އެޗްޑީސީގެ އެމްޑީ ސުހައިލް ވިދާޅުވީ ކުލީގެ ގޮތުގައި 7،500 އަރަނީ ސަރުކާރުން މިހާރު ވެސް ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްގެން ކަމަށް. އެހެންކަމުން ސަރުކާރުން އިތުރަށް ފައިސާ ލައިގެން 5،600 އަށް ކުލި ކުޑަކޮށް ނުދެވޭނެ ކަމަށް ވިދާޅުވި.
ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ސަލީމް ކޮމިޓީގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:މިހާރު
22 ސެޕްޓެމްބަރ 2021 - 13:26
ސަރުކާރުން ފައިސާ ލައިގެން ވިޔަސް ހިޔާ ފްލެޓުތަކުގެ ކުލި 5،000ރ. އަށް ކުޑަކޮށްދޭން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ބޯހިޔާވަހި ކަމުގެ އެންމެ ބިޔަ މަޝްރޫއު، ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން އެންމެ ފުރަތަމަ ހަމަޖައްސާފައި އޮތީ 5،600ރ. ކަމަށް އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެ އެވެ. ނަމަވެސް ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. އާ އެކު 8،500ރ. ނަގަން މި ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.
މި މައްސަލައާ ގުޅިގެން ފްލެޓުތައް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރާ "ހިޔާ ޔޫނިއަން" އިން ކަންބޮޑުވުން ފާޅުކޮށް ކުލި ކުޑަކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
އެ ޔޫނިއަނުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި އެދިފައި ވަނީ ފްލެޓުތަކުގެ ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް އަމިއްލަ އަތުން ފިނިޝިން އަށް ހޭދަވާ ހަރަދުން އެއް ލައްކަ ރުފިޔާ ސަރުކާރުން ދިނުމަށެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށާއި، އެތަނުގައި ހުރި އެހެނިހެން މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ކަމާގުޅުން ހުރި އިދާރާތަކާ ބައްދަލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރު ސަލީމް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުލި ބޮޑުވީ މަޝްރޫއުގައި ހިޔާނާތް އޮތީމާ ކަމަށެވެ.
"5،000ރ. ވެސް ބޮޑު އިނގޭތޯ ދައްކަން. މި ކަހަލަ ކުޑަކުޑަ ކޮށްޓަކަށް ވަންނަ އިރު 5،000ރ. ދައްކަން މި ޖެހެނީ އަދި އަތުން އެތައް ހަރަދެއް ކޮށްފައި،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ހުސް ފާރުތަކެއް ހުރި ތަނެއް ބޮޑު ކުލީގައި ނިކަމެތި ރައްޔިތުންނަށް ދިނުމަކީ ވަރަށް ބޮޑު އަނިޔާ އެކެވެ. އަދި ސަރުކާރުން އިތުރު ފައިސާ ލައިގެން ނަމަވެސް 5،000ރ. އަށް ވުރެ ކުލި ކުޑަކޮށްދިނުމަށް އޮތީ ކޮން ހުރަހެއްތޯ ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑަށް އެނގޭ އެ ބޭފުޅުން ޕެޓިޝަންގައި ހުށަހަޅުއްވާފައި އޮތީ 5،600ރ. ކަން. އެކަމަކު މި ދަންނަވަނީ ކީއްވެގެންތޯއޭ 5،000 ވަރަކަށް ރުފިޔާ އަށް މިކަން ނުކުރެވެންވީ،" ސަލީމް ވިދާޅުވި އެވެ.
ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރު ސަރުކާރުން ދޭންޖެހޭ ކަމަށާއި ފިނިޝިން އަށް ހޭދަވާ ހަރަދުން އެއް މިލިއަން އަނބުރާ ދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
"ސަރުކާރުން ވަރަށް ގިނަ ކަންކަމުގައި އެބަ ދޭ ސަބްސިޑީ. ހަމަ ބިލިއަނަކާ ގާތަށް ސަބްސިޑީ ދެއްވާ އެކި ކަންކަމުގައި އަގު ހެޔޮކޮށްދިނުމަށްޓަކައި. އެހެންވީމާ މި ކަމުގައި އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައި ދޭން ޖެހޭނެ،" ސަލީމް ވިދާޅުވި އެވެ.
"ކުރީ ސަރުކާރުން ކޮށްފައި އޮތް ކަންކަން ބާއްވަވާ. ތަހުގީގީ އިދާރާތައް ތިބީ ނުކުޅެދީފައި، ފެއިލްވެފައި."
"ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށާއި، އެތަނުގައި ހުރި އެހެނިހެން މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް އެދި ހުށަހަޅާ ޕެޓިޝަން"އާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރުން pic.twitter.com/jkyCSupGvP
— People's Majlis (@mvpeoplesmajlis) September 22, 2021
ސަލީމްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހުރިހާ ހަރަދަކާ ލައިގެން ހިޔާ ފްލެޓުތަކުގެ އަސްލު ކުލި 10،000ރ. އިން މައްޗަށް އަރާ ކަމަށެވެ. އަދި ކުލި 7،500ރ. އަށް ކުޑަކޮށްފައި ވަނީ ވެސް ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްދީގެން ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ސަރުކާރުން އިތުރަށް ފައިސާ ލައިގެން ކުލި ކުޑަކޮށް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
ހިޔާ ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގަން ކަނޑައަޅާފައިވާއިރު، ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭތީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން މީގެ ކުރިން ވެސް ބުންޏެވެ. އެކަމަކު ފްލެޓްގެ އެތެރޭގެ މަސައްކަތް ވެސް ފްލެޓް ލިބޭ މީހުން އަމިއްލަ ހަރަދުގައި ކުރަން ޖެހޭއިރު އެކަމަށް ލައްކައެއްހާ ރުފިޔާ ހަރަދުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫޖޭ
24 September 2021
ކުރިން ދީﷲަ ހުރި ފްލެޓް ތަކުގެ ކުލި ވެސް 5000ރ އަށް ތޮރި ކުރަންވާނެ.... އެމްޕީ ސަލީމް އަށް ދެއްވަންވާނީ އެފައިސާ ހޯދާނެ ފޯމިޔުލާ އެއވެސް.. ކުރިއަށް އޮތ 20 އަހަރު އަހަރކު 294މިލިއަން ރުފިޔާ ލިބޭނެ ނިޒާމެއް ވެސް ގާއިމު ކޮށްދޭތި.... ސޯސަލް ބެނފިޓް ގައި އުޅުމަށް ބ/ަރު އެޅުމަކީ ރަނގަޅު ގޮތެއް ނޫންދީ. އެްޓްލީސްޓޤ ކޮސްޓް އެބްސޯރވް ކުރާން ޖެހޭ
2023
24 September 2021
،އޯކޭ 2023އަންނަން އޮތީ.... 6700 ވޯޓް މީ ހިޔާ އިން އެކަނި...... ދެން ވިސްނާ ފިކުރު ކުރޭ ?? ރައީސް ގެ ވޯޓް ތަފާތު 5000އިން އެބުރޭނެ
އޮނަރަބްލް އަފީފު ދީދީ
23 September 2021
ބިމާއި ބޯހިޔާވަހިކަމުގެ ޤާނޫނަށްއިސްލާހް ގެނެސް ސޯޝަލް ހައުސިންގ ސްކީމަށްއެދި ހުށަހަޅާލިއުންތަކަށް ދޮގުމައުލޫމާތުދިނުމާއި، އެފަދަކަމަކަށް "އެހީތެރިވުމަކީވެސް ޖިނާއީ ކުށެއްކަމަށް" ކަޑައަޅުއްވާ. # އަދި ދިރިއުޅޭ ތަންތަން ކުއްޔަށްދީ ކުއްޔަށް ހިފާންވާނީވެސް ދެފަރާތުގެ މެދުގައި ކުރެވޭ އެއްބަސްވުން ސިވިލްކޯޓްގައި ރެޖިސްޓްރީކޮށްގެން ކަމަށް ކަޑައަޅާ މިނޫންގޮތަކަށް މިކަންކުރުމަކީ ކުށެއްކަމަށް ޤާނޫނުން ކަޑައަޅުއްވާ. މިއީ ފުރަތަމަ ކުރާންޖެހޭ ކަންކަން އިގޭތޯ.
އިފް
23 September 2021
ކުލިތަކަކީ ކުޑަކުރަންޖެހޭ އެއްޗެއް. އެކަމު ކޮންމެ ސަރުކާރަކުން ރައްޔިތުން ފެލުމާ ރައްޔިތުން ކޮންމެ ސަރުކާރެއް ފެލުންވެސް އެބަ ހުއްޓަންޖެހޭ. ސިޔާސީވެގެން ގޮސް ނިކަމެތި އާއްމުންގެ ދިރިއުޅުން ހަލާކުކުރާ ދަރަޖައަށް ކަންކަން ގެންދިއުން އެބަ ހުއްޓަންޖެހޭ. ޕާޓީތައް އައިސް ކުރާ ކޮންމެ ކަމަކީ އާއްމުންނަށް ގެއްލުންވާ ކަންކަން. ޕާޓީތަކުގެ ވާދަވެރިކަމުގަ ރައްޔިތުން ފިތިގެން ފުނޑެނީ.
އޮނަރަބްލް އަފީފު ދީދީ
23 September 2021
ދައުލަތުގެ ބޯހިޔާވަހިކަން ބޭނުންވާ "ނިކަމެތި މީހާއަށް" ފުލެޓް ހިލޭ ދިނުމަށްވެސް އަހަރުމެން ދެކޮޅެއްނޫން. # އެކަމަކު އެކަން ކުރާންވާނީވެސް "އުސޫލު ތަކެއްގެ ތެރެއިން އިންސާފުވެރިގޮތަކަށް" ނޫންތޯ. މިގޮތުން މުޅި ދައުލަތުގެ ޙަޒާނާ އެތަނަކަށް އޮއްސާލާފައިވާ ބިމުގެއަގު ރަނާއި އެއްވަރު ކ.އަތޮޅު މާލޭގެ ބަދަލުގައި އެފަދަ ފްލެޓްތައް އިމާރާތް ކުރާނީ ފިއްލަދޫ، ހަނިމާދޫ، ކުޅުދުއްފުށި، ލ.ގުޅިފައިވާރަށްތަކާއި ފުވައްމުލަކާއި އައްޑޫސިޓީގައި ކަމަށް ކަޑައަޅުއްވާ.
އަލފުޅު3
23 September 2021
މިސޮރުގެ މުނާފިގުކަން އެނގޭ ބަޔަކަށް އެނގޭނެ މީނަ މިއުޅެނީ ކިހިނެއް ވެގެން ކަން!
ޑިމޮކްރަސީ
23 September 2021
ސަލީމް މެންކަހަލަ ބޭފުޅުން މެންބަރުންގެ ގޮތުގަ ތިބެންވީ ރައްޔިތުންގެ ޙާލަތް ވަޒަންކުރެވޭ ރައްޔިތުންނަށް އޯގާތެރި ބޭފުޅުން މިކޮމިޓީގަ ދެންނެތީ ތޯ ރައްޔިތުންގެ މަންދޫބެއް ބަޖެޓް ފާސްކުރަނީ މަޖްލީހުން ބަޖެޓްގަ އެފައިސާ ހިމަނާފަ މި އޯގާތެރި ސަރުކާރުގަ ދަންނަވަންވީނޫންތޯ މަޖްލީހުން ކުލި ކުޑަކޮށްދެން އޭރުންވެސް ތކަން ކޮށްދޭތޯ ބަލަން؟
އެކްސިް
23 September 2021
ހުސް މިކަހަލަ ޕޮޕިއުލިސްޓުން ލައިގެން ދައުލަތް އޮންނާނީ ދަރާ ހުސްވެފަ
އޮނަރަބްލް އަފީފު ދީދީ
23 September 2021
ސަލީމް އަށް ތިއުޅެނީ ވަރަށްބޮޑަށް އޮޅިގެން. ސޯޝަލް ހައުސިންގ ސްކީމް ފުލެޓް ތަކަކީ ކ.އަތޮޅުމާލޭމީހުން އެމީހުންގެ ގެދޮރުކުއްޔަށްދޭފަދައިން ސަރުކާރުން ބަޔަކަށް "ކުއްޔަށް" ދީގެން އުޅޭ އެޕާޓްމަންޓް ތަކެއްނޫން. # އެތަންތަންލިބުނު ފަރާތްތަކުން އެޗްޑީސީއަށް މަހުން މަހަށް ދައްކާންޖެހޭ ފައިސާއަކީ "ފުލެޓް އަމިއްލަކުރުމަށް" އެތަންތަން ލިބުނު މީހުން ދައްކާންޖެހޭފައިސާ. ފަހަރެއްގައިވެސް އެއީ ކުލީގެ ގޮތުގައި ދައްކާންޖެހޭ އެއްޗެއްނޫން. ޙަޤީގަތް އޮޅުވާ ނުލައްވާ.
2030 ހޯރަފުށި ބުރިބުރިއަށް ހިއްލާލުން
22 September 2021
ކުޑަކުޑަ ހޯރަފުށީގައި އެއާޕޯޓެއް ... އާބާދީ ބޮޑު މީހޫން ގިނަ ހުރިހާ ރަށެއްގައިވެސް އެއަޕޯޓް އެޅެންވާނެ ... ނުފޫޒު ބޭނުންކޮއްގެން ގެއާއި ބަދިގެއާއި ދޭތެރެ އެއަޕޯޓް އެޅުމަކީ އެންމެ ރަންގަޅު ގޮތެއްނޫން