ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް ދައުލަތުގެ ފައިސާ ހަރަދުކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވި. ފޮޓޯ؛ ރައްޔިތުންގެ މަޖިލީހުގެ އިދާރާ.
20 ސެޕްޓެމްބަރ 2021 - 13:42
ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުުގެ އިންތިހާބު ވަކި ކެންޑިޑޭޓުންތަކަކަށް ކާމިޔާބުކޮށްދޭން، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހުރި ދައުލަތުގެ ފައިސާ ހަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރުު ދާއިރާގެ މެމްބަރު އަހުމަަދު ޝިޔާމް މިއަދު ތުހުމަތުކުރައްވައިފި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މުސާރައިގެ އޮނިގަނޑުތައް އެކުލަވައިލުން އަވަސްކުރުމަށް ގޮވާލައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭން ދަތުރުތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށެވެ. ސަރުކާރުން އެގޮތަށް ކަންތައް ކުރާއިރު ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް މިހާރު ލިބޭ ކުޑަަ މުސާރަކޮޅު ވެސް ހަމައަށް ނުލިބި އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ހުރިހާ ވަގުތަކާއި ހަކަތައެއް ހޭދަކުރައްވަމުން ގެންދަވަނީ ކޯލިޝަން ޕާޓްރަރުން ރުއްސަން ކަމަށް ވެސް ޝިޔާމް ތުހުމަތުކުރެއްވި އެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާދަކުރަން ތިބި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ބޭބޭފުޅުންނަށް ހޭދަކޮށްގެން، ސިވިލް ސާވިސްގެ މުވައްޒަފުންގެ ފައިސާކޮޅު ވެސް ހުސްކުރާތަން އަޅުގަނޑުމެނަށް މި ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި އެއް ބިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުންނާނެ ކަމަށާއި އެއީ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދޮންބިލެތް ހަލީީމު މިއަދު ހުށަަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުން ދެމުން ގެންދާ ހިދުމަތަށް ބަލާއިރު، އެ މީހުންނަށް ދެނީ އެކަށީގެންވާ އުޖޫރައެއް ނޫން ކަމަށްް އެ ޕާޓީން އަބަދުވެސް ދެކޭ ކަމަށެވެ. އެހެންވެ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ރަނގަޅު ކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑު އަވަސްކުރަން އޭނާ ގޮވައިލެއްވި އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 30 މެމްބަރުންންގެ އިއްްތިފާގުންނެވެ.
މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލުން އަވަސްކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި އިރު، ސަރުކާރުން މިއަދު ބުނީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި މުސާރައިގެ ފަރަގު ނައްތާލައި، އެއް ހަމައަކުން މުސާރަ އާއި އިނާޔަތްތައް ދިނުމުގެ އޮނިގަނޑަށް މުވައްޒަފުން ބަދަލު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުން
21 September 2021
ކަލޭމެން ފޭބި އިރު ބޮޑުކޮށްފަ ފޭބިނަމަ ތި އަގަ ތަޅާކަށް ނުޖެހުނީހެއްނު.
ނަށާﷲ
20 September 2021
ސަހަރޯ!!!
ބަައިރޯ
20 September 2021
އެމް..އެމް.ޕީ..އާރު/.ސީ ފާޅާލާފަ ޙރަދު ކުރީ ކޮން އިންތިހާބަކަށް،
ނިރު
20 September 2021
ޤައުމުގަ އޮތް ލާރިކޮޅެއް ވިއްޔާ ތަލާބުރުވާލާފި... މިހާރު އެކަކު އެހުރީ ދައުލަތުގެ ޙަރަދުގަ އޫކޭގަ އަނެކަކު އެހުރީ ނިއިޔޯކުގަ... ސިވިލްސާވަންޓުންނާ ސަރުކާރުގެ ކުންފުނި ތަކުގަ މަސައްކަތް ކުރާ މީހުން އެއުޅެނީ އަގަޔާ އަތާދިމާ ނުވެގެން
ސީޒަން ޖެކްޝަން
20 September 2021
އަދީބު ކަލެއަށް ރަށްޔިތުންގެ ބައިތުލްމާލުން އެއްޗެއްނުދޭތަ؟