިފި

ގައުމީ ޓީމުން ރޭ ގަތަރުގައި ކުރިއަށް ގެންދިޔަ ޓްރޭނިންތަކުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ، ރާއްޖޭގެ ގައުމީ ޓީމުން، ގަތަރުގައި ކޭމްޕްކޮށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު، ހުރިހާ ސާމްޕަލެއް ނެގެޓިވްވުމުން ޓްރޭނިންތައް ފަށައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސޯޝަލް މީޑީއާގައި ވިދާޅުވެފައި ވަނީ ކުޅުންތެރިންނާއި އޮފިޝަލުންގެ ސާމްޕަލް ވެސް ނެގެޓިވް ކަމަށެވެ. ޓީމު މާލެއިން ފުރުމުގެ ކުރިން ވެސް ޓީމުގެ ކުޅުންތެރިން ވަނީ ދެ ފަހަރަށް ކޮވިޑް ޓެސްޓް ހައްދައިފަ އެވެ.

ފުރަތަމަ ޓެސްޓް ހެއްދީ، ހެޑު ކޯޗް އަލީ ސުޒޭން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. އޭރު ހެއްދި ޓެސްޓްތަކުން ވެސް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެސްޓް ވެސް ދެއްކީ ކޮވިޑަށް ނެގެޓިވް ކަމަށެވެ.

ސުޒޭން މިހާރު ހުރީ ހޯމް ކަރަންޓީންގަ އެވެ. އޭނާ ނެތުމުން ޓީމުގެ ޓްރޭނިންތައް ލީޑު ކުރާނީ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ސީނިއާ ޓީމުގެ ޓްރޭނިންތައް ކުރިއަށް ގެންގޮސްފަ އެވެ. ގައުމީ ޓީމުގެ އެސިސްޓެން ކޯޗުކަން 2015-2017 އަށް ކުރި އިންމަ ވަނީ، ކުރީގެ ކޯޗު ރިކީ ހާބަޓް މަގާމުން ވަކި ވުމުން އިންޓަރިމް ކޯޗެއްގެ ގޮތުގައި ބައެއް މެޗުތަކުގައި ޓީމަށް އިރުޝާދު ދީފަ އެވެ. އޭގެ ކުރިން ހުރި ކޯޗު ވެލިޒާ ޕޮޕޯވް މަގާމުން ވަކި ވުމުން ވެސް ޓީމަށް އިންމަ އިރުޝާދު ދިނެވެ.

ގައުމީ ޓީމުން ރޭ ގަތަރުގައި ކުރިއަށް ގެންދިޔަ ޓްރޭނިންތަކުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ރާއްޖެ އަކީ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. މިފަހަރުގެ މުބާރާތަށް ރާއްޖެ ކުރިމަތިލަނީ ސާފް ޗެމްޕިއަންޝިޕް ދެ ފަހަރަށް ރާއްޖެ އަށް ހޯދައި ދިނުމުގައި ހިއްސާވި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ޓީމުން ބާކީ ކުރުމަށް ފަހު އެވެ. ލަންކާ އާއި ރާއްޖެ ގުޅިގެން 2008 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބު ކޮށްދިނުމުގައި ބަކާ ވަނީ އޭރު ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުގައި ވެސް އޭނާ ހިމެނުނެވެ.

މި ފަހަރު ގައުމީ ޓީމުން ބާކީ ކުރުމުން، ބަކާ ބުނެފައި ވަނީ އޭނާ ގައުމީ ޓީމުން ބާކީކުރީ އިންސާފުން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އޭނާގެ އިތުރުން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު މުހައްމަދު އިރުފާން (އިރޭ) ވެސް ވަނީ ސްކޮޑުން ބާކީ ކޮށްފަ އެވެ. ދެން ސްކޮޑުން ބާކީ ކުރީ ދެ ޑިފެންޑަރުން ކަމަށްވާ މުހައްމަދު ސާއިފް އާއި މުހައްމަދު އަޖުފާން އެވެ. ޓީމުގެ މިޑްފީލްޑާ އިމްރާން ނަޝީދު އާއިލީ ކަަމެއް ދިމާވުމުން ޓީމާ ވަކިވާން ޖެހުނީ އެވެ.

ގަތަރުގައި ގައުމީ ޓީމުގެ ފުރަތަމަ ޕްރެކްޓިސް ފެށުމުގެ ކުރިން އެސިސްޓެންޓް ކޯޗް އިސްމާއީލް މަހްފޫޒު ކުޅުންތެރިނާ ވާހަކަ ދައްކާލަނީ --- ފޮޓޯ: އެފްއޭއެމް

ގަތަރުގެ ޓްރޭނިން ކޭމްޕަށް ފަހު ޓީމު މާލެ އަންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 1 ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު 7 ގަ އެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 13 ގައި ރާއްޖެ ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.

ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިފަހަރުގެ މުބާރާތުގައި ބޫޓާން އާއި ޕާކިސްތާން ވާދައެއް ނުކުރާނެ އެވެ. މުބާރާތުގައި ވާދަ ނުކުރަން ބޫޓާން ނިންމީ އެ ގައުމުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން ގައުމުން ބޭރަށް ފުރައިގެންދާން ފުޓްބޯޅަ ޓީމަށް ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާ ސަސްޕެންޝަނުގަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާބާ

12 September 2021

ކަލޯގެއާ އަދި ޕްރެކްޓިސް މެޗުގަޑެއްވެސް ނުކުޅޭދޯ، ޓީމުގެ އެވްރެޖް އުމުރު ކިހާވަރެއްބާ! ވަރަށް ޒުވާން ކުޅުންތެރިންގެ ޓީމެއް އެކުލަވަމުން ދަނިކޮށް 30 މަތީ ފަސްވަރަކަށްމީހުން ޓީމަށް ގެނައިމަ ދެންކިހިނެއްވާނެ. އެމީހުންގައި ޕްރެސްކޮށްގެއް ދުވާނެ ވަރެއްނުހުންނާނެ. އެއުޅޭ ޅަކުދިން ދުވެދުވެ ލޮޑުވެ މުޓިޓީމަށް އޭގެ އަސަރުކުރާނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454