ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ޓަވަރުތައް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 ސެޕްޓެމްބަރ 2021 - 10:19
ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައި ހުރި އަލިފާން ނިއްވާ އާލާތްތަތައް ބަލައިފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން މިއަދު ފަށައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ހުރި 6،720 ފްލެޓްގެ އަލިފާން ނިއްވާ ނިޒާމު އަދި ނިއްވަން ގެންގުޅޭ އާލާތްތައް އެމްއެންޑީއެފުން ބަލަން ނިންމާފައިވާތީ މިއަދު ހެނދުނު 9:00 އިން ފެށިގެން އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އެމްއެންޑީއެފުން އެންމެ ފުރަތަމަ ބަލަން ހަމަޖެހިފައި އޮތީ އެޗް1 ޓަވަރެވެ. އެ ޓަވަރުގެ 24 ވަނަ ފްލޯ އިން ފެށިގެން އަލިފާން ނިއްވުމުގެ ނިޒާމު ހުރި ގޮތް ބަލަން ހަމަޖެހިފައި ވާއިރު މުޅި ޓަވަރުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އެޗްޑީސީން ލަފާކޮށްފައި އޮތީ ދެ ގަޑިއިިރާ 30 މިނެޓުންނެވެ.
އެޗްޑީސީން އަންގާފައި އޮތީ އެޗް1 ޓަވަރުން ފްލެޓް ލިބުނު މީހުން އެމްއެންޑީއެފުން އެ މަސައްކަތް ކުރަން ނިންމާފައިވާ ވަގުތުގައި ފްލެޓް ހުޅުވާފައި ބެހެއްޓުމަށެވެ. އަދި ފްލެޓް ހަވާލުކުރެވުނު އިރު ދިން އަލިފާން ނިއްވާ ފުޅި އާއި ރަޖާ ފެންނާނެހެން ބެހެއްޓުމަށް އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޏައު8
22 September 2021
އެންމެ ދުވަހެއްގެ ކަމެއް. ކަމެއް ދިމާވާއިރު އެންމެ އެއްޗެއްވެސް ބޭނުން ނުކުރެވޭނެ. ރާއްޖޭގެ ކިތައް ބިލްޑިންގަތޯ ފަޔަރ ރެސްކިއު ޗެކްކުރަނީ. ޢިންޕެކްޓް ކުރަނީ. ޜަށެއްގެ އާބާދީ އުޅޭނެ ޓަވަރެއްގަ ހާދިސާއެއް ހިނގީމަ ތޯއްޗެއް ވިސްނޭނީ
މޮހިތު
22 September 2021
6700 ފޮލެޓް އަކީ ބޮޑު ރަށެއްގެ އާބާދީ...! އެތާގަ ފުލުހުންގެ އޮފީސްވެސް އިންނަން ޖެހޭ..! ކެމެރާ ހަރުކޮށްގެން ނޫނީ ތިޔަތަނުގަ ވަރަށް ކަންތައް ހިންގާލާނެ! 60،000 މީހުންނަށް ސިކުރިޓީ ދޭނެ ޕްލޭން އަކީ ކޮބާބާ؟
ނުވާނެއޭ
22 September 2021
ހިޔާ ފްލެޓްތަކުގައި އަލިފާން ނިއްވޭ ގޮތަށް ހުރިތޯ ސިފައިން ބަލަނީ ނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ ކިއެއްވެތޭ އަލިފާން ނިއްވާ ނިޒާމް ގާއިމް ނުކޮށް ތިފަދަ އިމާރާތް ތައް ހަދަނީ ދެން ވެސް ސަރުކާރުން ދަނެގަންނަން ވެއްޖެއޭ ޓާރންކީ ބޭސިސް އުސޫލުން ސަރުކާރުން އެއްވެސް ޕްރޮޖެކްޓެއް އެއްވެސް ފަރާތަކަށް ހަވާލު ކުރާއިރު ބޭސިކް ރިކްއާރމެންޓް ހިމެނޭ ކޮންސެޕްޓް ޑިޒައިނެއް އަދި އެއާއި ގުޅޭ ފަންނީ މައުލޫމާތު ދޭން ޖެހޭނެ ކަމަށް ޑިވެލޮޕަރުންނަށް އެއިރުން މިހެން
ހޫމް...
22 September 2021
އާނ..މަ ތިތަން ބަލަން ދިޔައިރު ފެނުން ފަޔަ އެލާމް ވެސް، ފަޔަ ސްފިންކލަރ ވެސް ދެކޮޓަރިން..