ސިވިލް ސާވަންޓުންގެ މުސާރަ ކުޑަ މައްސަލައިގައި އިއްޔެ ކުރި އިހުތިޖާޖުގައި ބައިވެރި މީހަކު އޭނާގެ އާމްދަނީގެ ހާލަތު އަންގައިދޭ ޕޯސްޓަރެއް ހިފައިގެން.
20 ސެޕްޓެމްބަރ 2021 - 11:55
ސިވިލް ސާވަންޓުންނަށް މިދިޔަ 36 އަހަރުގެ ތެރޭގައި ނުލިބުނު މުސާރައިގެ ހައްލު މި ސަރުކާރުން ހޯދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި އިއްޔެ ބައެއް މުވައްޒަފުން ކަޅު ހެދުމުގައި ކުރި އިހުތިޖާޖުގެ ތެރެއިން، ހިދުމަތުގައި 36 އަހަރު ހޭދަކުރިއިރު ވެސް މުސާރަ ހުރީ 4،465ރ ގައި ކަމަށް ބުނެ މީހަކު ހިފައިގެން ހުރި ޕޯސްޓަރެއްގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ އެހެން މެމްބަރަކު މިއަދުގެ ޖަލްސާގައި ނެންގެވުމުން އެ އަށް ރައްދު ދެއްވަމުންނެވެ.
ސިވިލް ސާވެންޓުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އެ މުވައްޒަފުގެ އުދާސްތަކާ ގުޅުވައިގެން ޔައުގޫބު ވިދާޅުވީ، އެތައްއެތައް ސަރުކާރެއް ފާއިތުވެގެން ދިޔަ 36 އަހަރުގެ ތެރޭގައި ނުލިބުނު މުސާރައިގެ ހައްލު މި ސަރުކާރު ހޯދައިދޭނެ ކަމަށެވެ.
އެ ކަންކަން ހައްލު ކުރުމަށް ޕޭ ކޮމިޝަނާ މިހާރު ހަވާލުކޮށްފައިވާ މަސައްކަތް، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ނިންމައި ގެންނަން ފެންނަ ބަދަލުތައް ބަޖެޓުގައި ހިމަނައިގެން މަޖިލީހަށް ހުށަހެޅުމަށް ޔައުގޫބް އެދިވަޑައިގަތެވެ. އަދި އެކަން އެގޮތަށް ނުކުރެވޭ ނަމަ މުސާރަ ރަނގަޅު ކުރުމަށް އިތުރު ވަސީލަތްތައް ބޭނުން ކުރުމަށް ޔައުގޫބު ގޮވައިލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޔައުގޫބް ވާހަކަ ދައްކަވަނީ.
ޔައުގޫބު ވިދާޅުވިގޮތުގައި، ސިވިލް ސާވިސް މުވައްޒަފުންގެ ތެރޭގައި ހިމެނޭ ޓީޗަރުންގެ މުސާރަ އަށް ވެސް ވަރަށް ބޮޑަށް ފާރަވެރިވެ، ރަނގަޅު ބަދަލެއް ގެންނަންޖެހެ އެވެ. ޓީޗަރުންގެ މިހާރުގެ މުސާރައަކީ އެ މީހުން ކުރާ މަސައްކަތާ ނުބައްދަލު އަދަދެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ހަމަ އެއާއެއްކޮށް އަޅުގަނޑު ޝުކުރުވެރިވަން ޓީޗަރުންގެ ސެޓްފިކެޓް އެލަވަންސް އެ ހިފެހެއްޓިފައި އޮތް ހިފެހެއްޓުން ދޫކޮށްދެއްވީތީ. އަދި މީގެ ކުރިން ޓީޗަރުންގެ ސެޓްފިކެޓް އެލަވަންސަށް ލިބެމުން އައި އެ އެލަވަންސް ހިފެހެއްޓިފައި އޮތް މުއްދަތައް ވާ ފައިސާ ވެސް ވީހާ ވެސް އަވަހަކަށް ޓީޗަރުންނަށް އަނބުރާ ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވަން،" ޔައުގޫބު ވިދާޅުވި އެވެ.
ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލައި ކަޅުހެދުމުގައި އިއްޔެ އިހުތިޖާޖު ކޮށްފައިވާއިރު، ބައެއް ސިވިލް ސާވަންޓުން މިއަދު އޮފީހަށް ނުނިކުމެ ބައެއް އޮފީސްތައް ވަނީ ހުއްޓިފަ އެވެ.
ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި މުސާރައިގެ ފަރަގު ނައްތާލައި، އެއް ހަމައަކުން މުސާރަ އާއި އިނާޔަތްތައް ދެވޭނެ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އޮނިގަނޑަށް މުއައްޒަފުން ބަދަލު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބީބު
21 September 2021
މުސާރައަކީ ހަމައެކަނި އުޅޭ މުއްދަތައް ބަލައިގެން ބޮޑުކުރަންޖެހޭ އެއްޗެއް ނޫން. ތިމާގެ ފެންވަރު، އިހްލާސްތެރިކަން، މަސައްކަތް ކުރާ ގޮތް، މިހެން ގޮސް އެތައް ކަމެއް ބަލަން ޖެހޭ.
ޓީޗަރުން
20 September 2021
ޓީޗަރުންނަކީ އެހެން މުވައްޒަފުންނާ ޚިލާފަށް ސްކޫލް ޗުއްޓީގަ ޗުއްޓީ ލިބޭ ބައެއް. އެމީހުން ބުރަކޮށް އުޅެނީ ސްކޫލްތައް ހުޅުވިފައި ހުންނައިރު ނުވަތަ ހުޅުވެން އުޅޭއިރު. އެހެންވީމަ އެ ފަރަގުވެސް ފާހަގަކުރަންޖެހޭ.
ކޮރަލް
20 September 2021
މިނިވަންމުވައްސަސާ އަދި މަޖްލިސް އަދި ސިޔާސީ މީހުންގެ މުސާރަ ކުޑަ ކުރުމުން އިތުރު ހަރަދަކާ ނުލާ ސިވިލް ސާވިސްގެ މުސާރަ މިހާރުވެސް ބޮޑު ކުރެވިދާނެ އެވެ.
ހައްޓިބައްތެލި
20 September 2021
2008 ގައި އެމްޑީޕީ ވެރކަމަށް އައުމަށް ދެއްކި ވާހަކަތަކުގައިވެސް ވިދާޅުވި ތިމަންމެންގެ ވެރިކަމެއްގައި އެންމެ ކުޑަ މުސާރައަކަށް 10 ހާސް ރުފިޔާ ހަދާނަމޭ. މަންޒަރު ވަރަށް ސާފުނޫންތޯ ޔައުގޫބޫ.
ހަމީދު...
20 September 2021
އަސަރުގަދަ މެސެޖެކެވެ. މިފަދަ ކިތައް މުވައްޒަފުން އުޅޭނެބާއެވެ. ކޮންމެގޮތަކަށް ބެލިޔަސް އެހާދުވަސްވާއިރު އެއަށްވުރެ ރަނގަޅުވާންޖެހޭނެ އުސޫލެއް ހަމަ ނެތީހެއްޔެވެ؟
މުސާރައިގެހައްލު
20 September 2021
މުސާރައަކީ ޚިދުމަތްކުރާ މުއްދަތަކައް ލިބޭ އެއްޗެއް ނޫން. އެއީ ހުރި ތައުލީމަށާއި އަދާކުރާ ވަޒީފާއަށް ކަނޑައެޅިފައި އޮންނަ އެއްޗެއް. ތައުލީމީގޮތުން ބަލާއިރު އިންޖިނިއަރުންނާއި ޑޮކްޓަރުންނާއި ޕައިލެޓުންގެ މުސާރަ ބޮޑުވާނެ. ވަޒީފާގެ ގޮތުން ބަލާނަމަ މެމްބަރުންނާއި ފަނޑިޔާރުންނާއި ވަޒީރުންނާއި ރައީސުންގެ މުސާރަ ބޮޑުވާނެ. މިހުރިހާ މުސާރަތަކަކީ އެއްމިންކުރެވޭނެ މުސާރަތަކެއް ނޫން. މިދަތްތައަށްވެސް އަސާސީ މުސާރައެއް ލިބެންޖެހޭ.
ވާނުވާ ބަލާ
20 September 2021
ތާހިރު ދިރިއުޅުމެއް އުޅޭވޭ ވަރަށް ޒަރޫރީ ބޭނުންތަކާ ހާޖާތްތައް ފުދޭ ވަރުގެ މުސާރައެއް ކޮންމެ މީހަކަށްވެސް ހައްގު. ސަރުކާރުގަ މަސައްކަތް ކުރަންޏާ ސަރުކާރަށް އަމްދުން އެވަރު ކޮށްދެވެން ވާނެ. 4465 ގެ މުސާރައެއްގަ ހުރެފަ މާސްޓަސް ހެދިޔަސް މުސާރަ ގުޑައިނުލާ ވާހަކަ މިދައްކަނި.. އެޕްރައިޒަލް ތަކުން އިދާރީ މުވަޒަފުންނަށް 95 ހޯދިޔަސް ވާކަމެއް ނޯންނަ ވާހަކަ މިދައްކަނި. ޑޮކްޓަރުންއިންޖީނަރުން ވަރުގެ މުސާރައެއް ދޭށެކޭ ނުކިޔާ.
މުސާރައޯކޭ
20 September 2021
އެކި ދަރަޖަ އަށް މުސާރަ ބެހުމަކީ އޮޓް ކަމަކަށް ވާއިރު، އިންފްލޭޝަން އަށް ބަލައިފާއި ކޮންމެ 5 އަހަރުކުން ނަމަވެސް މުސާރަ މުރާޖާ ކުރުން މުހިއްމު. މަތި ވަންޔާ މަތި ކުރަންވީ. ދަށް ވަންޔާ ދައް ކޮށްލުން ގޯހެއްނޫން!
ގަޅިވާހަކަ
20 September 2021
"މެމްބަރުންނާއި ފަނޑިޔާރުންނާއި ވަޒީރުންނާއި ރައީސުންގެ މުސާރަ ބޮޑުވާނެ". މިބައިމީހުންގެ މުސާރަ ބޮޑުވެގެން ނުވާނެ. ރައީސަށް 20ހާސްއަށް ވުރެ އިތުރަށް ދިނުމަކީ ވެވޭ އިސްރާފެއް. ބޭސިކްގައި ރައީސަކަށް 5000 ދޭން ފެންނަނީ. ދެން އިލްމީގޮތުންނާއި ތަޖުރިބާގެ ގޮތުން މަތިވީމާ އިތުރުވާގޮތަށް. މިހާރު މިއިންނަ ގޮތުން ވަލުން އިންތިހާބުވެ ދޮގާއި މަކަރުހަދާ ރިޝްވަތުދޭ ކަންނެތް މީހާ ރައީސްކަން / ވަޒީރުކަން / ފަޑިޔާރުކަން / މިނިސްޓަރުކަން ކޮށްގެން 50ހާސް މިކާލަނީ.
ގަޅިވާނުވާ
20 September 2021
އަހަރެމެން ގަޅީ. ތިޔަބުނާމީހުން މަގާމުތަކައް ހޮވަނީ އަހަރެމެންގެ ވޯޓުން. އެމަގާމަށް ކޮންމެ މީހަކު ހޮވިޔަސް ކަނޑައަޅާފައި އޮންނަ މުސާރަ ލިބެންޖެހޭނެތާ. ވިއްސަކަށް އަހަރު ސަރުކާރުގައި އުޅެފައިހުރުމުން ވާނުވާ އަހަންނަށްވެސް ކޮންމެވެސް ވަރަކަށް އެނގޭ. އެކަމަކު ވަޒީފާގައި މީހަކު ކިތަންމެ ދުވަހެއް ހޭދަކުރިޔަސް އޭނަ ތައުލީމާއި ތަމްރީނުގެ ގޮތުން ކުރިޔަށް ނުދާނަމަ މުސާރައިގެ ނުވަތަ ވަޒީފާގެ މާބޮޑު ކުރިއެރުމެއް ނުލިބޭނެ.
ޥާނުވާ
20 September 2021
ރައީސުންނާއި ވަޒީރުންނަށް ތިބީ ކޮން ފެންފަރަކާއި އިންސްޓިޓިއުޓް ތަކުން ބެޗްލާސް ހަދައިގެން ތިބި ބައެއް؟
ނިރު
20 September 2021
ކޮޑިވްގެ އެންމެ ނާޒުކުދުވަސްވަރު ސްކޫލް ތަކުގެ ދަރިވަރުންނާ ދޭތެރޭ އެންމެ ފުންކޮށް ވިސްނަމުންދިޔަ ބަޔަކީ ޓީޗަރުން އެކުދިންގެ ކިޔެވުމުގެ ފެންވަރު ދައްވެދާނެތީ ބެލެނިވެރިންނަށްވުރެ ޓީޗަރުންގެ ކަންބޮޑުވުން ފާޅުކުރަމުންދިޔަ. މިސަރުކާރުން ޓީޗަރުންނާމެދު އަޅާލުންކުޑަ ވިސްނާ ވިސްނުންކުޑަ ވެދާން ޤައުމު ހިންގުމާ ހަވާލްވެ ހުރިމީހަކީ ތައުލީމީގޮތުން ފުންނާބްއުސް މީހަކަށް ނުވުން. ކިޔަވާގެން ހުރިމީހަކަށް ޤައުމު ހިންގޭނީ އެކަންފެނިގެން ހިގައްޖެ މިދިޔަދައުރުގަ
ބިރު
20 September 2021
ކިޔަވައިގެން ހުއްޓަސް ވަގަކު ވެރިޔަކަށް ކަމަކުނުދާނެ
ސުރުމުތި
20 September 2021
މުސާރަޔަކީ ޚިދުމަތް ކުރާ ދުވަސް ގުނައިގެން ބޮޑުވާ އެއްޗެއްކަމެއް ނުދެނަހުރިން.
ސައްލެ 3
20 September 2021
ޔައުގޫބު މެނަކަށް ނޭނގޭނެ. 2007 ވަނަ އަހަރުވެސް ސީނިއަރ އެޑްމިން އޮފިސަރެއްގެ މުސާރައާއި އެލަވަންސް އަށް ޖުމްލަ ލިބުނީ 3600 ރުފިޔާ. އެކަމަކު ނަޝީދުގެ ވެރިކަމުގައި މުސާރަ ބޮޑު ކުރުމުން، އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ބޭސިކް މުސާރަ 4465 އަށް ބަދަލުކުރި.އަދި އޭގެކުރީގެ ވެރިކަމުގައިވެސް 3 ފަހަރު މުސާރައަށް ބަދަލުގެނައި. ޔާމީން ވެރިކަމުގައި އެލަވަންސް އިތުރު ކޮށްދިން. މިހާރު ވަމުން މިދާގޮތަކީ ޕޭކޮމިޝަނެކޭ ކިޔައިތަނެއް އައިސް ހަމަހަމަކިޔާފަ ހުއްޓުން.
އަލް ބާޣީ އެލެކްސް އަހުމަދު
20 September 2021
ހައްގުމިންވަރަކީ ނަޝީދުގެ ފަލްސަފާއެއް. އެއީ އިބޫގެ ފަލްސަފާއެއްނޫން. މިހާރުވެސް އެމަނިކުފާނު ހައްގުމިންވަރުހޯދަން އެޗުއްޓީހޭދަކުރައްވަނީ ޔޫކޭގެ ސުނޯގަނޑުތެރޭގާ. މަޖުލީސްމުސާރަޔާ ކުރީގެ ރައީސުންގެ އިނާޔަތްތައް ނަގައިގެން.