އެމްއާރްއެމްގެ ޒައީމްކަމުގެ މަގާމް ލިބިވަޑައިގަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (މ) އަދި ރައީސް ކަމަށް ހޮވުނު، އެ މަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް (ކ) އަދި ނައިބު ރައީސް [އަންހެން] މަގާމަށް ހޮވުނު އައިމިނަތު ނާދިރާ.
25 ސެޕްޓެމްބަރ 2021 - 15:59
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ލީޑާޝިޕަށް، އިންތިހާބަކާ ނުލައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ހޮވިއްޖެ އެވެ.
ޕާޓީގެ ފުރަތަމަ ކޮންވެންޝަން އަންނަ މަހުގެ ދެ ވަނަ ދުވަހު އޮންލައިންކޮށް ބާއްވަން ނިންމައި، ޕާޓީގެ އިސް މަގާމުތަކާއި ކޮމިޓީތަކަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ލިސްޓު އެމްއާރްއެމް އިން އާންމުކޮށްފައިވާއިރު، ޕާޓީގެ އެންމެ އިސް ތިން މަގާމަށް ބޭފުޅުން ހޮވިފައި ވަނީ އިންތިހާބަކާ ނުލައި އޮޓޯއިންނެވެ.
އިންތިހާބަކާ ނުލައި މައުމޫން ހޮވި ވަޑައިގަތީ ޒައީމްގެ މަގާމަށެވެ. އެ މަގާމަށް އެ މަނިކުފާނު ފިޔަވައި އިތުރު ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. މައުމޫން ވަނީ މީގެ ކުރިން ޑީއާރްޕީގެ ޒައީމްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
އެހެން މީހަކު ކުރިމަތިލާފައި ނުވާތީ މައުމޫންގެ ދަރިކަލުން ފާރިސް ވަނީ ޕާޓީގެ ރައީސްގެ މަގާމަށް ވެސް ހޮވިފަ އެވެ. އަދި ޕާޓީގެ ނައިބު ރައީސް އަންހެން، ގެ މަގާމަށް އެހެން ބޭފުޅަކު ކުރިމަތިނުލައްވާތީ ނާދިރާ ވެސް ވަނީ އެ މަގާމަށް ހޮވިފަ އެވެ.
އެންމެ އިސް މަގާމުތަކުގެ ތެރެއިން ވާދަވެރި އިންތިހާބެއް އޮންނާނެ ކަމަށް ބެލެވެނީ ޕާޓީގެ ނައިބު ރައީސް ފިރިހެންގެ މަގާމަށެވެ. އެ މަގާމަށް ވާދަ ކުރައްވަނީ މޯލްޑިވް ގޭހުގެ އެމްޑީކަން ކުރައްވާ ޝަޒައިލް ޝިޔާމާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ އެވެ.
ކުރިން ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވި ފާރިސް އެމްއާރްއެމްގެ ރައީސް ކަމަށް ހޮވިފައިވާއިރު، އޭނާ އެނބުރި ސިޔާސީ މަސައްކަތަށް ވަޑައިގެންފައި މި ވަނީ ސިޔާސީ މައިދާނާ ވަރަށް ގިނަ ދުވަހު ދުރުގައި ހުންނެވުމަށް ފަހު އެވެ. އޭނާ ސިޔާސީ މަސައްކަތާ ދުރުވީ، މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއަށް ފަހު އެވެ.
މައުމޫންގެ ދަރިކަލުންގެ ތެރެއިން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަކީ ވެސް އެމްއާރްއެމްގެ މެމްބަރެކެވެ. ޕާޓީގެ ވަގުތީ ނައިބު ލީޑަރުކަން ވެސް ކުރައްވާ ޔުމްނާ މިފަހަރު ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމައްޗެއް ނުލައްވަ އެވެ.
ނާދިރާ އަކީ ޕީޕީއެމް ބައިބައިވި އިރު، ރައީސް މައުމޫން ފެކްޝަންގެ އިސް ބޭފުޅުންގެ ގޮތުގައި ހަރަކާތްތެރިވެ، ފަހުން އެމްއާރްއެމް އުފެއްދުމުން އެ ޕާޓީގެ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވާ މައުމޫންގެ ގާތް މީހެކެވެ.
އެމްއާރްއެމްއަކީ މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ތިން ވަނަ ޕާޓީ އެވެ. މީގެ ކުރިން އެ މަނިކުފާނު އުފައްދަވާފައި ވަނީ ޑީއާރްޕީ އާއި ޕީޕީއެމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
26 September 2021
ބަޔަކުމީހުން ސިޔާސީ ޕާޓީއެއް ރަޖިސްތަރީކުރަން އުޅުމުން މިކަލޭގެ އެންގީ، ޕާޓީ އަކީ ކުޑަކުދިން ބަޖިޔާއާ ކޭކާ ކެއުމަށް ބާއްވާ އެއްޗެކޭ. ސިޔާސީ އެއްޗެއް ނޫނޭ. މިކަލޭގެ މިހާރު ކޭކާ ބަޖިޔާ އާ ކާހިތްވީދޯ؟
ޝިފާޢު އަޙްމަދު
25 September 2021
މިއަށްވުރެ މަޖާ ކަމަކާއި އަދި މަގޭ ހަޔާތުގަވެސް ދިމާނުވޭ، ހީހީ ހަލާކު
މެއްބަރެއް
25 September 2021
މަރުހަބާ 3 ބޭފުޅުންނަށްވެސް ތީހަމަ އަޅުގަނޑު ބޭނުންފުޅުވިގޮތް..މަނިކުފާނު ވިސްނަވާނީ އަބަދުވެސް އަޅުގަނޑުމެންގެ ހިޔާލާފިކުރުން..???????
ތިޔައީހަމަޒައީމެއް
25 September 2021
މައުމޫން ވަރުގެ ލީޑަރެއް އަދި އަހަރަމެންގެ ހަޔާތުގައި ނުދެކެމެވެ. ވެރިކަމަށް ވަޑައިގެންއިރު ގައުމުހުރީ ސުތުލުގޯނީގައި އުވަލައިގެން ބިއްބެއްދި އޮފީސްތަކާއި މިސްކިތްތަކެވެ.ރައްޔިތުން ކާނެ ތިންމަހުގެ ކާޑު ހަމަޖެއްސީ ސީލޯނަށް ފަތުހުﷲ ފޮނުވައިގެންނެވެ. ގައުމުގެ ޓޫރިޒަމާއި އަދި ލިބޭނެ އާމްދަނީ ނުހަނު ދަތިއިރު ޓެކްސްތަކެއް ނުނަގައި ވަކި ގައުމެއްގެ އައްބޮޑިއަށް ނުވަދެ ގައުމުގެ އުމްރާނީ ތަރައްޤީއާއި އިންސާނީ ތަހުޒީބު ގެނެސްދިނެވެ.އަޚްލާގު ފުޑުވާނުލައެވެ.
ކަކުލުހުޅުގަ ވާގިނެތް
25 September 2021
ތިވެސް ޕާޓީއެއްދޯ ހަމަ؟
މުހައްމަދު ޝަރީފު
25 September 2021
ނާދިރާ އިންތަނަށް ނަސްރީނާ ވައްޓާލީމަ ވަރައްސަޅިވާނެ.
ކަޅުމަރިޔަނބު
25 September 2021
ނަސްރީނާ އިން ތަނަށް ނާދިރާ ވައްޓާލާފަ އޭނީ!
އަލްއަޚު މުޙައްމަދު
25 September 2021
ރައީސް މައުމޫނު ޢުމުރުފުޅުގެ ބާކީ ހޭދަކުރުން ސިޔާސީ ޙަޔާތް ދޫކޮށް ޢިލްމުވެރި އުސްތާޒެއް ގޮތުގައި ދެމިހުރުމަށް އެދެން!
30 އަހަރު
25 September 2021
ދެން ފަހެ 99.99 ޕަސެންޓުން އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
ޑަބިޔާ
25 September 2021
ރަސްގެފާނު، ޕްރިންސް، ބާންދީ ކަމަނާ
ބޮކިފުރާޅު ޢީސާ
25 September 2021
އަހަރެއްވަންދެން ސަންފާއޮަނަކަށްލާފައި ބޭއްވިޔަސް ޒައީމު ވަނީ ޒައީމަށް.