ޕީޖީ އޮފީހުން ބުނީ އަދުހަމްގެ ޝަރީއަތް ސިއްރުކުރަން ފަނޑިޔާރުން ނިންމީ އޭނާ އެގޮތަށް އެދުމުން ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާ ދިން ކަމަށް އިއުތިރާފުވި އަދުހަމް އަހުމަދު ރަޝީދު ކޯޓަށް ހާޒިރު ވަނީ -- ފޮޓޯ: މިހާރު
25 ސެޕްޓެމްބަރ 2021 - 12:33
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި ކަމަށް އެއްބަސްވެފައިވާ އަދުހަމް އަހްމަދު ރަޝީދުގެ ޝަރީއަތުގެ ބާކީ އޮތް ބައިތައް ސިއްރުކުރަން ނިންމައިފި އެވެ.
އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން އަދުހަމަށް ދައުވާތައް އިއްވުމުން އޭނާ ވަނީ، ދައުލަތާ އެކު ވެފައިވާ އިއުތިރާފް އެއްބަސްވުމާ އެއްގޮތަށް، ދައުވާތަކަށް އިއުތިރާފުވެފަ އެވެ. އޭގެ ފަހުން "ހައެއް މެއި" އޭ ކިޔާފައި އިތުރު ވާހަކަ ދައްކަން ފެށުމާ އެކު ފަނޑިޔާރުންގެ ބެންޗުން އަދުހަމް ހުއްޓުވީ އެވެ. އަދި އޭނާގެ ވާހަކަތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަން ހުރެދާނެ ކަމަށް ނިންމައި އަޑުއެހުމުގެ އެ ބައި ސިއްރުކޮށް، ނޫސްވެރިން ޝަރީއަތުގެ މަޖިލީހުން ނެރުނެވެ.
އެ ދުވަހު، އަދުހަމް އެ ވާހަކަތައް ދައްކައި ނިމުމުން އަޑުއެހުމުގެ ބާކީ ބަޔަށް ނޫސްވެރިން ވައްދާނެ ކަމަށް ބެންޗުގެ ރިޔާސަތުގައި އިންނަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވި ނަމަވެސް، އަޑުއެހުން ނިމިގެން ދިޔަ އިރު ވެސް ނޫސްވެރިން ނުވައްދަ އެވެ.
ނަމަވެސް ފަހުން ވަނީ އަދުހަމްގެ މުޅި ޝަރީއަތް ސިއްރުކުރަން ނިންމާފައިކަން މިއަދު ޕީޖީ އޮފީހުން ކަށަވަރުކޮށްދިނެވެ. އެ އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އަޑުއެހުންތައް ސިއްރު ކުރަން ޝަރީއަތުން ނިންމީ އަދުހަމްގެ ފަރާތުން އެކަމަށް އެދުމުން ކަމަށެވެ.
މިގޮތަށް ނިންމި ނަމަވެސް އަދުހަމަށް ހުކުމް ކުރުމަށް ބާއްވާ މަޖިލިސް ސިއްރު ކުރާނެ ކަމެއް އަދި ކަށަވަރެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި އަންގާރަ ދުވަހުގެ އަޑުއެހުން ސިއްރު ކުރި ފަހުން އަދުހަމް ވަނީ ހަމަލާ ދިން ގޮތާއި ތުހުމަތު ކުރެވޭ މީހުން އެކަމުގައި ބައިވެރިވާ ގޮތް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފަ އެވެ.
ދެން މި މައްސަލައިގައި އޮންނާނީ އަދުހަމްގެ އިއުތިރާފު އެއްބަސްވުމާ މެދު ޝަރީއަތުން ގޮތެއް ނިންމުމެވެ. ގާނޫނުގައި އޮންނަ ގޮތުން އިއުތިރާފު އެއްބަސްވުމެއް ހަދައިފި ނަމަ ޝަރީއަތުން ބަލައިގަތުން ނޫން ގޮތެއް ނޯވެ އެވެ.
އަދުހަމް ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް އޭނާގެ ކުށްތަކުގެ އަދަބަކަށް އެއްބަސްވެފައި ވަނީ 23 އަހަރަށް ޖަލަށް ލުމަށެވެ. އިއުތިރާފު އެއްބަސްވުން ނުހަދައި ކުށް ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނީ 37 އަހަރުގެ ހުކުމެކެވެ.
އަދުހަމްގެ ޝަރީއަތް ސިއްރު ކޮށްފައިވާއިރު، ހަމަލާ ދިނުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި އަދި ބޮން ހަރުކުރުމުން ސައިކަލު މާލެ ގެންގޮސް ޕާކް ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ މ. ކުދެހިގެ، އިސްހާގުގެ ޝަރީއަތް ސިއްރު ކުރަން އޭނާގެ ފަރާތުން ވަނީ އެދިފަ އެވެ. އެކަމާ މެދު ބެންޗުން އަދި ގޮތެއް ނުނިންމަ އެވެ. އޭނާގެ ޝަރީއަތް ސިއްރު ކޮށްފި ނަމަ، ދައުވާ ލިބޭ އެހެން ފަރާތްތަކަށް ވެސް މައްސަލަ ސިއްރު ކުރަން ފުރުސަތު ލިބި މުޅި ހަމަލާގެ ޝަރީއަތް ސިއްރު ވުމުގެ ފުރުސަތު އެބަ އޮތެވެ.
އަދުހަމާއި އިސްހާގުގެ އިތުރުން ދެން ދައުވާ ކޮށްފައި ވަނީ ތަހުމީން އަހުމަދު، މުޖާޒު އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ އަދި މުހައްމަދު ނާޒިމުގެ މައްޗަށެވެ. މީގެ ތެރެއިން ތަހުމީނާއި މުޖާޒުގެ މައްޗަށް އަންގާރަ ދުވަހު ދައުވާތައް އިއްވުމުން އެ ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ މީހުން ބުނީ ދައުވާތަކުގައި ބުނާ ކަންކަން ނުވެސް އެނގޭ ކަމަށެވެ.
މި މީހުންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު މިސްބާހް އަދި ފަނޑިޔާރު ސޮފްވަތު ހަބީބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފުގެ ޝަރީއަތް
26 September 2021
ދައުލަތުން ޕީޖީ އިއުތިރާފުގެ އެއްބަސްވުމެއް ހެދީމާ، ޝަރީއަތުގެ މަޖިލީހަށް އެ އެއްބަސްވުން ބަަލައިގަތުން ނޫން ގޮތެއް ނެތްނަމަ، ޝަރީއަތުގެ މިނިވަން ކަމަކީ ކޮބާ.. ޕީޖީ މިދަނީ އެއްބަސްވުމެއް ހަދައިގެން ކުރަންޖެހޭ ހުކުމް ލިޔެގެން. ދެން ކީއްކުރަންބާ ޝަރީއަތް ކުރަނީ،، ފަޑިޔާާރުންނަށް ނެތް ޗޮއިސްއެއް އިތުރު ހުކުމެއް ކުރާކަށް، އެއްބަސްވުމަށް ބަލާ ސާބިތުވާކަމަށް ނިމެނީ.. ޝަރީއަތްކުރުމުގެ ބޭނުމެއް އެއްގޮތަކަށްވެސް ނުވިސްނޭ.. ބޭކާރު ވަގުތާއި ފައިސާ..
އައްޑޫ ބަކުރު
25 September 2021
ހައް ހައް ހާ ކުއްކުރާމީހުން ބުނާހާގޮތައްހެދީމަ ވަރަށް ރަންގަޅަށް މުޖުތަމާއުގަ ކުއްކުރުން މަދުވާނެ ވީއާ.. ދެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންވެސް ސިއްރުކުރާތި އޭރުން އެކަން ކުރަންވެސް ތަންކޮޅެއްފަސޭހަވާނެ...
ބައިރޯ
25 September 2021
ޝަރިއަތަކީ ސިއްރު ކުރުމުން ސައްހަކަން ގެއްލުނީ
ބުރުގާ
25 September 2021
ހެހެހެހެހެ... މަށައް ތިކަން އިނގޭ މާކުރިންވެސް. އާންމުކޮއް މަގުމަތީ ސިޔާސީ މީހުން ކުޅޭ ޓެލެޑްރާމާތަކުގެ ޝަރިއްޔައްތައް ސިއްރުވާރެ. ވިސްނޭ އާންމުންނައް ބޭޒާރުވާނެތީ...... ޕޮޕޮޕޯ....
1828
25 September 2021
މިއަށްވުރެއް ވަގުތުން ދުރައްދެކުން އައުލާކަން ބޮޑު ޝަރިއަތެއް ފަހުގެ ތާރީހެއްގައި ނުހިންގާ. އެކަމަކުވެސް ޝަރިއަތް 'ސިއްރު. އަޖައިބެއް ނުވާނެ؟ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަން ހުރެއްޖެނަމަ އެކަންކަން ސިއްރުކުރޭ. އެހެންކަންކަން ރައްޔިތުން އިނގެން ބޭނުން. ޤައުމީ ސަލާމަތަށް ނުރައްކަލެއް ނުވޭ ތޯ އިންޑިއާ ސިފައިން މިފަސްގަނޑުގައި ޤާއިމްވެގެން ތިބީމައެއް. ތިބި އަދަދެއް، ތިބެގެން ކުރަނީ ކޮންކަމެއް ކަން ދިވެހި ދައުލަތަކަށް ނޭނގޭ.
1828
25 September 2021
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސްއަށް އަމާޒުކޮށްދިން ހަމަލާގެ ޝަރިއަތް ދިވެހިންނަށް ވަގުތުން ފެންނަން ޖެހޭނެ. ސިއްރުކުރެވިގެންނުވާނެ. މިއީ ބަލައިގަނެވޭނެ ކަމެއްނޫން. ސާބިތުވާވަރަށް ހެކި ހުރިނަމަ ހަދަންޖެހޭ އެއްބަސްވުމެއް ނޯނާނެ. އެއްބަސްވުން ހެދީ އަދުހަމް ދައުލަތުގެ ހެއްކަކަށް ހެދުމަށްޓަކައި. ބަލަން ތިބެބަލަ، އަދުހަމު ދައުލަތުގެ ހެއްކަކަށް ނުވޭ ތޯ. ވާނެ. އެއްރައީސްގެ ޝަރިއަތް ވަގުތުން ދުރައްދައްކައިފައި، މިޝަރިއަތް ނުދެއްކުން ވަރަށް ނާއިންސާފް
މަންދި
25 September 2021
ވަރަށް އަވަހަށް ހުކުމަކާއި ހަމައަށް ދިއުން މުހިއްމު.
ޓިން ޓިން
25 September 2021
އަދުހަމު ހާދަ ސްޓައިލުވެއްޖޭ ހައްޔަރުކުރިފަހުން. އޭނާގެ އަމީރު ރުޅިނާންނާނެބާ؟
ޝިކްތެރަޕީ
25 September 2021
ބަލަ ކީވެތޯ ސިއްރުކުރަނީ؟
އަބޫލުއުލުއު
25 September 2021
ސިއްރުކުރަނީ ވަކިމީހަކު ބޭނުންވާ ގޮތަށް ތިޑުރާމާ ގެންދަން ކަމާމެދުގައި އެއްވެސް ޝައްކެއްނެތް މިންވަރަށް ޔަގީން ތިވީ