ޚަބަރު / ރާއްޖެ-އީޔޫ

ރާއްޖޭގެ މަހަށް ޔޫރަޕުން ނަގާ ޑިއުޓީ ކަނޑައިލަން ހުށަހެޅުމެއް އެބައޮތް: މިނިސްޓަރު

މަސްވެރިން ގިނަ އަދަދެއްގެ މަސްް ބާނައިގެން ދަތުރުކުރަނީ. ރާއްޖޭގެ މަހަށް ޔޫރަޕްގައި ނަގާ ޑިއުޓީ ކަނޑައިލުމުގެ ހުށަހެޅުމެއް އެބަ އޮތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މިއަދު ވިދާޅުވި.

ރާއްޖެ އިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ 11 ޕަސެންޓްގެ ޑިއުޓީ މާފު ކުރެވިދާނެ ފަދަ ހުށަހެޅުމެއްް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ،މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ރާއްޖެ އިން ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރެވޭތޯ ވަރަށް ފަހުން ވެސް އީޔޫގެ ކަމާ ބެހޭ ފަރާތްތަކާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމާއެކު، ދެމެހެއްޓެނިވި ތަަރައްގީ އަށް މަސައްކަތް ކުރާ ގައުމުތަކަށް "ޑިއުޓީ އެގްޒެމްޕްޝަން" އެއް ދޭން އީޔޫއިން ހުށަހަޅާފައިވާ ކަމަށެވެ.

"އެ މަސައްކަތް ދިވެހި ސަރުކާރާ އެކުގައި އެބަ ކުރެވޭ. އެ މަސައްކަތް ކާމިޔާބު ކުރެވުނީމާ ޔޫރަޕިއަން ޔޫނިއަން އަށް އަޅުގަނޑުމެން މިހާރު މި ދައްކާ ޑިއުޓީ ނުދައްކައި، އެހެން ބައެއް ގައުމުތަކާ އެއްގޮތަށް މަސައްކަތް ކުރެވުނީމާ، މަހުގެ އަގު މައްޗަށް ގެންދެވިދާނެ،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހަށް ލިބޭ އަގު ބޮޑުކުރުމަށްޓަކައި މިހާރަށް ވުރެ ގިނަ މާކެޓްތަކަށް މަސް އެކްސްޕޯޓްކުރަން ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތުރުކީ އާއި ރަޝިއާ އަދި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކަށް މަސް އެކްސްޕޯޓްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެކަން އަޅުގަނޑުމެންނަށް ކުރެވުނީމާ މާކެޓަށް އެކްސެސް ވެވޭ ވަރު ބޮޑުވެގެން ދާނެ. އޭގެ ނަތީޖާއަކަށް ވާނީ މަސް ގަންނަން ކުންފުނިތަކުން މިހާރަށް ވުރެ ބޮޑު އަގުގައި ގަތުމުގެ ގާބިލުކަން އިތުރުވާނެ،" މިނިސްޓަަރު ވިދާޅުވި އެވެ.

އެ މަސައްކަތް [ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކަނޑައިލުމުގެ މަސައްކަތް] ދިވެހި ސަރުކާރާ އެކުގައި އެބަ ކުރެވޭ. އެ މަސައްކަތް ކާމިޔާބު ކުރެވުނީމާ ޔޫރަޕިއަން ޔޫނިއަން އަށް އަޅުގަނޑުމެން މިހާރު މި ދައްކާ ޑިއުޓީ ނުދައްކައި، އެހެން ބައެއް ގައުމުތަކާ އެއްގޮތަށް މަސައްކަތް ކުރެވުނީމާ މަހުގެ އަގު މައްޗަށް ގެންދެވިދާނެ--- ފިޝަރީޒް މިނިސްޓަރު

ނަމަވެސް އެ ހުށަހެޅުމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން ކުރަމުން އަންނަނީ ސީދާ ކޮން މަސައްކަތެއް ކަމެއް މަސްވެރިކަމާ ބެހޭ މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

މަސްވެރިކަމުގެ ވިޔަފާރި ސަރުކާރުން ދޫކޮށްލައި އާއްމު ފަރާތްތަަކަށް އެކަން ދޫކޮށްލާނީ ކޮން އިރަކުންތޯ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ކަމަށް މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މަސްގަތުން ސަރުކާރުން ހުއްޓައިލާނެ ދުވަހެއް ސީދާ ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ.

އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ގިންތީގައި 2011 ވަނަ އަހަރު ރާއްޖެ ހިމެނުމުން، އީޔޫގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށި އެވެ. އެހެންވެ އެކަށީގެންވާ އަގެއް ނުހޯދޭތީ އެކަމުގައި ލުޔެއް ހޯދަން ކުރީގެ ދެ ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް މީގެ ކުރިން ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ރާއްޖޭގެ މަހަށް ޔޫރަޕުން ނަގާ ޑިއުޓީ ކަނޑައިލުމުގެ ހުށަހެޅުމެއް އެބަ އޮތްކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެގޮތުން ޖެނެރަލައިޒްޑް ސިސްޓަމްސް އޮފް ޕްރިފަރެންސަސް ޕްލަސް (ޖީއެސްޕީ ޕްލަސް) ހޯދަން ކުރީ ސަރުކާރުން ހުށަހެޅި ނަމަވެސް އެ ކަންތައް ކާމިޔާބެއް ނުވި އެވެ. ޖީއެސްޕީ ޕްލަސް އަކީ ޑިއުޓީ ދެއްކުމުގައި ލުއިތަކެއް ދިނުމަށް އީޔޫ އިން ގެންގުޅޭ ސްކީމެކެވެ.

އެ އިނާޔަތް ރާއްޖެ އަށް ދިނުމަށް ކުރިން ދެކޮޅު ހެދި ސަބަބުތަކުގެ ތެރޭގައި ރާއްޖެ އިން ބައެއް މުއާހަދާތަކުގައި ސޮއިކުރިއިރު ބައެއް ރިޒަވޭޝަންތައް ހަދާފައި އޮތުން ހިމެނެ އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 67%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިއްދޫސޮރު

27 September 2021

އަސްލު ހަސަންމެންނަށް އީޔޫ އާއި ވާހަކަދައްކަން ނޭގެނީ އަދި ނެގޯޝިއޭޝަން ހަދަންވެސް ނޭގެނީ. މުޅިރާއްޖޭން އުފައްދާ އެއްމެ ޕްރަޑަކްޓެއް ބޭރަށް ވިއްކާނެ އިންތިޒާމް ހަދައިނުދެވެނީ ތިމީހުންގެ ނާގާބިލް ކަމުން. ސަރުކާރު ތަކުގައި މަގާމް ފުރަން ކަންކަންކުރަން އައްނަ ބަޔެއްތީ.

The name is already taken The name is available. Register?

ދިއްދޫމީހާ

27 September 2021

އަނެއްކާ ކޮންކަހަލަ ބައްދަލުވުމެބާ؟؟ ކޮންމެ ފަހަރުކުވެސް ޔޫރަޕުން ހުށަހަޅާކަމެއް އިންދޭ، އެއީ އެއްޖިންސުން ގުޅުން ހިންގަން ފުރުސަތުދިނުން، މިފަހަރު މިތިބީބަލަން ވާގޮތެއް ހިބަރު ވަދުގެ ހިފާގެންގޮސް ވީކަމެއް ހަރާމް

The name is already taken The name is available. Register?

މުޑަހަންޖާ

27 September 2021

ކުރީގައި ގައުމުތައް އަޅުވެތިކޮށް ލޫޓުވައިގެން މުއްސަނދިވެގެން ތިއްބަސް މިއަދު ޔޫރަޕު ގައުމުތަކުންވެސް ވަރަށް ބޮޑަށް އެސޮރުމެންގެ އިންޑަސްޓްރީތަކަށް ބަރޯސާވެގެން އެތިބެނީ. ޔޫރަޕުގެ މަސްވެރިން ބާނާ މަހަށް ރަށުތެރޭ އޮންނަ މާކެޓަށް މަހަކު 100 ޑޮލަރު ދީގެން ބަންގާޅީންލައްވާ ކުރުވާ މަސްވެރިކަމެއްގެ އުފެއްދުންތައް ވައްދައިގެން އަގު ތިރިކުރާކަށް އެމީހުން ފުރުސަތެއްނުދޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454