ފަސް ލޭޑީ މިޝޭލް އޮބާމާ ފިލެޑެލްފިއާގައި ހިލަރީ އަށް ކެމްޕޭން ކޮށްދެއްވަނީ. --ފޮޓޯ:އޭއެފްޕީ
02 ޑިސެމްބަރ 2016 - 12:37
ވޮޝިންޓަން (ޑިސެމްބަރު 2) - އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ވުރެ އަނބިކަނބަލުން މިޝޭލް އޮބާމާގެ މަގްބޫލްކަން މިދުވަސްރު އެމެރިކާގައި ބޮޑެވެ.
ފަހުގެ ސާވޭއަކުން ދައްކާފައިވާ ގޮތުގައި ހާވަޑް ޔުނިވާސިޓީން ގާނޫނު ކިޔަވާ ވިދާޅުވެފައިވާ މިޝޭލްގެ މަގްބޫލްކަން އުޅެނީ 79 ޕަސެންޓުގަ އެވެ. އެހެންކަމުން އެމެރިކާގެ އެފްރިކަން- އެމެރިކާ ދަރިކޮޅުގެ ފުރަތަމަ ރައީސް އަށް ވުރެ މިޝޭލްގެ މަގްބޫލްކަން ވަނީ މައްޗަށް ޖެހިލައިފަ އެވެ.
ރައީސް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް.
މިޝޭލްގެ މަގްބޫލްކަން އެމެރިކާގައި ބޮޑުވުމުން ގައުމުގެ ރައީސް ކަމަށް އެކަމަނާ ކޮންމެވެސް ދުވަހަކުން ވާދަކުރާނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެކަމަކު މިޝޭލް ވިދާޅުވެފައި ވަނީ 1993-2001 އަށް ރައީސްކަން ކުރެއްވި ބިލް ކްލިންޓަނުގެ އަނބިކަލުން ހިލަރީ ކްލިންޓަން ގޮތަށް ރައީސް ކަމަށް ވާދަ ނުކުރައްވާނެ ކަމަށެވެ. މިޝޭލް ވެރިކަމަށް ވާދަކުރުމަށް ބައެއް މީހުން ބާރު އަޅަމުންދަނީ ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވާ ހިލަރީ އަށް ނާކާމިޔާބުވުމުން އެމެރިކާ އަށް ދެން އެންމެ އެކަށޭނަ އަންހެން ރައީސާއަކަށް ވާނީ މިޝޭލް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާތީ އެވެ. ހިލަރީގެ ކެމްޕޭންގައި މިޝޭލް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ.
ރޯލިން ސްޓޯން މަޖައްލާ އަށް ރައީސް އޮބާމާ ވެސް ވިދާޅުވެފައި ވަނީ ވައިޓްހައުސް އަށް މިޝޭލް ދުވަހަކު ވެސް ވާދަނުކުރައްވާނެ ކަމަށެވެ. އޮބާމާ ވިދާޅުވީ މިޝޭލް އަކީ ވަރަށް ގާބިލް އަންހެނަކަށް ވިޔަސް ސިޔާސީ ކަންކަމަކީ އެކަމަނާ ޝައުގުވެެރިވާ ދާއިރާއެއް ނޫން ކަމަށެވެ.
ރައީސް އޮބާމާ ވައިޓްހައުސް އިން ވަޑައިގަންނަވާއިރު އެމަނިިކުފާނަށް 55 އަހަރު ވާނެ އެވެ. މިޝޭލްގެ އުމުރުން ވާނީ 53 އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލްޒީ
03 December 2016
އެމެރިކާގެ ޑިމޮކްރެޓުން ލައްވާ ގޯސްވިސްނުން ކުރިޔަށް ނެރެން ވެގެން ކުރާމަކެއް.މިވީތަނަށް އެހާ ކަމުނުދާ ކެންޑިޑޭޓެއް ޑިމޮކްރެޓުން ނުނެރޭ، ހިލެރީ ކްލިންޓަން. ރަގަޅު ޝަހުއްސިޔަތެއް ޑިމޮކްރެޓުންނަށް ދެއްކުނުނަމަ ތި ޓްރަމްޕް ނޮހޮވުނީސް.
ބިލީވް
02 December 2016
މިޝޭލް ރޭސް ޓު ވައިޓް ހައުސް ގައި ވާދަ ނުކުރަން ނިންމި ކަން އެއީ ވަރަށް ރަނގަޅު ކަމެކެވެ. ޔޫއެސްގެ ޓޮޕް ލޭޔަރ އަކީ އަންހެނުންނަށް ވުރެން ބޮޑަށް ފިރިހެނުން އެކަން ކަން ކުރަން އެމެރިކަނުން ރުހޭ ކަމެކެވެ. އެއީ އަބަދުވެސް އެމެރިކަނުން ބޭނުންވާ ގޮތެވެ. އެކަން ފެންނާނެ އެމެރިކާގެ އެކި އެކި ބާރުގަދަ މުވައްސަސާ ތަކުގެ ބޮޑުންނަށް ބަލާލުމުން ވެސް. ވައިޓް ހައުސް ޗީފް އޮފް ސްޓާފް، ކެބިނެޓް ސެކްރެޓަރީ، ސީއައިއޭގެ ޑިރެކްޓަރ، އެފްބީއައި ގެ ޑިރެކްޓަރ އަދި ވެސް އެމެރިކާގެ ނުފޫޒު ގަދަ މަގާމް ތަކަކީ އެއީ ފިރިހެނުންނަށް ޚާއްސަ ކުރެވިފައިވާ މަގާމް ތަކެވެ. އެހެން ކަމުން ޔޫއެސްގެ ޕްރެޒިޑެންޓް ކަން އަންހެން ބޭފުޅަކަށް ދޭން އެމެރިކަނުން ގެ ގިނަ އިލެކްޓޯރަލް ވޯޓަސް އިން ދެކޮޅު ހަދާނެއެވެ. ޕޮޕިއުލަރިޓީ އެގޮތަށް އެދުނު ކަމުގައި ވިޔަސް އިލެކްޓޯރަލް ވޯޓަސް އެގޮތަށް ނޭދޭ ކަމުގައިވާނަމަ އެކަން ނުވާނެއެވެ. ރާއްޖެވެސް ދާނީ މިޑިރެކްޝަން އަށެވެ. ސަމް ހައު ޔޫ ގޮޓް ޓު ބިލީވް އިޓް..