އަމީން: އޭނާއަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައި
28 ސެޕްޓެމްބަރ 2021 - 13:39
ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މުހައްމަދު އަމީނަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން ދަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ދާދިފަހުން ނިންމީ އޭނާއަށް ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ނިންމުމަށް ފަހު އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައި ވަނީ މާދަމާ ހެނދުނު އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އަމީީނަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ އޭނާއަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތު ކަމަށް ވިޔަސް، އޭނާ ބަންދުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ކަމަށް ވާތީ އޭނާއަށް ދައުވާ ކުރަންޖެހޭނީ ވެސް އެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށްވާތީ އެވެ. އެކަމަކު ދައުލަތުން އަމީނަށް ދައުވާކުރީ އެ މުއްދަތު ހަމަވިފަހުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނާ މުއްދަތުގައި ކަމަށްވާތީ އެ މައްސަލައިގައި ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސަައިން ޝަމީމް ވިދާޅުވެފައިވަނީ ހައި ކޯޓުން އެ މައްސަލައިގައި ގާނޫނު މާނަކުރީ ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
އެ ނިންމުމާ އެކު، އަމީން މިނިވަންވެފައި ވަނިކޮށް އޭނާގެ މައްޗަށް ހައި ކޯޓުން ދާދިފަހުން ވަނީ މޮނިކޮން އަމުރެއް ނެރެފަ އެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެރުނު އެ އަމުރުގެ ދަށުން، މާލެއިން ބޭރަށް ދިއުމާއި އަދި ވަކި ވަގުތެއްގައި ގެއިން ބޭރުގައި އުޅުން އަމީިނަށް ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދީދީ
28 September 2021
އަހަރެން އަމީނު ކޮންމެސް ވަރަކަށް ދަންނަން. ވ މަޑުމައިތިރި ހިތްހެޔޮ އަޚްލާގު އެންމެންނާވެސް ގުޅޭ ރަނގަޅު ކުއްޖެއް. ވަރަށް ހައިރާންވޭ އަމީނުގެ މައްޗަށް ތުހުމަތު ކުރާތީ. އޭނާ ވ ދީނަށް އުޅޭކަން އިނގޭ އަދި ތާލިބާނާ ކުރިން ގުޅުން އޮތކަން ނުސްތަކުން ދެކުނިން. ހިޔެއް ނުވޭ އިސިސް މީހެއ ހެނެއް. ޕޮލިޓިކަލް ސްޓަންޓެއް މީ
ޖިހާދު
28 September 2021
ހައްޔަރު ކުރޭ 100 އަހަރައް ޖަލައް
ގޮލާ
28 September 2021
ކަލޭ ތި ގާޒީއެެއްތަ؟
ާްަްެގަނީ
28 September 2021
ކަލޭ ގެ ތިމާގެ މީހެއް ނަމަޔޯ
ދޮންދީދީ
28 September 2021
ކަލޭ ލާންވީ
ޑިސްއޮނަރަބަލް ޑީޑީ
28 September 2021
ތިޔައަމީނަކީވެސް މިހާރު ބަޔަކު ކުޅެންގެންގުޅޭ ބޯޅައެއް.