އެމްއާރުއެމް އުވާލަން ނިންމުމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއާރުއެމް
24 މެއި 2023 - 20:45
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި އެ މަނިކުފާނު ރާއްޖޭގެ ކަންކަން ކުރިއަށް ގެންދެވި ގޮތް މާ ރަނގަޅު ކަމަށް މިހާރު ވަރަށް ގިނަ މީހުން ގަބޫލުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އުވާލަން ނިންމި އެމްއާރްއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.
މައުމޫން އިސްވެ ތިންވަނަ އަށް އުފެއްދި ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެ ޕާޓީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނާދިރާ ވިދާޅުވީ، އީސީން އެ ޕާޓީ އުވާލީ ސިޔާސީ މަގުސަދެއްގައި ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށެވެ. އެކަމަކު، އެ މަގުސަދު ހާސިލުވިޔަ ނުދޭނެ ކަމަށާއި އެ ގޮތަށް ހީކުރުމަކީ ވެސް "ވަރަށް ބޮޑު ގޯހެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ގިނަ ބަޔަކު ގަބޫލުކުރޭ އެއްކަލަ ރައީސް މައުމޫންގެ 30 އަހަރު މި ގައުމު ގެންދިޔަ ގޮތް މާ ރަނގަޅު ކަމަށް. މިއަދު ވަރަށް ގިނަ ބައެއްގެ ދުލުން ދައްކާ ވާހަކަ މިއީ: ނާދިރާ
ނާދިރާ ވިދާޅުވި ގޮތުގައި، އީސީން އެމްއާރުއެމް އުވާލަން ނިންމީ މައުމޫންގެ ވެރިކަން މާ ރަނގަޅު ކަމަށް މިހާރު ވަރަށް ގިނަ މީހުން ބުނާތީ އެ ޕާޓީ އަށް އޮތް ތާއީދު ފަނޑުކޮށްލުމަށެވެ.
"މިއަދު ގިނަ ބަޔަކު ގަބޫލުކުރޭ އެއްކަލަ ރައީސް މައުމޫންގެ 30 އަހަރު މި ގައުމު ގެންދިޔަ ގޮތް މާ ރަނގަޅު ކަމަށް. މިއަދު ވަރަށް ގިނަ ބައެއްގެ ދުލުން ދައްކާ ވާހަކަ މިއީ. އެ ކަން ހުއްޓުވޭނީ ވެސް މި ކަހަލަ ކަންކަން ކޮށްގެން ކަމަށް ހީވާ ނަމަ އަޅުގަނޑު ދަންނަވާނީ އެކަމެއް ނުހުއްޓޭނެއޭ،" ނާދިރާ ވިދާޅުވި އެވެ.
"އިސްލާހު ކުރަން ނިކުމެ މި ތިބީ. އިސްލާހު ކުރާނަން، އިސްލާހުކޮށްފައި ނޫނީ ގެއަކަށް ވެސް ނުވަންނާނަން."
އެމްއާރުއެމް އުވާލަން ނިންމުމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއާރުއެމް
ނާދިރާ ތުހުމަތު ކުރެއްވި ގޮތުގައި، އީސީން ޒިންމާދާރު ކަމާއެކު އެއްވެސް މަސައްކަތެއް މިހާރު ނުކުރެ އެވެ. އެކަން ހުރިހާ އެންމެންނަށް ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ކަންކަން ރަނގަޅަށް ނުދާ ކަމަށާއި އެމްއާރުއެމް އުވާލިޔަސް އިސްލާހަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.
"2018 ގައި އަޅުގަނޑުމެން ވެރިކަން ބަދަލުކުރީ ކަންކަން ރަނގަޅު ކުރުމަށްޓަކައި، އިސްލާހުކުރުމަށްޓަކައި. މިއަދު ރައްޔިތުން އެބަ ސުވާލު އުފައްދާ ރަނގަޅުވެއްޖެ ހެއްޔޭ. ގިނަ ރައްޔިތުން ބުނަނީ ރަނގަޅެއް ނުވެއޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.
އެމްއާރުއެމް އުވާލަން ނިންމާފައިވާ ކަން އީސީން އިއުލާންކުރީ މިއަދެވެ. އެގޮތަށް ނިންމީ އެ ޕާޓީ އަށް 3،000 މެމްބަރުން ހަމަކުރަން ތިން ފަހަރު ނޯޓިސް ފޮނުވުމުން ވެސް އެކަން ނުކުރުމަށް ކަމަށް އީސީން ބުންޏެވެ.
އެކަމަކު، އެމްއާރުއެމުން ބުނަނީ އީސީގެ އެ ނިންމުން ގާނޫނާ ހިލާފު ކަމަށެވެ. އެހެންވެ، އެ ނިންމުން މުރާޖައާ ކޮށްދޭން އީސީގެ ރައީސް ފުއާދު ތައުފީގަށް ދަންނަވާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީއިންތި
26 May 2023
ޢަސްލުވެސް މާ ރަނގަޅު
އެ ކަނބާ
26 May 2023
30 އަހަރުގެ ވެރިކަން ފިސާރި ރަގަޅުވީމާ ތިޔަ އުޅެނީ 3000 މީހުން ހަމަކުރަން 19 މީހުން ނުލިބިގެން.. ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަ.. ބޯކިބާ ފަޅިކުރަން މިންޖަހާ ދުވަސް ގާތްވަނީ.. ދެން ވިއްކާލާނެ އޭތި މީތި.. ރައްޔިތުމީހާ ސަމާލުވެ ހުންނަވާ
ލުތުފީ
25 May 2023
މަުމޫނުގެ 30 އަހަރުގެ އުސްއަލިތަކަކީ އަހަރެމެން ހިތުދަސް ކަންކަން. 1- ޑަރަގް އާލާވެ ޑްރަގް ނެޓްވާކް އުފެދުނު 2- ބަންގާޅުން މީހުން އެތެރެކޮށް ބެލެހެއްޓުންތެރިކަމެއް ނެތި ދޫކޮށްލި 3- ދައުލަތުން ވައްކަންކުރާ ތިމާގެ ގާތްމީހުންނަށް އެފުރުޞަތު ހުޅުވާލާފައޮތީ (އިލްޔާސް/ޔާމީން) 4- ދައުލަތުގެ މިލްކިއްޔާތަކީ ތިމާމެންގެ އަމިއްލަ އާއިލީ މުދާފަޑެއް ގޮތަށް ބޭނުންކުރީ 5- ދަރައްގީގެ ސިޔާސަތެއްނެތުމުން މާލެއަށް ރާއްޖޭގެ އެންމެނަށް އަންނަން މަޖުބޫރުކުރުވި.
ތެދުބަސްބުނޭ
25 May 2023
ތިވިދާޅުވިގޮތައް މީހުން ޤަބޫލުކުރާނަމަ 3000 މީހުން ތިޕާޓީގައި މިހާރު ނެތީ ކީއްވެ؟ ދެރަނުވަން އެއްޗެކޭ ބުނެވިދާނެ. މައުމޫނު މި ޤައުމަށް ކޮށްދެއްވިކަމެއް ކޮށްދެއްވީ ރައްޔިތުން ދެއްވި އިއްޒަތާއި ދިން ޚިދުމަތްތަކާއި ދިން މުސާރައަށް. އެއީ ހިލޭ ކޮށްދިން ކަމެއްނޫން. މައުމޫނު މިހާރު ސިޔާސީ ކަންކަމުގައި ނޫޅުއްވާ އުމުރުގެ މަދު ފަހު އަހަރުތައް އަޅުކަމުގައި އުޅުއްވުން މާ ރަނަގަޅު.
އަދުރޭގެ
25 May 2023
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ކުރީގެ އެމްއާރުއެމްގެ ހުރިހާ މެންބަރުންނަށް ކެތްތެރިކަން ދެއްވާނދޭވެ!
ސޯސިއަލްފޮރެންސިކު
25 May 2023
ނާދިރާ އަށް އަޅުގަޑު ދަންނަވާލަން އޮތީ ރާއްޖެ މިދެކޭ ހުރިހާ ބޮޑެތި ދުއްތުރާ ތަކުގެ އޮށް އިންދި ގަސްތައް ގަދައަށް ހެދި ގަތީ ތި 30 އަހަރުގެ ފަހު 10 ގައެވެ. އޭރު އެއްގޮތަކަށް ވެސް ކޮންޓްރޯލު ނުކޮށް އޮތުމުގެ ސަބަބުން މިހާރު މިވަނީ މިގަސްތަކުގެ ހިތިމޭވާ އެންމެން ކާންޖެހިފައެވެ. ސައިކަލް ތައް، ބަންގާޅީން، ޑުރަގު، ވައްކަން، ސުކޫލް ކުދިންގެ އަހުލާގު މިހެންގޮސް ކިޔާނެ ކަމެއްނެތް.
މަގޭ ހިޔާލު
25 May 2023
މައުމޫނަކަށް ތާއިދެއްނެތް. މީ ހަގީގަތަކީ. ބައެއްފަަހަރު ހަގީގަތާއި ކުރިމަތިލާން އުނދަގޫވާނެ. އެހެންވެއްޖެއްޔާ ތެރަޕިސްޓުން އެބަތިބި އެހީވާނެ.
އެމްއާރްއެމް
25 May 2023
ނާދިރާ އަށް ނުހިންގޭ ކަން މިކަމުން އެނގުނު އެއްޗަކީ! 3000 ހަމަ ނުވުން އެއީ ޒައީމް ނަންގަވަންޖެހޭ ޒިންމާއެއްވެސް މެ، އެކަމު، އެއީ ޕާޓީ ދުވަހުންދުވަހަށް ހިންގަން ތިބޭ ބަޔަކު ކުރަންޖެހޭނެ ކަމެއް ކަމަށް ދެކެނީ! ދެން އެކަން ނުކުރެވުނީމަ، އީސީ އެއް ނޫން ދޯ ކުއްވެރި ކުރަންވީކީ! ތިމާ މެންނަށް ކަންކަން ނުވިކަން ދޯ މައްސަލަ އަކީ!
ނާދިރާގެ ކޮއްކޮ
25 May 2023
ނާދިރާގެ ވާހަކަ މުޅިއަކުން ގޯހެއްނޫން. އެހާރާއި މިހާރު ހާހުންވެސް ތަފާތު. އެކަމަކު މިއަދުގެ މިޖީލަށް ޖެހިފަ އޮތްއުނދަގުލު އަސްލަކީ މައުމޫނު އެޅުއްވިބިންގަލުގެ އަސްލު.
އަލީރާޖާ
25 May 2023
ރަގަޅު ކަމުން ނޫންތޯ ޕާޓީއަށް 3000 މީހުން ހަމަނުވެގެން ތި އުޅުއްވަނީ!