އެޕަލް އިވެންޓުގައި ދިރާގުގެ ލޯގޯ ދައްކާލަނީ--
15 ސެޕްޓެމްބަރ 2021 - 14:30
ދުނިޔޭގައި ކޮންމެ އަހަރަކު ވެސް ބާއްވާ އެންމެ ބޮޑު އިވެންޓް، އެޕަލްގެ އިވެންޓްގައި ރޭ ދިރާގުގެ ލޯގޯ ދައްކާލައިފި އެވެ. އެޕަލްގެ އާ އުފެއްދުންތައް ދައްކާލަން ރޭ ބޭއްވި އިވެންޓް ދުނިޔޭގެ އެކި ހިސާބުން 1.8 މިލިއަން މީހުން ވަގުތުން ބެލި އެވެ.
މިއީ ދިވެހި ކުންފުންޏެއްގެ ލޯގޯ އެޕަލް އިވެންޓެއްގައި ދައްކާލި ފުރަތަމަ ފަހަރެވެ. ދިރާގުގެ ލޯގޯ ދައްކާލާފައި ވަނީ ބައިނަލްއަގުވާމީ ބޮޑެތި ޓެލެކޮމިއުނިކޭޝަން ބްރޭންޑުތަކުގެ ތެރެއިން ބައެއް ބްރޭންޑްތަކާ އެކު އެވެ.
އެ ކުންފުނީގެ ލޯގޯ ދައްކާލީ މި ވަގުތު ދުނިޔޭގައި 5ޖީ ނެޓްވޯކުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތައް ދައްކާލުމުގެ ތެރޭގަ އެވެ. ދިރާގަކީ ދެކުނު އޭޝިއާގައި ވެސް އެންމެ ފުރަތަމަ 5ޖީ ތައާރަފު ކުރި ކުންފުންޏެވެ.
ފައިވްޖީ ޓެކްނޮލޮޖީއަކީ އަދިވެސް ޑިވެލޮޕްވަމުން އަންނަ އެއްޗަކަށްވާއިރު ދިރާގު ފަދަ ލޯކަލް ކުންފުންޏަކުން މި ހިދުމަތް ދިނުމަކީ ރާއްޖެ އަށް ވެސް ލިބޭ ރީތި ނަމެކެވެ. އެގޮތުން، 5ޖީ ފޯރުކޮށްދޭ ދުނިޔޭގެ މަދު ޓެލެކޮމް ކުންފުނިތަކުގެ ތެރޭގައި ދިރާގު ހިމެނުމަކީ އެ ކުންފުންޏަށާއި ރާއްޖެ އަށް ވެސް ލިބޭ ފަހުރެއް ކަމަށް ދިރާގުން ބުންޏެވެ.
އެޕަލް އިން ރޭ ތައާރަފު ކުރި އައިފޯން 13ގެ ފޯނުތަކަކީ 5ޖީ ނެޓްވޯކު ބޭނުން ކުރެވޭ ފޯނުތަކެކެވެ. އެ ކުންފުނިން މިދިޔަ އަހަރު ނެރުނު ފޯނުތަކުގައި ވެސް ދިރާގުގެ ކަސްޓަމަރުންނަށް 5ޖީ ބޭނުން ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
16 September 2021
[ދިރާގު: ޕަބްލިކް ޝެއާ %6.2 ، ދިވެހި ސަރުކާރު %41.8 ، ބަޓެލްކޯ - ބަހްރެއިން %52] . {އުރީދޫ މޯލްޑިވްސް: Wataniya International FZ-LLC 90.5% ، މޯލްޑިވްސް ޕެންޝަން އޮފީސް %5.64 ، ޕަބްލިކް ޝެއާ %3.86} (މިތަނުން ބޮޑަށް ދިވެހިވަނީ ކޮން ކުންފުންޏެއް ތޯ ކިޔުންތެރިން ނިންމަވާ.
އަލީނަސީރު
15 September 2021
ތެދެއް މީޑިއާ ނެޓް ވެސް އެބައިން . އަނެއްކާ މިގޭ ކަންމަތީގަ ފޯނު ހަދާ ބޮންދުގެ ޓެލެ ޝޮޕްވެސް އެބައިން. އަހަރެން ވަރަށް އުފާވެއްޖެ އެފަދަ ނިކަމެތި ބޮންދެއް އުޅޭ ފިހާރައިގެ ނަން ފެނިފައި. އުފަލުން ރޮއްވިއްޖެ
ޣަނީ
15 September 2021
އުރީދޫވެސް ފެނޭބަ
އެނދިމަރިޔަނބު
15 September 2021
ހިތާމައަކީ 5ޖީ މާލެއިން ތަންކޮޅަކަށް ދީފަ ފޮނިކަނޑާއިރު، ހޯމް އިންޓަރނެޓް ގިނަ ރައްރަށަށް ނުލިބޭކަން، އަދި މޮބައިލް ޑޭޓާ ބައެއް ރައްރަށުގެ އަތިރިމަތިން އެކަނި ލިބެނީ.
ސުހޭލު
15 September 2021
ދޮގު1: ދިރާގުގެ 50 ޕަސެންޓަށްވުރެ ގިނަ ހިއްސާ ރާއްޖެއިން ބޭރު. އެޕަލް ގެ 0.0001 ހިއްސާ ދިވެއްސެއްގެ އަތުގައި އޮތީމާ ބުނެވޭތަ ދިވެއްސެއްގެ ކުންފުންޏެކޭ. ދޮގު2: ޖޯން އެފް ކެނެޑީ ވަޅުލުން ދުނިޔޭގެ 180 މިލިއަން ބެލިކަމަށް ރެކޯޑްކުރެވުނު. ވަކި ކަމަކުން އެންމެ ބޮޑު އިވެންޓަކަށް ވާނެ އެޕަލްގެ އިވެންޓް.
ދޮން މަނިކު
15 September 2021
މަރުހަބާ ދިރާގު. އުރީދޫ އަށް މިއީ އާ ކަމެއް ނޫން.
ކަހުރަބު ޖިންނި
15 September 2021
މާ ތާހިރު ވާނެ އަގުހެޔޮ ކުރިއްޔާ
އާދަނު123
15 September 2021
އުރީދޫ ލޯގޯ ވެސް އެބައިން ބޯޑްގެ އެންމެމަތީ ބަރީގަ އެކަމު ދިވެހި ރާއްޖޭގެ ކުންފުޏެއްގެ ގޮތުގާވާ ދީރާގު ލޯގޯ އިނުމަކީ ހުރިހާ ދިވެހިންނަށް ލިބޭ ފަހުރެއް
ދިރާގު
15 September 2021
ދިރާގު އެއީ ރާއްޖެ ކުންފުންޏެއް ނޫން
އިސްމާއީލް ވ
15 September 2021
ތެދެއް، އަންނި އަރާފަ އެވެސް ވިއްކާލީ އަރަބިންނަށް. އަރަބިން އައި ފަހުން އެތާ މީހުންނަށް ދެނީ ގޯސް މުސާރަ. ވަރަށް ކަޑަ ކަމަށް ވަނީ
މައިރާ
15 September 2021
މީޑިޔާނެޓްވެސް އެބައިން