ފިޔަވަތި: ކޮމިޓީގެ އެންގުމާ އެއްގޮތަށް އެތަނަށް ވަނީ ބަދަލުތަކެއް ގެނެސްފައި.
30 ސެޕްޓެމްބަރ 2021 - 12:38
ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަހައްޓާ "ފިޔަވަތީ"ގެ ފުރާޅުމައްޗަށް ކުދިންނަށް ނޭރޭގޮތަށް ހަދައި ހިންގުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ފިޔަވަތީގެ ކުދިން މީގެ ހަފުތާއެއްހާ ދުވަހުގެ ކުރިން ވަނީ އެތަނުގައި ހަމަނުޖެހުން ހިންގައިފަ އެވެ.
މި މައްސަލައާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ރިޕޯޓުތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރުމަށް ފަހު ގިނަ ކަންކަން އިސްލާހު ކުރަން އެންގި އެވެ.
ޖެންޑާ ކޮމިޓީން ބުނެފައިވާ ގޮތުގައި، ފިޔަވަތީގައި ތިބޭ ނަފްސާނީ ފަރުވާ ބޭނުންވާ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ފޯރުކޮށެއް ނުދެ އެވެ. ފިޔަވަތީގައި ތިބި ކުދިންގެ އަދަދާއި އެތަނުގެ މުވައްޒަފުންގެ އަދަދާ ނުބައްދަލު ކަމަށް ބުނެ ވެސް ކޮމިޓީން ކަންބޮޑުވުންފާޅުކުރި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ކޮމިޓީން އެންގި ކަންކަމުގެ ތެރެއިން ބައެއް ކަންކަން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިއުމަން ރައިޓްސް އެންޑް ކޮމިޓީގެ ލަފަޔާ ގުޅިގެން، ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ފުރާޅަށް ނޭރޭނެ ގޮތަށް އިމާރާތަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ކުދިންނާއި މުވައްޒަފުންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ކޮންސަލްޓަންޓެއްގެ އެހީތެރިކަމާ އެކު ފަންނީ މަސައްކަތްތަކެއް ކުރަން ވަނީ ފަށައިފަ އެވެ.
"ކުދިންގެ ހުސް ވަގުތުގައި ހިންގާ ހަރަކާތްތަކުގެ ތެރެއަށް، އިތުރު ކުޅިވަރު ހަރަކާތްތައް ހިމަނާ، ސްޕޯޓްސް ކޯޕަރޭޝަން އާއި ހޭންޑް ބޯލް އެސޯސިއޭޝަނާއި ގުޅިގެން ފުޓްބޯޅައާއި ހޭންޑްބޯލް ޕްރޮގްރާމެއް ވެސް މިހާރު ވަނީ ކުރިއަށް ގެންދަން ފަށާފައި،" ޖެންޑާ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކަންކަމަކީ ކުރިންވެސް ޖެންޑާ މިނިސްޓްރީން ރާވާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.
ފިޔަވަތީގައި ތިބެނީ 14 އަހަރުން ދަށުގެ ކުދިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަ
01 October 2021
ޖަލެެއް ދޯ
ނަދީމްގެ
30 September 2021
ލޮލް
ނީރު
30 September 2021
ބަލަގަ ކުރިންވެސް ހަމަތިހެން ހެދެން އޮތެއްނު.
ޒިމްޒިމް
30 September 2021
އަޅުގަނޑުމެން ފުރާޅުގައި ޖަހާފަހުރި ޓިނުތައްނެގީ.. ދެން އެކުދިންނަކަށް ފުރާޅަކަށް ނޭރޭނެއެއްނުދޯ؟ އެބޭފުޅާ ވިދާޅުވިއެވެ...
އޮނަރަބްލް އަފީފު ދީދީ
30 September 2021
ނޭގުމެއްގެ ތެރޭގައި ތިބެގެން "މަޑުމަޑުން ދަތުރު ކުރަމުން ތިގެންދަނީ" ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުގައިތިބި ކުދިން ހޮންގކޮންގައި ހުންނަފަދަ Cage House ތަކަކަށް ލުމަކީ އޭގެ ނުބައިއަސަރު އެކުދިންގެ ސިކުނޑިއަށް ކުރާނެ ކަމެއް. # ތީގެ ބަދަލުގައި ހަނިމާދޫ، ލ. ޢަތޮޅު، ފުވައްމުލަށް ނުވަތަ އައްްޑޫސިޓީ ފަދަ ބިންބޮޑު ތަނެއްގައި ޗައިލްޑްކެއަރ ސެންޓަރުތަކެއް ޤާއިމްކޮށް ތިއަށްވުރެން ރަނގަޅު ވެެއްޓެއް އެކުދިންނަށް ހީދާދޭންޖެހޭ.
މޭކް
30 September 2021
ތީ ހަމަ ޖަލެއް
ރަދީފްއޮފިޝިއަލް
30 September 2021
ތަނެއްގެ ފުރާޅު މައްޗަށް ނޭރޭ ގޮތަށް ހެދުން.ވަރަށް ބޮޑު ކުރިއެރުމެއް.އަދި އެހާމެ ބިޔަ ޕްރޮޖެކްޓެއް.ޝުކުރިއްޔާ އައިސާދިޔެ.
ސަނައްޓޭ
30 September 2021
ކުދިން އަރާހިތުން އަރަނީޔޯ މިނިސްޓަރުބުނީ. ދެން ކީތްވެ ނޭރޭ ގޮތް ތިހެދީ. ކުދިން ހިތްހަމަ ޖެހުމަށް ކުރާ ކަމެއް ހުއްޓުވައިގެން ނުވާނެ
ޖަމީލުބެ
30 September 2021
ތިކަމުން ހީވަނީ ކުރިން އެއީ ކުދިން އަރަން ހުންނަ ތަނެއްހެން!